Roadha Mihaaru
އަބުރު ހިމާޔަތްކުރަން ނިކުންނަ، ގޮތް ނޭނގޭ މީހާ

އަބުރު ހިމާޔަތްކުރަން ނިކުންނަ، ގޮތް ނޭނގޭ މީހާ

21 އޯގަސްޓް 2016

ކުރީގެ ރައީސް މުހައްމަދު ނަޝީގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ނަޝީދަކަށް އަދި އެމަނިކުފާނުގެ ޕާޓީއަކަށް ވެސް އެ މައްސަލަ ހުށަހެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ހެދި ގާނޫނުގެ ދަށުން "އަމިއްލަ ފަރާތަކުން" ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނުމުން ގާނޫނު ހެދި ބޭނުމާއި އެއަށް އަމަލުކުރަން ފެށިއިރު މުއައްސަސާތަކަށް ގާނޫނު އެނގިފައި އޮތް މިންވަރާ މެދު ސުވާލު އުފެދެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުރީގެ ރައީސް މުހައްމަދު ނަޝީގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ނަޝީދަކަށް އަދި އެމަނިކުފާނުގެ ޕާޓީއަކަށް ވެސް އެ މައްސަލަ ހުށަހެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ހެދި ގާނޫނުގެ ދަށުން "އަމިއްލަ ފަރާތަކުން" ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނުމުން ގާނޫނު ހެދި ބޭނުމާއި އެއަށް އަމަލުކުރަން ފެށިއިރު މުއައްސަސާތަކަށް ގާނޫނު އެނގިފައި އޮތް މިންވަރާ މެދު ސުވާލު އުފެދެ އެވެ.

ޕޮލިހަށް ހުށަހެޅީ "ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓަކުން" ޝާއިއުކުރި އާޓިކަލްއެއްގެ މައްސަލަ ކަމަށް ބުނުމަކީ މައްސަލައިގެ ޝައުގުވެރިކަން ބޮޑުވާ ކަމެކެވެ. ދައުލަތުގެ މީޑިއާ އިން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ގެނައި ތާކުންތާކު ނުޖެހޭ ރިޕޯޓެއްގެ މައްސަލަ ބޮޑުވެ އެތަނުގެ ވެބްސައިޓާއި އެހެން ދިމަދިމާލުން ވެސް އެ ގެއްލުނެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވެބްސައިޓް ހިންގަނީ ރަޖިސްޓްރީ ނުކޮށް ކަމަށްވާ ނަމަ އެ ރިޕޯޓްގެ މައްސަލާގައި ޝަކުވާކުރަން ޖެހޭނީ ފުލުހުންގެ އިދާރާގައިކަން ގާނޫނުން އެނގެ އެވެ. އެކަމަކު ސުވާލަކީ އަބުރާ ބެހެވުނު މީހުން ފިޔަވައި، މާދުރުގައި ހުރި މީހަކު ގޮސް އެހެން މީހެއްގެ އަބުރުގެ މައްސަލަ ހުށަހެޅިދާނެތޯ އެވެ.

ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ބުނަނީ "ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާގެ ފަރާތްތައް ފިޔަވައި، އެހެން ފަރާތަކުން ކުރާ އަމަލަކުން އެއްވެސް ފަރާތެއްގެ އަބުރާ ބެހިގެން ގެއްލުން ލިބިއްޖެ ނަމަ، ނުވަތަ ފާޅުކުރި ޚިޔާލެެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަތުވެއްޖެ ކަމަށް އެފަރާތަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައްސަލަ ހުށަހެޅިދާނެ" ކަމަށެވެ.

މި މާއްދާ ބުނާ ގޮތުން، އަބުރާ ބެހެވުނު މީހާއަށް ނޫނީ މައްސަލައެއް ހުށައެޅޭކަށް ނެތެވެ. މައްސަލަ ހުށަހެޅެނީ އަބުރާ ބެހެވިއްޖެ ކަމަށް "އެފަރާތަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ފަރާތަކުން" ނެވެ.

މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ހައްގު ހަނި ނުކުރުމަށް ގޮވާލައި ހިންގާ "27ގެ ދިފާއުގައި" ކެމްޕޭނުގައި ބޭނުންކުރާ ޕޯސްޓަރެއް.

މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ހައްގު ހަނި ނުކުރުމަށް ގޮވާލައި ހިންގާ "27ގެ ދިފާއުގައި" ކެމްޕޭނުގައި ބޭނުންކުރާ ޕޯސްޓަރެއް.

ދޭދޭ މީހުންގެ މެދުގައި ހިނގާ ކަމެއްގެ ސަބަބުން މީހެއްގެ އަބުރާ ބެހުނަސް، އަބުރާ ބެހެވުނު މީހާ އަށް ފިޔަވައި އެހެން މީހަކަށް ވެސް މައްސަލައެއް ހުށައެއް ނޭޅޭނެ އެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން ގާނޫނާ ހިލާފުވެއްޖެ ކަމަށް ފެނިއްޖެ ނަމަ، އެކަމެއް ރައްދުވި މީހާ އަށް ނޫނަސް، ކޮންމެ މީހަކަށް ވެސް މައްސަލަ ހުށަހެޅެ އެވެ. އެއީ މައްސަލަ ހުށަހެޅޭނީ ވަކި ފަރާތުން ކަމަށް ގާނޫނުގައި ބުނެފައި ނެތުމުންނެވެ. ނަމަވެސް ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ މައްސަލަތައް ގާނޫނުގައި ބުނާ ގޮތުން ހުށަހަޅަން ޖެހޭނީ މީޑިއާގެ ކަންތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށެވެ.

އަމިއްލަ މީހެއްގެ އަބުރުގެ މައްސަލައެއް ފުލުހުންގެ އަމިއްލަ އިސްނެގުމަށް ތަހުގީގު ކުރެވިދާނެތޯ ވެސް އެއީ ސުވާލެކެވެ. އެއީ މީޑިއާގެ މައްސަލަތައް ފިޔަވައި، އަމިއްލަ މީސްމީހުންގެ މައްސަލަތައް ހުށަހަޅަން ޖެހެނީ އަބުރާ ބެހެވުނު މީހާގެ ފަރާތުން ކަމަށް ގާނޫނުގައި ބުނާއިރު، ފުލުހުން އަމިއްލަ އަށް ތަހުގީގުކުރަންޖެހޭ ކަންތައްތަކެއް ވެސް މި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވާތީ އެވެ. މީހުންގެ އަބުރާ ބެހުމުގެ މައްސަލަތައް އޭގެ ތެރޭގައި ނުހިމެނެ އެވެ.

ނަޝީދާ ގުޅޭ ގޮތުން ޕޮލިހަށް މައްސަލަ ހުށަހަޅާފައި ވާއިރު "ތިން ވަނަ ފަރާތަކުން" ހުށަހެޅީ ކަމަށް އެބަ ކިޔަ އެވެ. އެކަމަކު ގާނޫނުގައި "ތިން ވަނަ ފަރާތެއް"ގެ ވާހަކަ އަންނަނީ މުޅިން އެހެން ކަމެއްގަ އެވެ. އެއީ އަބުރާ ބެހުން ކަމަށް ގާނޫނުގައި ބުނާ ކަންކަމުގެ ތެރެއިން ކަމެއް ހިނގުމުން މީހެއްގެ އަބުރު ގެއްލުނުކަން ސާބިތުކުރުމަށް ތިން ވަނަ ފަރާތަކުން ދެކޭ ގޮތަކަށް ރިއާޔަތްކުރުމާ ބެހޭ ގޮތުންނެވެ. ގާނޫނުގައި ބުނަނީ "ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ ނަމަށް ނުވަތަ ގަދަރަށް ނުވަތަ އިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބިގެންދާ ފަދަ އެއްޗެއް ވިސްނިގެން ..." ކަމަށެވެ. މީގެ މާނަ އަކީ ދެ މީހަކު ޒުވާބުކޮށް އެކަކު އަނެކެއްގެ އަބުރާ ބެހުމުން އެ ވާހަކަ އަޑުއަހަން ހުންނަ މީހާ ގޮސް، އެވެނި މީހަކު މިވެނި މީހެއްގެ އަބުރާ ބެހެފިޔޭ ބުނެ މައްސަލަ ހުށަހެޅުމެއް ނޫނެވެ. ތިމާގެ އަބުރު ގެއްލިއްޖެ ނަމަ އެންމެ ރަނގަޅަށް އެނގޭނީ ވެސް އެކަން މައްސަލައަކަށް ވާނީ ވެސް ހަމަ ތިމާއަށެވެ. އެއީ އެހެން މީހަކަށް ކޮން ބެހޭ ކަމެއް ހެއްޔެވެ؟

މުޅި ގާނޫނުގައި ހުރިހާ ބާރެއް އޮތީ އަބުރާ ބެހެވުނު މީހާއަށެވެ. އެއީ އެހެން މީހަކު ހާސްވެގެން އުޅެން ޖެހޭ ކަމެއް ނޫނެވެ.

އަމިއްލަ މީހެއްގެ އަބުރުގެ މައްސަލައެއް ފުލުހުންގެ އަމިއްލަ އިސްނެގުމަށް ތަހުގީގު ކުރެވިދާނެތޯ ވެސް އެއީ ސުވާލެކެވެ. އެއީ މީޑިއާގެ މައްސަލަތައް ފިޔަވައި، އަމިއްލަ މީސްމީހުންގެ މައްސަލަތައް ހުށަހަޅަން ޖެހެނީ އަބުރާ ބެހެވުނު މީހާގެ ފަރާތުން ކަމަށް ގާނޫނުގައި ބުނާއިރު، ފުލުހުން އަމިއްލަ އަށް ތަހުގީގުކުރަން ޖެހޭ ކަންތައްތަކެއް ވެސް މި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވާތީ އެވެ. މީހުންގެ އަބުރާ ބެހުމުގެ މައްސަލަތައް އޭގެ ތެރޭގައި ނުހިމެނެ އެވެ. ފުލުހުން ތަހުގީގުކޮށް، ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް ފޮނުވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނަނީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފަށް ފާޅުކޮށްގެންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ޚިޔާލު ފާޅުކޮށްގެންނާއި އާންމު ނިޒާމާ ޚިލާފު ހިޔާލު ފާޅުކުރާ މައްސަލަތަކުގަ އެވެ. އަބުރުގެ ވާހަކައެއް ނާދެ އެވެ.

އަބުރަކީ އެ މީހެއްގެ އަމިއްލަ ކަމެކެވެ. އެކަމަކު އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް ވަންޏާ މަގުމަތި ޕެޓްރޯލްކުރަން އުޅޭއިރު ފުލުހުންނަށް އިވޭ އަޑުތަކާއި މަންޒަރުތަކާއި އެހެން ކަންކަމުގައި ވެސް އެއީ މީހެއްގެ އަބުރާ ބެހެވޭ ކަމެއްގެ ގޮތުގައި ފެނިއްޖެ ނަމަ އަމިއްލަ އިސްނެގުމަށް ތަހުގީގުކުރަން ޖެހޭނެ ކަމަށް ބުނެވިދާނެ އެވެ. އެއީ ޖިނާއީ މައްސަލަތައް ބަލައި ތަހުގީގުކުރަން އޮތް މުއައްސަސާ އަކީ ފުލުހުން ކަމަށް ވާތީ އެވެ.