14 ނޮވެމްބަރ 2018
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމުގެ ބިލް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.
މީޑިއާ ކޮންޓްރޯލްކުރަން އަމާޒުކޮށް ރައީސް އަބްދުﷲ ޔާމީންގެ ބާރުއެޅުއްވުމުގެ ތެރެއިން ޕީޕީއެމް ކޯލިޝަނުން ހެދި އަބުރުގެ ގާނޫނު އުވާލަން، މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ ތެރެއިން 38 މެމްބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމްގެ 13 މެމްބަރެކެވެ.
މީޑިއާތަކުން ދެކޮޅުހަދަމުން ދަނިކޮށް، އަދި ބިލް ރަނގަޅުކުރަން އެތައް ހިޔާލެއް ދީފައި ވަނިކޮށް، އެއިން އެއްވެސް ކަމަކާ މެދު ވިސްނުމެއް އަދި ބަދަލު ކުރުމެއް ވެސް ނެތި، ރައީސް ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގަ އެވެ.
ގާނޫނުގެ ދަށުން ލިބިދޭ ބާރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކަމަކު ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެ ހުރިހާ ޖޫރިމަނާއެއް ވެސް އެ ޓީވީން ދައްކާފައިވެ އެވެ.
ބައެއް މީޑިއާތަކުން ސިފަކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. އަދި އެ ގާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރިޔާސީ ވައުދެއް ވެސް މެ އެވެ. އަދި ބިލް އުވާލުމުގެ ސޮއި ކުރައްވާނީ ވެސް، މިހާރު ބެލެވޭ ގޮތުގައި، އިބޫ އެވެ. ރައީސްކަމާ އެމަނިކުފާނު ހަވާލުވެވަޑައިގަންނަވާނީ އަންނަ ހޮނިހިރުދުވަހު އެވެ.
އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރިއިރު، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށް، ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ވެސް މިހާރު ވަނީ އުވާލައިފަ އެވެ.
މި ހުރިހާ ބަދަލެއް ކުއްލިއަކަށް މިއައީ ރިޔާސީ އިންތިހާބުގައި، އޭރު ބާރުގަދަ ރައީސް ޔާމީން ބަލިވެ، އިދިކޮޅަށް ބާރުތައް ލިބުމުންނެވެ.
ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި
ނަޝީދާ އެކު ތިން މެމްބަރެއްގެ ވޯޓު ބިލާ ދެކޮޅަށް
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފި
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލްގެ ކޮމިޓީ ކެންސަލްކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
ހިޔާލު ފާޅުކުރުން ހަނިކުރަން އެޗްއާރްސީއެމް ދެކޮޅު
އަބުރުގެ ބިލަށް ލިބުނު އާންމު ޚިޔާލުތައް ބާތިލުކޮށްފި
އެންމެ ރަނގަޅު ގޮތަކީ އަބުރުގެ އާ ބިލެއް ހުށަހެޅުން