Roadha Mihaaru
ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި

10 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އދ. އިން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ހިޔާލުފާޅުކުރުން ހުއްޓުވާ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އދ. އިން ރައީސް އަބްދުﷲ ޔާމީނަށް މިއަދު ގޮވާލައިފި އެވެ.

އދ. މަޖިލީހުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮފީގެ ސްޕެޝަލް ރެޕެޓުއާ ޑޭވިޑް ކޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ބިލުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިނިވަންކަމާ އެކު ހިޔާލުފާޅުކުރާ ފަރާތްތަކަށް ދިން ހަމަލާއެކެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ އިރު، ބިލު އޮތް ގޮތުން އެކަން ކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭނާ ގޮވާލެއްވީ މި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވުމަށެވެ.

ރެޕަޓުއާ ވިދާޅުވެފައި ވަނީ ބިލެއް ފާސްކޮށްގެން ހިޔާލުފާޅުކުރުން ހަނި ކުރުމަކީ ޒަމާނާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ މީޑިއާތަކުން މިނިވަންކަމާ އެކު ރިޕޯޓުތައް ގެނެސްދިނުމަށް އެޅޭ ހުރަހެއް ކަމަށެވެ.

"މީޑިއާތަކާ މެދު ފިޔަވަޅު އަޅާ ނަމަ، މީހުން ޝައުގުވެރިވާ މުހިންމު މައުލޫމާތުތައް ގެނެސްދިނުން މަދުވާނެ" ކަމަށް ކޭ ވިދާޅުވި އެވެ.

އެހެންވެ، އޭނާ ގޮވާލެއްވީ ކަމާ ބެހޭ އެކި ފަރާތްތަކާ އިތުރަށް މަޝްވަރާކޮށްގެން ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ލިބިދޭ ގޮތަށް ބިލު އަލުން ފަރުމާ ކުރުމަށެވެ. އަދި މި ބިލު ރައީސް ޔާމީން ތަސްދީނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ކޭ ވިދާޅުވެފައިވެ އެވެ.

މަޖިލީހުން އިއްޔެ ފާސް ކުރި ބިލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުނޑުފުނޑުކޮށްލަން ކުރި ކަމެއްގެ ގޮތުގައި ސިފަކޮށް އދ. އާއި އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޖިލީހަށް ފުރަތަމަ ހުށަހެޅި އިރަށް ވުރެ ވެސް ހަރުކަށިކޮށް ބިލު ފާސްކުރިއިރު، ބޮޑެތި ޖޫރިމަނާތަކާއި ޖަލު ހުކުމުގެ އިތުރުން މީޑިއާތައް ބަންދުކޮށް، ބޭނުންވެއްޖެ ހިނދެއްގައި ލައިވް ފީޑު ކަނޑާލެވޭ ގޮތް ވަނީ ކަނޑައަޅައިފަ އެވެ. އަދި ނޫސްވެރިން މަސްދަރު ވެސް ހާމަކުރަން ޖެހެ އެވެ. މީގެ އިތުރުން، ތަސްދީގު ކުރާ ދުވަހުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.