17 ޑިސެމްބަރ 2018
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ އޮތަސް ހާބަރު ފުޑް ކޯޓުތަކުގައި ސިނގިރޭޓު ބުއިން އާންމު ވެފައިވާތީ، އިންޒާރުގެ ބޯޑުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އެސްޓީއޯ ގުޅިގެން ބަހައްޓައިފި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ އޮތަސް ހާބަރު ފުޑް ކޯޓުތަކުގައި ސިނގިރޭޓު ބުއިން އާންމު ވެފައިވާތީ، އިންޒާރުގެ ބޯޑުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އެސްޓީއޯ ގުޅިގެން ބަހައްޓައިފި އެވެ.
ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކޮށްފައިވާ 26 ފުޑް ކޯޓުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނަ އެވެ. އެގޮތަށް ނިންމީ އާއިލާތަކަށް އުފާވެރިކަމާ އެކު އުޅެވޭނެ މަހައުލަކަށް ފުޑް ކޯޓްތައް ހަދަން ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އެކަމަކު ތަން ހުޅުވުމާ އެކު ހުރިހާ ހިސާބެއްގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު މިއަދު ވިދާޅުވީ އާ ބޯޑުތައް ހަރުކުރީ ދުންފަތާ ބެހޭ ގަވައިދަށް ބަދަލެއް އައިސްގެން ނޫން ކަމަށެވެ. އެކަމަކު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި އެކަން ކުރާތީ އެ ބޯޑުތައް ފަސޭހައިން މިހާރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Good Job ! Thanks to @sto_mkt.
— HPA Maldives (@HPA_MV) December 17, 2018
All cafe entrances at #foodcourt now have these notices. Hoping it will have a positive effect. pic.twitter.com/jgZsosPrOh
"އަޅުގަނޑުމެންނާއި އެސްޓީއޯއިން ގުޅިގެން ބޮޑެތި ބޯޑުތައް ހަރުކުރީ ގިނަ މީހުންނަށް ފެންނާނެ ކަމުގެ އުންމީދުގައި. ކުރިން ވެސް އެ ސަރަހައްދުގައި ސިނގިރޭޓު ބުއިން މަނާ. ނަމަވެސް ބައެއް މީހުން އެތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރޭ،" ހަސަން ވިދާޅުވި އެވެ.
"ފުޑް ކޯޓަކީ ބަންދުވެފައިވާ ސަރަހައްދަކަށް ވާތީ އެތަނަށް ދާ ދުންފަތުގެ އިސްތިއުމާލް ނުކުރާ ފަރާތްތަކަށް އުނދަގޫވޭ."
ފުޑް ކޯޓަކީ މުޅިން ހުޅުވާލައިފައި އޮންނަ ތަނަކަށް ވާތީ އެތަނުގައި ދުންފަތުގެ އިސްތިއުމާލްކުރަން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހުއްދައެއް ނުދެވެ އެވެ. އެ ގާނޫނުގައިވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކޮށްފައި ހުންނަ ވަކި ބައެއްގަ އެވެ.
ގާނޫނާއި ގަވައިދުގައި ވާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އެކަން ކުރާ މީހެއް 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އެކަމަކު އެ ޖޫރިމަނާއަކީ ހަމައެކަނި ނަމެއްގައި އޮންނަ އެއްޗެކެވެ.
ކޮވިޑާ ގުޅިގެން ހަރަދުކުރާ ގޮތުގެ އޮޑިޓެއް ފަށައިފި
ފުޑްކޯޓުތަކުގެ ކުލި މާފުކޮށްދީފި
ހާބަރު ފުޑް ކޯޓްތަކުގައި ސިނގިރޭޓް ބުއިން މަނާ
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި
ދުންފަތުން ސަލާމަތް ވާން ގާނޫނު ބަދަލުކުރަން އެދިއްޖެ
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
މާދަމާއިން ފެށިގެން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް
ބަލިތައް ފެތުރުން އިތުރުވެދާނެތީ ސަމާލުވާން އެދިއްޖެ