ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު އެސްޓީއޯއަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމުގައިވާ ފައިސާ ދައްކައި ނިންމައި އެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ނަގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު އެސްޓީއޯއަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމުގައިވާ ފައިސާ ދައްކައި ނިންމައި އެ މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ނަގައިފި އެވެ.
ނިހާން އެސްޓީއޯއަށް 959،362ރ. ދައްކަން ސިވިލް ކޯޓުން ޑިސެމްބަރު 2019 ގައި ހުކުމްކުރީ ހާބަރު ފުޑްކޯޓެއް ފަސް އަހަރަށް ކުއްޔަށް ނެގުމަށް ފަހު އެތަނަށް ކުލި ނުދެއްކި މައްސަލައިގަ އެވެ. ނިހާންގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެއީ އެ މައްސަލަ ހުށަހެޅުމާ ހަމައަށް ނުދައްކާ ހުރި ކުއްޔާއި މެއިންޓެނަންސް ފީ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ.
އެ ފައިސާ ހަ މަސް ދުވަސް ތެރޭ އެސްޓީއޯއަށް ދައްކަން ކުރި ހުކުމް ހައި ކޯޓުގައި ނިހާން އިސްތިއުނާފު ކުރެއްވީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވުމުން، ނިހާންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަމަށް ހުކުމުގައި ރިއާޔަތްކޮށްފައި ނެތުން ފަދަ ބައެއް ކަންކަން ހުރުމުންނެވެ.
ނިހާން ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބާތިލްކޮށް ހައި ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ނެރުނު، ދައުވާ ބާތިލްކުރުމުގެ ފޯމުގައިވާ ގޮތުން މައްސަލަ އަނބުރާ ގެންދަން ނިހާން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ހައި ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނާ ފައިސާ ދެއްކުމަށް އެސްޓީއޯއާ އެކު ސެޓުލްމަންޓް އެގްރީމެންޓެއް ހަދައި "އެ އެއްބަސްވުން އެގްޒެކިއުޓްކޮށް މިހާރު ނިމިފައިވާތީ" މައްސަލަ އަނބުރާ ގެންދަނީ ކަމަށް ނިހާންގެ ސިޓީއާ ހަވާލީ ހައި ކޯޓުގެ ފޯމުގައި ބުނެފައިވެ އެވެ.
ނިހާން "މިހާރު" އަށް ވިދާޅުވީ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތީ ސީދާ އެސްޓީއޯއަށް ކަމަށް ވާތީ އެ ކުންފުންޏާ އެކު ކޯޓުން ބޭރުގައި ވަކި އެއްބަސްވެއް ހަދައި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ގޮސް މިހާރު ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށެވެ. އިސްތިއުނާފަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައީ އެހެންވެ ކަމަށް ނިހާން ވިދާޅުވި އެވެ.
އެސްޓީއޯއަށް ނުވަ ލައްކަ ދައްކަން ނިހާނަށް ހުކުމްކޮށްފި
ފުޑްކޯޓުތަކުގައި ސިނގިރޭޓް ބޮވިގެން ނުވާނެ: ނިހާން
ޝަމްއާންގެ މައްޗަށް އެސްޓީއޯއިން ކުރި ދައުވާ ނަގައިފި
ފުޑް ކޯޓުން ތިން ތަނެއް ކުއްޔަށް ދެނީ
ލުއިތަކާއެކު ފުޑް ކޯޓުގެ ގޮޅިތައް ބީލަމަށް
ފުޑްކޯޓުތަކުގެ ކުލި މާފުކޮށްދީފި
ފުޑް ކޯޓުގެ ތިން ޔުނިޓެއް ކުއްޔަށްދޭން އިއުލާންކޮށްފި
ފުޑް ކޯޓުގައި ދުންފަތާ ދެކޮޅު ބޮޑެތި ބޯޑުތަކެއް
ރައީސް ޔާމީން، ފުޑް ކޯޓްތައް ހުޅުއްވައިދެއްވައިފި
ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި