Roadha Mihaaru
ފުޑް ކޯޓުން ތިން ތަނެއް ކުއްޔަށް ދެނީ

ފުޑް ކޯޓުން ތިން ތަނެއް ކުއްޔަށް ދެނީ

15 މާޗް 2021

ފުޑް ކޯޓުގައި ކެފޭ/ ރެސްޓޯރެންޓް ހިންގަން ތިން ޔުނިޓެއް ކުއްޔަށް ދޭން އެސްޓީއޯއިން އިއުލާންކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފުޑް ކޯޓުގައި ކެފޭ/ ރެސްޓޯރެންޓް ހިންގަން ތިން ޔުނިޓެއް ކުއްޔަށް ދޭން އެސްޓީއޯއިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުއްޔަށް ދޫކުރަނީ ދެވަނަ ޔުނިޓާއި 23 އަދި 26 ވަނަ ޔުނިޓެވެ. މީގެ ތެރެއިން ދެވަނަ ޔުނިޓުގައި 960 އަކަފޫޓު ހުންނައިރު 23 ވަނަ ޔުނިޓުގައި 1660 އަކަ ފޫޓު އަދި 26 ވަނަ ޔުނިޓުގައި 1260 އަކަ ފޫޓު ހުންނާނެ އެވެ.

އެސްޓީއޯއިން އެ ޔުނިޓުތައް ކުއްޔަށް ދޫކުރަނީ އަކަފޫޓެއް 39ރ.ގެ ރޭޓުންނެވެ. މި ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ފުރުސަތުގެ ދަށުން ކޮންމެ ބަޔަކަށް ވެސް ގިނަވެގެން ދެ ޔުނިޓަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

ފުޑް ކޯޓުގެ ޔުނިޓުތަކަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. ނަމަވެސް އެސްޓީއޯގެ ހުއްދައާ އެކު ޔުނިޓު ކުއްޔަށް ނަގާ ފަރާތަކަށް ބަދިގެ އަށް ބަދަލު ގެނެވޭނެ އެވެ.