Roadha Mihaaru
އުޅަނދުތަކަށް ހުއްދަ ދިނުން އެޗްޑީސީން މަޑުޖައްސާލައިފި

އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުއްދަ ދިނުން އެޗުޑީސީން މަޑުޖައްސާލައިފި

17 ޑިސެމްބަރ 2018

ގަރާޖު ނެތި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރަމުން އައި ޕާކްކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަރާޖު ނެތި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރަމުން އައި ޕާކްކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

ހުޅުމާލޭގައި އުޅޭ މީހުންނަށް މީގެ ކުރިން އެޗުޑީސީން އެ ހުއްދަ ދޫކުރަނީ އުޅަނދު ގެންނަ މީހުންގެ ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެވެސް ތަނެއްގައި ޕާކްކުރެވޭ ގޮތަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެނީ ގަރާޖެއް ހުރެގެންނެވެ. އެކަމަކު ހުޅުމާލެ ކަހަލަ ޕާކިން ޒޯން ބޮޑު ތަނެއްގައި ޕާކްކުރަން ވަކި ސަރަހައްދެއް ކަނޑައެޅުމުން އެއަށް ބަލައިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެ އެވެ.

ހުޅުމާލޭ ޕާކިން ޖާގަތައް ހުސްވީ ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލޭގައި ރަޖިސްޓްރީކުރަން އެތެރެކުރި އުޅަނދުތައް ގިނަވެގެންނެވެ. އެހެންކަމުން މިހާރު ޕާކިން ޖާގަ އިތުރަށް ދެވެން ނެތް ކަމަށް އެޗުޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނީ ހުއްދަ ދިނުން މަޑުޖައްސާލީ ޕާކްކުރާނެ އިތުރު ސަރަހައްދުތަކެއް ކަނޑައެޅުމުގެ އިތުރުން ޕާކިން ޖާގަ ދޫކުރުމުގެ އުސޫލެއް ވެސް ހެދެންދެން ކަމަށެވެ.