ވަރަށް އަވަހަށް ބައްޕައަކަށް ވެސް ވާން ބޭނުން ކަމަށާއި ދަރިން ހޯދައިގެން އާއިލާއެެއް ބިނާ ކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.
16 ޑިސެމްބަރ 2018
ވަރަށް އަވަހަށް ބައްޕައަކަށް ވެސް ވާން ބޭނުން ކަމަށާއި ދަރިން ހޯދައިގެން އާއިލާއެެއް ބިނާ ކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.
ސްޕޮޓިފައިގެ ދަ ރިވައިންޑްގައި 26 އަހަރުގެ ނިކް ބުނީ އަވަހަށް ދަރިން ހޯދައިގެން، އަމިއްލަ ހަޔާތުގެ ތަޖުރިބާގެ ވާހަކަތައް ދަރިންނާ ހިއްސާ ކުރުމަކީ ވަރަށް ބޭނުން ކަމެއް ކަމަށެވެ. އަދި އޭނާއަކީ "މާ އަވަހަށް ބޮޑުވެ، ވަރަށް ގިނަ ކަންކަން އަމިއްލަ އަށް ތަޖުރިބާ ކުރަން ފުރުސަތު ލިބުނު މީހެއް ކަމަށް" ނިކް ނުންޏެވެ.
"ބައްޕައަކަށް ވުމަކީ އަހަރެން ވަރަށް ބޮޑަށް ދެކޭ ހުވަފަނެއް. އުންމީދަކީ މާ ލަސްތަކެއް ނުވެ ދަރިން ވެސް ހޯދުން. އަދި ޒުވާން އުމުރުގައި ދަރިން ހޯދައިގެން ހަޔާތުގެ ކުރިއަށް ހުރި ދުވަސްތައް ހޭދަކުރުމަކީ ފިރިހެނަކަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއްގެ ގޮތުގައި އަހަރެން ދެކެނީ،" އޭނާ ބުންޏެވެ.
Marital bliss they say.. ?♥️? pic.twitter.com/ipKMjTZevY
— PRIYANKA (@priyankachopra) December 11, 2018
ދަރިން ހޯދުމުގެ ޝައުގުވެރިކަން ފިރިމީހާ ނިކް ފާޅުކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ޕްރިޔަންކާ އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ކުރިން ދީފައިވާ އިންޓަވިއުއެއްގައި 36 އަހަރުގެ ބަތަލާ ވަނީ ވަރަށް ގިނަ ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ނިކް އާއި ޕްރިޔަންކާ ކައިވެނިކުރީ މި މަހުގެ 1 ވަނަ ދުވަހު އިންޑިއާގެ ޖޯދުޕޫރުގަ އެވެ. ކައިވެންޏަށް ފަހު، ދެ ތަރިން އުމާންގައި ކުރު ހަނީމޫން ޗުއްޓީއެއް ހޭދަ ކުރުމަށް ފަހު މިހާރު ވަނީ އެނބުރި މަސައްކަތަކަށް ރުޖޫއަވެފަ އެވެ.
ނިކް އެމެރިކާ އަށް ގޮސްފައިވާ އިރު، ޕްރިޔަންކާ އަންނަނީ އިންޑިއާގައި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް ކުރަމުންނެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރާ ފިލްމެކެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ފެބްރުއަރީ 14 ގައި ރިލީޒް ކުރާ ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ޖޫން މަހު ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" އިންނެވެ.
ޕްރިޔަންކާ ދަރިޔަކު ހޯދަން ވިސްނަނީ
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ޕްރިޔަންކާގެ ކައިވެނީގެ ތައްޔާރީތަކަށް ވެބް ސީރީޒެއް
ނިކް އަކީ ބައްޕަ ފަދަ ނަމޫނާ މީހެއް: ޕްރިޔަންކާ
ޕްރިޔަންކާ: ޒުވާން އަންބަކު ހޯދުން މައްސަލައަކަށް ނުވޭ
ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފި
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ
ޕްރިޔަންކާގެ މައިދައިތަ އަތުގައި ޅީދަރިންގެ ފޮޓޯގަނޑެއް