Roadha Mihaaru
މާޅޮހު މަޖުދީ އަވަހާރަވެއްޖެ

މާޅޮހު މަޖުދީ އަވަހާރަވެއްޖެ

12 ޑިސެމްބަރ 2018

މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، މުހައްމަދު މަޖުދީ އިބްރާހިމް (މާޅޮހު މަޖުދީ) ރޭ އަހަވާރަޖެއްވެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، މުހައްމަދު މަޖުދީ އިބްރާހިމް (މާޅޮހު މަޖުދީ) ރޭ އަހަވާރަޖެއްވެ އެވެ.

އުމުރުން 56 އަހަރުގެ މަޖުދީ ރޭ ދަންވަރު އަވަހާރަވީ ނޭވާލުމަށް ދަތިވެގެން އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާދެމުން އަންނަނިކޮށެވެ.

ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މަޖުދީ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އޭނާ، އިއްޔެވެސް އެ ޕާޓީގެ މަސައްކަތްތަކުގައި އުޅުއްވި ކަމަށް ޖޭޕީން ބުނެ އެވެ.

ސަކަ މިޒާޖެއްގެ އަދި މީހުންނާ ވަރަށް ގުޅޭ މަޖުދީ މަލިޖީހުގައި އުޅުއްވިއިރު އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ޅެންބަހުން ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުދީރުގެ މަގާމުގެ އިތުރުން މާޅޮހު ސްކޫލްގެ ހެޑްމާސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.