11 ޑިސެމްބަރ 2018
އަހަރީ ފީ ނުދައްކާ ކުންފުނިތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިކޮށް، އުވައިލެވޭ ގޮތަށް ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަހަރީ ފީ ނުދައްކާ ކުންފުނިތައް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިކޮށް، އުވައިލެވޭ ގޮތަށް ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ، ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ މިދިޔަ 22 އަހަރުގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދެއްކުމާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ އަހަރީ ރިޕޯޓު ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7،000 އަށް ވުރެ ގިނަވެފައިވާތީ އެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި އަހަރީ ފީ ނުދެއްކުމާއި ރިޕޯޓުތައް ހުށަނޭޅުމުގެ ސަބަބުން ކުންފުނިތައް އުވައިލެވޭނެ އެކަށީގެންވާ ނިޒާމެއް މިހާރަކު ނެތެވެ. އަދި ބިލްގެ ބޭނުމަކީ އަލަށް ވިޔަފާރި ފެށުމަށް ފަހު، އެކި ސަބަބުތަކާ ހުރެ އެ ވިޔަފާރިއެއް ހުއްޓާލާފައިވާ މީހުންނަށް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުންޏާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން، އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ހުށަހަޅަން ޖެހޭނީ ކޯޓަށެވެ. އެކަމަކު، ޣަފޫރު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވައިލުމުގެ ބާރު ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ދީފަ އެވެ.
އިސްލާހުގައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ކުންފުންޏެއް ވެސް އަހަރީ ފީ ދައްކަން ވާނެ ކަމަށެވެ. އަދި އެ އަހަރެއްގެ މާޗު މަހުގެ ކުރިން ފީ ނުދައްކައިފި ނަމަ، އެ ކުންފުންޏަކުން ކުރަމުން އަންނަ ވިޔަފާރި، ފީ ދައްކައި ނިންމަންދެން ހުއްޓުވުމުގެ އިހްތިޔާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވެ އެވެ. ކޮންމެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން ފީ ނުދައްކައިފި ނަމަ، ކުންފުނި އުވައިލުމުގެ އިހްތިޔާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވެ އެވެ.
އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓުތަކާއި އޮޑިޓަރުންގެ އަހަރީ ރިޕޯޓު ހުށަނާޅާ ކުންފުނިތައް އުވައިލުމުގެ އިހްތިޔާރު ވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ބިލުން ވަނީ ދީފަ އެވެ.
ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު ސަރުކާރުގެ ފަރާތުން، ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވި ބިލްގައި ވަނީ ދިވެހި ބަހުގެ އެކަޑަމީން އާޓްސް އެންޑް ކަލްޗަ މިނިސްޓަރަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ. ގާނޫނުގައި މިހާރު ބުނާ ގޮތުން ދިވެހި ބަހުގެ އެކަޑަމީން ޖަވާބުދާރީވާން ޖެހޭނީ އެޑިއުކޭޝަން މިނިސްޓަރަށެވެ.
ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް އިއްޔެ ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ފީ ނުދައްކާ ކުންފުނިތައް އުވައިލެވޭ ގޮތަށް ފާސްކޮށްފި
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
"ކުންފުނިތަކުގެ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ"
އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
އާ ގާނޫނުން ދެން އެކަކަށް ވެސް ކުންފުނި ހެދޭނެ