09 ޑިސެމްބަރ 2018
މުޅި ރާއްޖެ ސާފުކުރުމަށް އިއްޔެ ހިންގި ޕްރޮގްރާމުގެ ތެރެއިން މާލޭ ސަރަހައްދުން އެކަނި ވެސް 20 ޓަނުގެ ޕްލާސްޓިކް ކުނި ނަގާފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.
މުޅި ރާއްޖެ ސާފުކުރުމަށް އިއްޔެ ހިންގި ޕްރޮގްރާމުގެ ތެރެއިން މާލޭ ސަރަހައްދުން އެކަނި ވެސް 20 ޓަނުގެ ޕްލާސްޓިކް ކުނި ނަގާފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މާލެ އާއި ހުޅުމާލެ އަދި ވިލިނގިލިން ޖުމްލަ 195 ޓަނުގެ ކުނި ވަނީ ނަގައިފަ އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވޭސްޓް ކަލެކްޝަން މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ އެ ޕްލާސްޓިކުގެ ތެރެއިން އެންމެ ގިނައީ ހުސް ފެންފުޅި ކަމަށެވެ. އެ އެއްޗެހިތައް އެންމެ ގިނައިން ފެނުނީ އަތިރިމަތިން ކަމަށް ވިދާޅުވި އެވެ.
ވެމްކޯ އިން ވަނީ 20 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރުމަށްޓަކައި ޕާލޭ އާ ހަވާލުކުރަން ނިންމައިފަ އެވެ.
މާލެއިން އިއްޔެ ވަނީ އާއްމު ކުނީގެ ގޮތުގައި 118 ޓަނު އަދި ޕްލާސްޓިކުގެ ގޮތުގައި 11 ޓަނު ކުނި ހޮވައިފަ އެވެ. އޭގެ އިތުރުން ހުޅުމާލެއިން 34 ޓަނުގެ އާއްމު ކުންޏާއި ހަ ޓަނުގެ ޕްލާސްޓިކް ކުނި، ވިލިމާލެއިން 23 ޓަނުގެ އާއްމު ކުނި އަދި ތިން ޓަނުގެ ޕްލާސްޓިކް ކުނި ވަނީ ނަގައިފަ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) "މިހާރު" އަށް ވިދާޅުވީ މާލެ ސަރަހައްދުން އެކަނި ނެގި ކުނިތަކުގެ ތެރެއިން 20 ޓަނުގެ ޕްލާސްޓިކް ފެނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެއީ ހަމައެކަނި ސާފުކުރިއިރު ފެނުނު ޕްލާސްޓިކް ކަމަށާއި ގޭގައި ވެސް ގިނަ އަދަދެއްގެ ޕްލާސްޓިކް ހުންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން އިއްޔެ ފެށި "ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" އަކީ ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަށް އެންމެން އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ.
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ފުވައްމުލަކުގެ ކުނީގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
މާލޭގައި ބޮލަކަށް ދުވާލަކު 1.7 ކިލޯގެ ކުނި އުފައްދާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ