06 ޑިސެމްބަރ 2018
ތުއްތުކުއްޖަކު އުފަންވާ އިރު ނޭފަތުގައި ތަފާތު ގިނަ ބާވަތްތަކެއްގެ ޖަރާސީމު ހުންނަ ނަމަ އޭނާ އަށް އަލަށް ޖެހޭ ރޯގާ އަވަހަށް ފަސޭހަވާކަން ދިރާސާއަކުން ދައްކައިފި އެވެ.
ތުއްތުކުއްޖަކު އުފަންވާ އިރު ނޭފަތުގައި ތަފާތު ގިނަ ބާވަތްތަކެއްގެ ޖަރާސީމު ހުންނަ ނަމަ އޭނާ އަށް އަލަށް ޖެހޭ ރޯގާ އަވަހަށް ފަސޭހަވާކަން ދިރާސާއަކުން ދައްކައިފި އެވެ.
އުއްމީދަކީ މިއީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ މަސައްކަތަށް އެހީތެރިވެދޭނެ ހޯދުމަކަށް ވާނެ ކަމެވެ. އަރިދަފުސް ރޯގާ ޖެހެނީ ވައިރަސްއެއްގެ ސަބަބުން ކަމަށް ވިޔަސް، ނޭވާލާ ނިޒާމުގައި ހުންނަ ބެކްޓީރިއާގެ ސަބަބުން އެފަދަ ބަލިތަކަށް ކުރާ އަސަރު ދެނެގަންނަން ސައިންސްވެރިން ބޭނުންވެ އެވެ.
ސްވިޓްޒަލެންޑުގެ ބާޒިލްގެ ޔުނިވާސިޓީ ޗިލްޑްރެންސް ހޮސްޕިޓަލުގެ ޑރ. ރޯލަންޑް ޕީ. ނިއުމަން ވިދާޅުވާގޮތުގައި ނޭވާ ހޮޅީގައި ހުންނަ ބެކްޓީރިއާގެ ބާވަތްތަކާއި ބެކްޓީރިއާ ހުންނަ އަދަދު، ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމާ ގުޅިފައިވާކަން ވަނީ އެނގިފަ އެވެ.
މި ދރާސާގައި ރިސާޗަރުން ވަނީ 167 ތުއްތުކުއްޖެއްގެ ނޭފަތުން ދެ ފަހަރެއްގެ މަތިން ސާމްޕަލް ނަގައިފަ އެވެ. ފުރަތަމަ ސާމްޕަލް ނެގީ ރޯގާގެ އަލާމާތެއް ފެންނަން ފެށި ތަނާ އެވެ. އަނެއް ސާމްޕަލް ނެގީ އޭގެ ތިން ހަފްތާ ފަހުންނެވެ.
ސައިންސްވެރިން ބެލީ އަރިދަފުސް ރޯގާ ފަދަ ރެސްޕިރޭޓަރީ ވައިރަސްތައް އެ ސާމްޕަލްތަކުގައި ހުރިތޯ އާއި ސާމްޕަލްތަކުގައި ހުރި ބެކްޓީރިއާތަކުގެ އަދަދާއި ވައްތަރުތަކެވެ.
އީއާރުޖޭ އޯޕަން ރިސާޗުގައި ޝާއިއުކޮށްފައިވާ ދިރާސާ އިން އެނގުނު ގޮތުގައި ނޭފަތުގައި ގިނަ ބާވަތްތަކެއްގެ ބެކްޓީރިއާ ގިނަ އަދަދަކަށް ހުންނަ ކުދިންގެ ފުރަތަމަ ރޯގާ އެހެން ކުދިންނަށް ވުރެ އަވަހަށް ރަނގަޅުވެ އެވެ. އެކަމަކު ބެކްޓީރިއާގެ ޖުމްލަ އަދަދު މަދުވެފައި ވަކި ދެ އާއިލާއަކަށް ނިސްބަތްވާ ޖަރާސީމު ގިނައިން ހުރި ކުދިންގެ ބަލި ފަސޭހަ ވަނީ ލަހުންނެވެ. އެ ދެ ބާވަތުގެ ބެކްޓީރިއާއަކީ ބޮޑެތި މީހުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާ ގުޅުމެއްވާ ދެ ވައްތަރު ކަން ވެސް ކުރީގެ ދިރާސާތަކުން އެނގިފައިވެ އެވެ.
ނޭފަތުގައި ހުންނަ ބެކްޓީރިއާ އާއި ރެސްޕިރޭޓަރީ އިންފެކްޝަންތަކާ ދެމެދު ހުރި މި ގުޅުމުގެ ފަހަތުގައި ދެ ސަބަބެއްވާ ކަމަށް ރިސާޗަރުން ގަބޫލުކުރެ އެވެ. އެއް ކަމަކީ ވަކި ބާވަތްތަކެއްގެ ބެކްޓީރިއާ ހުރުމުން ދުޅަވާން މެދުވެރިވެ ބަލީގެ އަލާމާތްތައް ބޮޑުވުމެވެ. އަނެއް ކަމަކީ ބެކްޓީރިއާގެ ތަފާތު ގިނަ ވައްތަރުތަކެއް ހުރުމުން ކޮންމެވެސް ވަރަކަށް އިންފެކްޝަންތަކުން ރައްކާތެރިވުމެވެ.
މި ހޯދުމަކީ ޖެނެޓިކް އަދި ތިމާވެށީގެ ކަންކަމުން ފުއްޕާމޭގެ ދުޅަހެޔޮކަމަށް އަސަރު ފޯރާ ގޮތް ދެނެގަންނަން ހަދަމުން އަންނަ ބޮޑު ދިރާސާއެއްގެ އެއް ބަ އެވެ. ދުރު މުސްތަގްބަލަށް ބަލާ އިރު، ނޭފަތުގައި ހުންނަ ދުޅަހެޔޮ ބެކްޓީރިއާތަކަކީ ކޮބައިކަން ދެނެގަނެވި އެ ބެކްޓީރިއާތަކުގެ ބޭނުން ހިފާނެ ގޮތް ހޯދައިގަނެވުން އެކަށީގެންވެ އެވެ.--ބީބީސީ
ރޯގާ ޖެހި ނޭފަތް ބެދޭތީ އަޅާ ބޭސް ބޭކާރު؟
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް
ޕްލާސްޓިކް ފަޔާ އެކު ޝަވަން އަށް ހިނިތުންވުން
ޓްރީ ޓޮޕުން ކުޑަކުދިންގެ ހެލްތު ސްކްރީން ކުރާ ޕެކޭޖު
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދެ ބޭހަކުން ސިއްހަތަށް ނުރައްކާވާތީ ސަމާލުވާން އެދެފި
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
ހިޔަލައިގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ އަށް