02 ޑިސެމްބަރ 2018
އެއްފަހަރު ބޭނުންކޮށް އުކާލަން ޖެހޭ ޕްލާސްޓިކް މަނާކުރަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ގޮވާލައިފި އެވެ.
އެއްފަހަރު ބޭނުންކޮށް އުކާލަން ޖެހޭ ޕްލާސްޓިކް މަނާކުރަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ގޮވާލައިފި އެވެ.
ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ގުޅިގެން އުފައްދާފައިވާ އޭޓީޕީން ބުނީ އެއްފަހަރު ބޭނުންކޮށް އުލާކާ ޕްލާސްޓިކް މަނާކުރަން ހިންގާ ކެމްޕޭނުގައި އެ ދައިރާގެ އެންމެން ބައިވެރިވުން މުހިންމު ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި، ގެސްޓްހައުސް، އަދި ހޮޓާތަކުން ވެސް މި ކެމްޕޭންގައި ބައިވެރިވާން އޭޓީޕީން ގޮވާލި އެވެ.
ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ތިމާވެށްޓާ ރައްޓެހި އާދަކާދަ ގެންގުޅުމުގެ ހޭލުންތެރިކަމަށް މަސައްކަތް ކުރާ އޭޓީޕީން ބުނި ގޮތުގައި ހުރިހާ ފަންތިއެއްގެ ކުންފުނިތަކުން ވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޕްލާސްޓިކަކީ ރާއްޖޭގެ ގޮނޑުދޮށާއި ކަނޑަށް އޮތް ބޮޑު ބިރެއް ކަމަށް އޭޓީޕީން ބުނެ އެވެ.
ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް ބޮޑު ނުރައްކަލެކެވެ. އެގޮތުން ވެލާ ފަދަ އެއްޗިހީގެ ކާނާ ކަމަށް ވާ ޖެލީފިޝްއާ ޕްލާސްޓީކް ކޮތަޅު ވައްތަރުވުމުން، އޮޅިގެން އެ ކެވުން ފަދަ މައްސަލަތައް ދިމާވެ އެވެ.
"މިއަދު ނަގާ ފިޔަވަޅަކީ އަޅުގަނޑުމެން އެންމެންގެ ކުރިމަގު ބަށްޓަންކޮށްދޭ ކަމެއް. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މި ގޮވާލަނީ އެއްފަހަރު ބޭނުން ކުރާ ޕްލާސްޓީކް ބޭނުން ކުރުން މަނާ ކުރުމަށް،" އޭޓީޕީގެ ރައީސް ޑރ. ހުސެން ސަނީ އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމާޒަކީ 2020 ވަނަ އަހަރުގެ ނިޔަލަށް އެ މަގުސަދު ހާސިލް ވުން ކަމަށެވެ. ދުނިޔޭގެ ތަހުޒީބު ވެފައިވާ ގައުމުތަކުން ވެސް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމުގެ ކާމިޔާބު ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮތިކޮތަޅު ފަހައިދޭނެ ފަރާތެއް އެމްއެމްޕީއާރްސީން ހޯދަނީ
ޕްލާސްޓިކާ ދުރުވާން އުޅެން ޖެހުނީ ފެން ނުބޮއި: އަލީ
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ލަކްސް ރިސޯޓުން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަނީ
ކޮތަޅު ޓެކްސް އިން ދައުލަތަށް 1.1 މިލިއަން ރުފިޔާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ކޮތަޅު: މަގުސަދު ހާސިލްނުވެ، އާންމު މީހާ އަށް ބުރަ
ކޮތަޅުގެ ފީދައްކަން ޖެހެނީ ޖީއެސްޓީ ދައްކާ ފަރާތްތަކުން
ކޮތަޅު ބޮނޑިއެއްގެ އަގު 85ރ. އިން 285ރ. އަށް