05 ޑިސެމްބަރ 2018
އެއްފަހަރު ބޭނުން ކުރުމަށް ފަހު، އުކައިލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލަން ފެށި ފުރަތަމަ ރިސޯޓަކަށް "ލަކްސް" ވެއްޖެ އެވެ.
އެއްފަހަރު ބޭނުން ކުރުމަށް ފަހު، އުކައިލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލަން ފެށި ފުރަތަމަ ރިސޯޓަކަށް "ލަކްސް" ވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް (އޭޓީޕީ) އާ ގުޅިގެން، ލަކްސް ރިސޯޓުން އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި، އެކަމަށް ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވައިފަ އެވެ.
ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ލަކްސް އިން ފެށި މި ހަރަކާތުގެ ތެރެއިން، އެ ރިސޯޓުގައި ޕްލާސްޓިކް ހޮޅި އާއި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
ލަކްސްގެ އަމާޒަކީ އެއީ އެންމެ ފަހަރަކު ބޭނުން ކުރާ ޕްލާސްޓިކް ފްރީ ރިސޯޓަކަށް އަންނަ އަހަރުގެ ނިޔަލަށް ހެދުމަށެވެ. އަދި ރިސޯޓުން ބޭނުން ވަސީލަތްތަކުން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ލަކްސް ރިސޯޓުން ބުނެ އެވެ.
އޭޓީޕީގެ އިސްނެގުމުގެ ދަށުން ރާއްޖޭގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވުމުގެ މަސައްކަތުގެ ދަށުން ގެސްޓް ހައުސް ވިޔަފާރި ހިންގާ ބައެއް ރަށްރަށުގައި ވެސް އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ހުއްޓުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ވ. ކެޔޮދު އާއި އއ. ބޮޑުފުޅަދު އާއި އއ.އުކުޅަހުގައި ވެސް މިހާރު ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފަ އެވެ.
އޭޓީޕީގެ އަމާޒަކީ ޓޫރިޒަމްގެ ދާއިރާގައި އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް 2020 އަށް ބޭނުން ކުރުން ހުއްޓާލުމެވެ.
ޕްލާސްޓިކާ ދެކޮޅު ނަމޫނާ ދަރިވަރުން
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ފޮތިކޮތަޅު ފަހައިދޭނެ ފަރާތެއް އެމްއެމްޕީއާރްސީން ހޯދަނީ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
ޕްލާސްޓިކާ ދެކޮޅަށް ޗައިނާ ހަނގުރާމަ އަށް ނުކުންނަނީ
ޕްލާސްޓިކާ ދުރުވާން އުޅެން ޖެހުނީ ފެން ނުބޮއި: އަލީ
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ