12 ޖޫން 2023
ޕްލާސްޓިކް ކޮތަޅު ޓެކްސް އިން 1.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޕްލާސްޓިކް ކޮތަޅު ޓެކްސް އިން 1.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސް ނޫން އެހެނިހެން ފީތަކުން ލިބުނު އާމްދަނީގެ ގޮތުގައި 220 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޕްލާސްޓިކް ކޮތަޅުން ލިބުނު އާމްދަނީއަކީ ފީތަކުން ލިބުނު އާމްދަނީގެ 0.50 ޕަސެންޓެވެ.
ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފެށީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ކޮތަޅަށް ވެސް މި ފީ ނަގާނެ އެވެ.
ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގަ އެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު، ކުރިން ފިހާރަތަކުން ހިލޭ ލިބުނު ޕްލާސްޓިކް ކޮތަޅު މިހާރު ވިޔަފާރިތަކުން ވަނީ ވިއްކަން ފަށައިފަ އެވެ. އެހެންވެ، ކޮތަޅުގެ ފީގެ އިތުރުން، ކޮތަޅު ގަތުމަށް ވެސް އިތުރަށް ފައިސާ ދައްކަން ޖެހެ އެވެ.
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގި ނަމަވެސް އެ ފީ ދައްކަން ނުޖެހޭ ގޮތްތައް ވެސް ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް ވިއްކާ ނަމަ އެ އަޅަން ބޭނުން ކުރާ ކޮތަޅުން ފީއެއް ނުނެގޭނެ އެވެ. އެހެންވެ މާރުކޭޓުންނާއި އެ ނޫން ގޮތްގޮތަށް ވެސް ބަންދުނުކޮށް ހުންނަ މަހުގެ ބާވަތްތައް ގަންނަ ނަމަ އެ ތަންތަނުން ކޮތަޅުން ފީއެއް ނުގެނޭނެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ކޮތަޅު: މަގުސަދު ހާސިލްނުވެ، އާންމު މީހާ އަށް ބުރަ
ކޮތަޅުގެ ފީދައްކަން ޖެހެނީ ޖީއެސްޓީ ދައްކާ ފަރާތްތަކުން
ކޮތަޅު ބޮނޑިއެއްގެ އަގު 85ރ. އިން 285ރ. އަށް
ފޮތިކޮތަޅު ފަހައިދޭނެ ފަރާތެއް އެމްއެމްޕީއާރްސީން ހޯދަނީ
8 ބާވަތެއްގެ ޕްލާސްޓިކް މަނާ
ފިހާރަތަކުން ދޭ ކޮތަޅު ގަންނަން މަޖުބޫރު ކުރާ ގާނޫނެއް
ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!