ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގަން ހަވާލުވި ސީ ލައިފަށް ފައިސާ ދެއްކިކަމުގެ ލިޔުން އޮތް ފަރާތްތަކުން ތަހުގީގަށް އެ ހުށައަޅަން ފުލުހުން މިއަދު އެދެފި އެވެ.
29 ނޮވެމްބަރ 2018
ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގަން ހަވާލުވި ސީ ލައިފަށް ފައިސާ ދެއްކިކަމުގެ ލިޔުން އޮތް ފަރާތްތަކުން ތަހުގީގަށް އެ ހުށައަޅަން ފުލުހުން މިއަދު އެދެފި އެވެ.
ބުކިން ފީ އާއި އެޕާޓްމަންޓްތަކުގެ އެޑްވާންސްގެ ގޮތުގައި އެތަައް ބައެއްގެ އަަތުން ފައިސާ ނެގުމަށް ފަހު ސީ ލައިފް ވަނީ "ގެއްލިފަ" އެވެ. އެހެންކަމުން އެ ފައިސާ ހޯދަން އޭގެ ތެރެއިން 180 އަށް ވުރެ ގިނަ މީހުން ވަނީ ކޯޓަށާއި ފުލުހުންނަށް މައްސަލަ ހުށައަޅައިފަ އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ މީހުންގެ އިތުރުން ވެސް އެހެން ބަޔަކަށް އެ މައްސަލަ ކުރިމަތިވެފައިވެދާނެ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެ ފަރާތްތަކާ ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުއާމަލާތްތަކާ އެކު، މި ސާވިސްއަށް މައްސަލަ ހުށަހެޅުމަށް އިލްތިމާސްކުރަން،" އިއުލާނުގައި ބުނެފައިވެ އެވެ.
ސީ ލައިފްއާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ ބިންގާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަޅުއްވައިދެއްވަނީ: މިއީ ބޮޑު އޮޅުވާލުމެއް
ފުރަތަމަ ފިޔަވަހީގަައި ސީ ލައިފުން 300 އެޕާޓްމަންޓް ހަދަން ހުޅުވައިލުމުން 280 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 50،000ރ ވަނީ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓަށް ވާ ފައިސާ ވެސް ދައްކާފައިވާ ކަމަށްވެ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ސީ ލައިފުން އަނބުރާ ދައްކަން ޖެހޭ ފައިސާގެ މިންވަރު 20 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ. މަސައްކަތް ކުރިއަށް ނުދާތީ ބައެއް ކަސްޓަމަރުން ސީލައިފްގެ ވެރިންގެ ފަހަތުން ދުވެގެން ފައިސާ ހޯދާފައިވެ އެވެ.
އެކުންފުނީގެ އޮފީހެއް ވެސް މިހާރު ނުހުރެ އެވެ. އަދި މެނޭޖިން ޑިރެކްޓަރު، ކުރިން ދިވެހި ބައެއް ލަވަތައް ޕްރޮޑިއުސްކޮށް، އަދި ބައެއް ލަވަތަކުގައި އެކްޓްކޮށްފައިވާ އަހުމަދު މޫސާ (އަންމަޓީ) މިހާރު ދިިރިއުޅެނީ ސްރީ ލަންކާގައި ކަމަށް ވެސް ވެ އެވެ.
ހުޅުމާލޭގައި ސީ ލައިފުން ފްލެޓް އަޅަން ދޫކޮށްފައިވާ ބިން .-- މިހާރު ފޮޓޯ
އޭނާ ކުރިން ބުނެފައި ވަނީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެ މީހުންނަށް މިދިޔަ އޮގަސްޓު މަހުގެ ކުރިން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު 180 އަށް ވުރެ ގިނަ މީހުން މައްސަލަ ހުށަައެޅުމުން އޭނާގެ އެ ވާހަކައަކީ ދޮގެއްކަން އެނގެ އެވެ.
ސީ ލައިފުން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެހެންކަމުން އެއީ އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ބަޔަކު އޮޅުވާލައިގެން ބަޔަކު އަތުން ލާރި ހޯދަން ކުރި ކަމެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
ސީލައިފްގެ ވެރިޔާ އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!
ރިފަންޑު ލަސްވަނީ ދައުލަތުން ފައިސާ ނުދީގެން:ސީ ލައިފް
ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށް
ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި