28 ނޮވެމްބަރ 2018
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އެ ފިލްމުގެ އެއް ބަތަލު އާމިރު ހާން ބުނެފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އެ ފިލްމުގެ އެއް ބަތަލު އާމިރު ހާން ބުނެފި އެވެ.
މި މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރި ފިލްމުގައި އޭނާއާ އެކު މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝެއިހާއި ކެޓްރީނާ ކެއިފް އެވެ. "ތަގްސް އޮފް ހިންދުސްތާން" އަކީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗާރިއާ ލިޔެ، ޑައިރެކްޓް ކުރި އެކްޝަން/އެޑްވެންޗާ ފިލްމެކެވެ.
މި ފިލްމު ހަދާފައި ވަނީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. އެކަމަކު "ތަގްސް އޮފް ހިންދުސްތާން" އަކީ ބެލުންތެރިން ފޫހިކުރުވި، ކުރި ހަރަދު ވެސް ފޫނުބެއްދޭހާ ފެންވަރު ދަށް ފިލްމެކެވެ.
މިކަމާ ބެހޭ ގޮތުން އާމިރު ބުނީ ބޮޑެތި އުންމީދުތަކާ އެކު ގެނެސް ދިން ފިލްމުގެ ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ.
"މި ފިލްމަކީ މޮޅު އަދި ފުރިހަމަ ފިލްމަކަށް ހަދަން އަހަރެމެން ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް ނޯންނާނެ. އެކަމަކު ކަންދިމާކުރި ގޮތުން ފިލްމު އެއްގޮތަކަށް ވެސް ބެލުންތެރިންނަށް ކަމަކު ނުދިޔަ،" އާންމުކޮށް މޮޅެތި ސްކްރިޕްޓްތައް ހޮވައިގެން ފިލްމު ކުޅޭތީ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރުވެފައިވާ އާމިރު ބުންޏެވެ.
"އެކަމަކު މިހެން ވާން މި ދިމާވީ އަހަރެމެންގެ އަތުން ކޮންމެވެސް ކަންތައްތަކެއް ދޫވެގެން ކަމަށް ގަބޫލު ކުރަން ޖެހޭ. އަހަރެން އަދިވެސް ގަބޫލު ކުރަން އަހަރެމެންގެ ހުރިހާ ފެންވަރެއް ފިލްމަށް ދެވުނު ކަމަށް. އެކަމަކު މި ވަރުގެ ފެއިލިއާއަކާ ފިލްމު ކުރިމަތިލާން ޖެހުމުން އެކަމުގެ ޒިންމާ އަހަރެން ނަގަން."
Very brave and courageous of Aamir Khan to admit #TOH is a failure and take the onus on himself... Very few people associated with a dud would accept that *on a public platform*... In the past, I have seen actors/filmmakers come up with hazaar excuses...
— taran adarsh (@taran_adarsh) November 27, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.
އޭނާ ބުނީ "ތަގްސް އޮފް ހިންދުންސްތާން" އެހާ ފީކަޅާ ފިލްމަކަށް ވާން ޖެހުނު ސަބަބުތައް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެކަންކަމަށް ސަމާލު ވާން ޖެހޭނެ އެވެ.
Hits and flops are a part of the game... You win some, you lose some... Am sure, Aamir and YRF will bounce back with renewed vigour... #TOH is akin to a wake up call for everyone in the industry... Never take the audience for granted!
— taran adarsh (@taran_adarsh) November 27, 2018
ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.
"ފިލްމު ކަމުދިޔަ ބަޔަކު ވެސް ތިބި. އެ މީހުންނަށް އަހަރެން ޝުކުރު ވެސް އަދާކުރަން. އެކަމަކު އެއީ މައިނޯރިޓީ. މެޖޯރިޓީ އޯޑިއަންސަށް ފިލްމު ކަމުނުދިޔަ. އޭގެ މާނައަކީ އެބަ ހުއްޓޭ މި ފިލްމުން އަހަރެމެންނަށް ވަރަށް ބޮޑެތި ގޯސްތަކެއް ހެދިފައި،" ޑަންގަލް އާއި ޕީކޭ ފަދަ މޮޅެތި ފިލްމުތައް ކުޅެފައިވާ އާމިރު ބުންޏެވެ.
އާމިރުގެ ގިނަ ފޭނުންނަކީ އަބަދުވެސް އޭނާގެ ފިލްމުތަކާ ދޭތެރޭ ބޮޑެތި އުންމީދުތަކެއް ކުރާ ބައެކެވެ. އެގޮތުން އޭނާގެ ފިލްމެއް ނަމަ މޮޅުވެފައި ފުރިހަމަ ވާނެ ކަމުގެ ޔަގީންކަން ވެސް ބެލުންތެރިންނަށް އަބަދު އޮވެ އެވެ.
އެކަމަކު "ތަގްސް އޮފް ހިންދުސްތާން" އިން އެ އުންމީދުތައް ވިއްސިވިހާލިވުމުން އާމިރު ވަނީ ފޭނުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
"އެކަމާ އަހަރެން ވަރަށް ބޮޑަށް މާޔޫސްވެފައި މިހުރީ. އެހެންވެ ފޭނުންގެ ކިބައިން މައާފަށް ވެސް އެދެން،" އޭނާ ބުންޏެވެ.
މި އަހަރު ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރައިލާނެ ފިލްމެއް ކަމަށް ބެލެވުނު "ތަގްސް އޮފް ހިންދުސްތާން" އަށް ކްރިޓިކުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓްގައި އޮއްޓަރެއް ނެތުމާ އެކު، ސްކްރިޕްޓްގައި ބަދަހިކަމެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ހެދުނު ގޯސްތަކަށް މައާފަށް އެދި އާމިރު ފިލްމުގެ ނާކާމިޔާބީގެ ޒިންމާ ނަގާ ކަމަށް ބުނުމުން ބައެއް ކްރިޓިކުން އެކަމަށް ހިތްވަރުދިނެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ފިލްމެއް ނާކާމިޔާބުވުމުން ވަރަށް ގިނަ ފަހަރަށް އެ ފިލްމުގެ ޓީމުން ތަފާތު ބަހަނާތައް ދައްކައި، ބަލި ގަބޫލުކުރަން ދެކޮޅު ހަދަ އެވެ. އެކަމަކު އާމިރު ފިލްމުގެ ނާކާމިޔާބީގެ ޒިންމާ ނަގާ ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރު ކަމެއް ކަމަށް ބުންޏެވެ.
ތަރަން ބުނި ގޮތުގައި ފީކަޅާ ފިލްމުތައް ގެނެސް ދީގެން އޯޑިއަންސް މިހާރަކު މޮޔައެއް ވެސް ނުހެއްދޭނެ އެވެ. އެހެންވެ އެއީ ފިލްމު ހަދާ މީހުން ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ.
"ތަގްސް" އަށް ކުރި އުންމީދުތައް ފެނަށް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ތަގްސްގެ ސްޕެޝަލް އިފެކްޓްސް އާމިރަށް ކަމަކުނުދިޔަ
"ތަގްސް" ގެ ޓްރެއިލާ؛ އިނގިރޭސީންނާ ކުރިމަތިލުމެއް
"ތަގްސް" ގެ ޓްރެއިލާ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު
އާމިރާއި އަމީތާބްގެ "ތަގްސް" ގެ ލޯގޯ ދައްކާލައިފި
"ތަގްސް އޮފް ހިންދުސްތާން" އަށް ހާއްސަ ސްޓޫޑިއޯއެއް
އާމިރް ހާންގެ "ތަގްސް" އައިމެކްސް ފޯމެޓްގައި
"ތަގްސް" ގެ އެކްޝަން މަންޒަރުތަކެއް އަލުން ޝޫޓް ކުރަނީ
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު