29 އޯގަސްޓް 2018
ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަ "ތަގްސް އޮފް ހިންދުސްތާން" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ވަރަށް ވެސް ހާއްސަ ފިލްމެކެވެ. އެއީ ހަމައެކަނި އެ ފިލްމުން އަމީތާބް ބައްޗަން އާއި އާމިރް ހާން އެކީގައި އަލަށް ބޮޑު ސްކްރީނަށް ގެނެވެތީއެއް ނޫނެވެ.
ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަ "ތަގްސް އޮފް ހިންދުސްތާން" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ވަރަށް ވެސް ހާއްސަ ފިލްމެކެވެ. އެއީ ހަމައެކަނި އެ ފިލްމުން އަމީތާބް ބައްޗަން އާއި އާމިރް ހާން އެކީގައި އަލަށް ބޮޑު ސްކްރީނަށް ގެނެވެތީއެއް ނޫނެވެ.
މިއީ އެ ސްޓޫޑިއޯ އިން މިހާތަނަށް ހަދާ އެންމެ އަގު ބޮޑު ފިލްމެވެ. ކަނޑުމަތީގައި ނަގަންޖެހޭ މަންޒަރުތަކެއް ޝޫޓް ކުރަން މޯލްޓާގައި ވަނީ ފިލްމަށް ހާއްސަ، ބިޔަ ދެ ނައު ވެސް ބަނދެފަ އެވެ. ޝޫޓިން މިހާރު އެއްކޮށް ނިމިފައި އޮތް "ތަގްސް އޮފް ހިންދުސްތާން" އާ ބެހޭ އެންމެ ފަހުގެ ވާހަކައަކީ އެ ފިލްމްގެ ވީއެފްއެކްސް ނުވަތަ ސްޕެޝަލް އިފެލްޓްސް ހެދުމަށް ވައިއާރްއާއެފްގައި ހާއްސަ ސްޓޫޑިއޯއެއް ވެސް މިހާރު ގާއިމު ކުރި ވާހަކަ އެވެ.
އެހެންވެ ވީއެފްއެކްސް މަސައްކަތް ކުރިއަށް ދާނީ ސިީދާ ވައިއާރްއެފް ތެރޭގަ އެވެ. އިން-ހައުސް ސްޓޫޑިއޯއްގެ ގޮތުގައި ލޯންޗްކޮށްފައިވާ ވީއެފްއެކްސް ބްރާންޗްގެ ތަޖުރިބާކާރު ޓީމުން "ތަގްސް އޮފް ހިންދުސްތާން" އަށް އިތުރު ފުރިހަމަކަމެއް ގެނުވައި ދޭނެ އެވެ. އެ ތަނަށް ދީފައިވާ ނަމަކީ ވައިއެފްއެކްސް އެވެ.
"Thugs of Hindostan" IMAX format gai release kuraa gothah nimmaifi
The most trusted news source in the Maldives
Mihaaru
"ތަގްސް" ރިލީޒް ކުރާނީ އައިމެކްސް ފޯމެޓްގައި.
ނޮވެމްބަރު މަހުގެ 7 ގައި ޕްރިމިއާ ކުރާ މި ފިލްމް ގެނެސްދޭން ނިންމާވައި ވަނީ އައިމެކްސް ފޯމެޓްގަ އެވެ. އެހެންވެ މަންޒަރު ވަރަށް ވެސް ޗާލު ފިލްމެއްގެ ގޮތުގައި "ތަގްސް އޮފް ހިންދުސްތާން" ބެލުންތެރިންނަށް ބަލައިލަން ލިބޭނެ އެވެ.
"ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާއިންނަކީ ފާތިމާ ސަނާ ޝެއިހާއި ކެޓްރީނާ ކެއިފެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމްގެ އެއްވެސް ފޮޓޯއެއް ނުވަތަ އެ ނޫން ވެސް އެއްވެސް މަންޒަރެއް ލީކްވިޔަ ނުދޭން ޓީމުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމެވެ. އަނެއްކޮޅުން މިހާތަނަކަށް ފިލްމާ ބެހޭ މާ ބޮޑު މައުލޫމާތެއް ވެސް ހާމައެއް ނުކުރެ އެވެ.
"ތަގްސް އޮފް ހިންދުސްތާން" ގައި އާމިރާއި އަމީތާބް ވަރަށް ވެސް ތަފާތު ގޮތަކަށް ފެނިގެން ދާނެކަން ޔަގީންވާތީ މިއީ ބެލުންތެރިން ބަލައިލަން ކެތްތެރިކަން ކުޑަވެފައި ތިބި ފިލްމެކެވެ.
މި ފިލްމް ރިލީޒް ކުރާނީ ހިންދީ ބަހުގެ އިތުރުން އިންޑިިއާގެ އެހެން ބަހުރުވަތަކުން ވެސް އަޑު އަޅައިގެންނެވެ.
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
"ތަގްސް" ގެ ނާކާމިޔާބީގެ ޒިންމާ ނަގަން: އާމިރު
"ތަގްސް" އަށް ކުރި އުންމީދުތައް ފެނަށް
ތަގްސްގެ ސްޕެޝަލް އިފެކްޓްސް އާމިރަށް ކަމަކުނުދިޔަ
"ތަގްސް" ގެ ޓްރެއިލާ؛ އިނގިރޭސީންނާ ކުރިމަތިލުމެއް
"ތަގްސް" ގެ ޓްރެއިލާ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު
އާމިރާއި އަމީތާބްގެ "ތަގްސް" ގެ ލޯގޯ ދައްކާލައިފި
އާމިރް ހާންގެ "ތަގްސް" އައިމެކްސް ފޯމެޓްގައި
"ތަގްސް" ގެ އެކްޝަން މަންޒަރުތަކެއް އަލުން ޝޫޓް ކުރަނީ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް