12 މެއި 2018
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ، އާމިރް ހާނާއި އަމީތާބްގެ ބައްޗަންގެ "ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރާނީ އައިމެކްސް ފޯމެޓްގައި ކަމަށް އިއުލާންކޮށްފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ، އާމިރް ހާނާއި އަމީތާބްގެ ބައްޗަންގެ "ތަގްސް އޮފް ހިންދުސްތާން" ރިލީޒްކުރާނީ އައިމެކްސް ފޯމެޓްގައި ކަމަށް އިއުލާންކޮށްފި އެވެ.
އެކަން އެ ފިލްމް ޕްރޮޑިއުސް ކުރާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އާއި އައިމެކްސްގެ ޓްވިޓާގައި ވަނީ އާމިރްގެ ވީޑިއޯގެ މެސެޖަކުން ކަށަވަރުކޮށް ދީފަ އެވެ. އައިމެކްސްއަކީ މި ޒަމާނުގެ އެންމެ ހައި ކޮލިޓީ ރިޒޮލިއުޝަންގައި ބޮޑު ސްކްރީން ފިލްމްތައް ބަލައިލެވޭ ސިސްޓަމެކެވެ.
ނޮވެމްބަރު 7 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" އައިމެކްސް ތިއޭޓަރުތަކުގައި ދައްކަން ހަމަޖެހުމާ ގުޅިގެން އާމިރް ބުނީ އެ ފިލްމް އައިމެކްސް ފޯމެޓްގައި ބަލައިލަން އޭނާ ވެސް ކެތްމަދުވެފައިވާ ކަމަށެވެ. އަދި އައިމެކްސް ތައާރަފުވެގެން އައި ދުވަސްވަރު އޮސްޓްރޭލިއާގެ ސިޑްނީގައި އައިމެކްސް ފޯމެޓްގައި ފިލްމެއް ބަލައިލަން ލިބުމުން އޭގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހުނު ކަމަށް ކާމިޔާބު އެކްޓަރު ބުންޏެވެ.
THIS JUST IN! @aamir_khan reveals #ThugsofHindostan from @yrf is coming to IMAX this November. pic.twitter.com/H72cXizoR7
— IMAX (@IMAX) May 11, 2018
އައިމެކްސްގެ ޓްވީޓް.
"އަހަރެން ބުނާނީ ތަގްސް އޮފް ހިންދުސްތާން ކަހަލަ ފިލްމެއް އައިމެކްސް ފޯމެޓްގައި ބަލައިލަން ލިބުމަކީ ވަރަށް ވެސް ތަފާތު އަދި ފުރިހަމަ ތަޖުރިބާއަކަށް ވާނޭ،" އާމިރް ބުންޏެވެ. "އަހަރެން ވެސް މި ހުންނަނީ އައިމެކްސްގައި ފިލްމް ބަލާލާ ހިތުން ކެތްމަދުވެފައި."
"ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓް ކުރާ "ތަގްސް އޮފް ހިންދުސްތާން" އަކީ ޕީރިއަޑް އެކްޝަން/އެޑްވެންޗަ ފިލްމެކެވެ. މި ފިލްމްގައި އާމިރާއި އަމީތާބާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ފާތިމާ ސަނާ ޝެއިހާއި ކެޓްރީނާ ކެއިފް އެވެ.
"Thugs of Hindostan" ge mai thari aky Fatima: Aamir Khan
The most trusted news source in the Maldives
Mihaaru
"ތަގްސް އޮފް ހިންދުސްތާން" ގެ އެންމެ ބޮޑު ރޯލެއް ކުޅެނީ ފާތިމާ.
މީގައި ދައްކުވައި ދޭނީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އަށް ދުވަސްވަރުގެ ކަންތައްތަކެކެވެ. ފިލްމްގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ފިލިޕް މެޑޯ ޓޭލާ 1839 ގައި ނެރުނު ހިޔާލީ ވާހަކަ "ކޮންފެޝަންސް އޮފް އަ ތަގް" އަށެވެ.
ވައިއާރްއެފްގެ މި ފިލްމަކީ 210 ކްރޯޑް ރުޕީސް (31.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
"ތަގްސް" ގެ ނާކާމިޔާބީގެ ޒިންމާ ނަގަން: އާމިރު
"ތަގްސް" އަށް ކުރި އުންމީދުތައް ފެނަށް
ތަގްސްގެ ސްޕެޝަލް އިފެކްޓްސް އާމިރަށް ކަމަކުނުދިޔަ
"ތަގްސް" ގެ ޓްރެއިލާ؛ އިނގިރޭސީންނާ ކުރިމަތިލުމެއް
"ތަގްސް" ގެ ޓްރެއިލާ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު
އާމިރާއި އަމީތާބްގެ "ތަގްސް" ގެ ލޯގޯ ދައްކާލައިފި
"ތަގްސް އޮފް ހިންދުސްތާން" އަށް ހާއްސަ ސްޓޫޑިއޯއެއް
"ތަގްސް" ގެ އެކްޝަން މަންޒަރުތަކެއް އަލުން ޝޫޓް ކުރަނީ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް