10 ނޮވެމްބަރ 2018
ވަރަށް މޮޅު އަދި އެހާމެ ފުރިހަމަ ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި، އާމިރު ހާނާއި އަމީތާބް ބައްޗަންގެ ބޮޑު ބަޖެޓް ފިލްމު "ތަގްސް އޮފް ހިންދުސްތާން" ކްރިޓިކުންނާއި ބެލުންތެރިން މާޔޫސްކޮށްލައި، އުންމީދުތައް ފެނަށް ދުއްވާލައިފި އެވެ.
ވަރަށް މޮޅު އަދި އެހާމެ ފުރިހަމަ ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި، އާމިރު ހާނާއި އަމީތާބް ބައްޗަންގެ ބޮޑު ބަޖެޓް ފިލްމު "ތަގްސް އޮފް ހިންދުސްތާން" ކްރިޓިކުންނާއި ބެލުންތެރިން މާޔޫސްކޮށްލައި، އުންމީދުތައް ފެނަށް ދުއްވާލައިފި އެވެ.
ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަށް ފާޑުކީ ގިނަ ކްރިޓިކުން ބުނި ގޮތުގައި މިއީ އަހަރު އެންމެ ބޮޑަށް މާޔޫސްކަން ގެނުވި ފިލްމެވެ. އަދި މިއީ ސަލްމާން ހާންގެ "ރޭސް 3" އަށް ފަހު، ބެލުންތެރިންގެ ހިތްތައް މަރައިލި ފިލްމެއް ކަމަށް ބުންޏެވެ.
ފިލްމު ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް، ބެލުންތެރިން ވަރަށް ބޮޑަށް އޭގައި ޖާދޫގައި ޖައްސައިލާނެ ކަހަލަ މޮޅު ފިލްމަކަށް "ތަގްސް އޮފް ހިންދުސްތާން" ވާނެ ކަމަށް އުންމީދު ކުރެވުނަސް މިއީ އެއްގޮތަށް ވެސް ބޮޑު އަގުގައި ޓިކެޓް ގަނެގެން ބަލަން ހެރޮވާރުގެ ފިލްމެއް ނޫން ކަމަށް ގިނަ ކްރިޓިކުން ބުންޏެވެ.
#OneWordReview…#ThugsOfHindostan: DISAPPOINTING.
— taran adarsh (@taran_adarsh) November 8, 2018
Rating: ⭐️⭐️
All that glitters is NOT gold... Holds true for #TOH... Some engrossing moments in the first hour, that’s about it... Formula-ridden plot, screenplay of convenience, shoddy direction are the main culprits... ???
ތަރަންގެ ޓްވީޓެއް.
ބެލުންތެރިން އެންމެ އިތުބާރު ކުރާ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިޓިކް ކަމަށްވާ ތަރަން އަދާޝް ވަނީ އޭނާގެ ރިވިއުގައި "ތަގްސް އޮފް ހިންދުސްތާން" އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި މިއީ ބޮޑު ބަޖަތެއް ބޭކާރު ގޮތުގައި ފެނަށް ދުއްވައިލި ފިލްމެވެ.
ތަރަން ބުނި ގޮތުގައި ފިލްމުގެ ފުރަތަމަ ހާފުން ޝައުގުވެރި ކަންތައްތަކެއް ފެނުނަސް، ފިލްމު ނިންމައިލަން ޖެހުނީ ބޮޑު އުދާސްތަކަކާ އެކުގަ އެވެ.
އޭނާ ބުނީ "ތަގްސް އޮފް ހިންދުސްތާން" އެއްޗަކަށް ނުވީ އޮއްޓަރެއް ނެތް ވީދިފައި އޮތް ސްކްރީންޕްލޭއަކާ ހެދި އެވެ. އަދި މުޅި ފިލްމުގެ ވާހަކަ އަށް ބަލާ އިރު، މީގައި ބެލުންތެރިން ޝައުގުވެރި ވާނެ މާ ބޮޑު ކަމެއް ނެތް ކަމަށް ބުންޏެވެ. ތަރަން ބުނީ ސްކްރީންޕްލޭ ފީކަޅާވުމުގެ އިތުރަށް ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާގެ ޑައިރެކްޝަނުގައި ވެސް ވަރަށް ކަމުނުދާ ކަމަށެވެ.
ތަރަން ފާހަގަ ކުރި ގޮތުގައި "ތަގްސް އޮފް ހިންދުސްތާން" އަކީ ވިހާދާ ކޮންމެ އެއްޗަކީ ރަނެއް ނޫންކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދިން ފިލްމެކެވެ. ފިލްމުގައި ތަރިންގެ އެކްޓިން އަށް ބަލާ އިރު ވެސް އެއްވެސް މީހެއްގެ ރޯލުގައި މާ ބޮޑު ހާއްސަ ކަމެއް ނެތް ކަމަށާއި އެކްޓިން އަށް ވެސް ތައުރީފު ކުރާނެ ޖާގައެއް ނެތް ކަމަށް ބުންޏެވެ.
ތަރަން ބުނި ގޮތުގައި ފިލްމުގައި ކިރިޔާ ވެސް ބެލުންތެރިން ޝައުގުވެރިވާ ކެރެކްޓާއަކީ ފާތިމާ ސަނާ ޝެއިހް ކުޅެފައިވާ ޒަފީރާގެ ކެރެކްޓާ އެވެ. އަދި އެކްޝަން ސީންތަކުގައި އޭނާ ވަރަށް މޮޅު ކަމަށާއި އެކަމަކު ފާތިމާގެ ޑައިލޮގްތައް ފިލްމުގައި މަދުވުމަކީ ވެސް ވަރަށް ފޫހި ކަމެއް ކަމަށް ބުންޏެވެ. އަނެއްކޮޅުން ކެޓްރީނާ ކެއިފްފެ މާ ބޮޑު ރޯލެއް ނެތް ކަމަށާއި އޭނާއަކީ ހަމައެކަނި ފިލްމުގެ ލަވަތައް ރީިތިކޮށްލަން ބޭނުންކޮށްފައި ހުރި މީހެއް ކަމަށް ވެސް ކްރިޓިކުން ބުންޏެވެ.
ކްރިޓިކް ކޯމަލް ނަހަޓާ ވެސް ބުނި ގޮތުގައި "ތަގްސް އޮފް ހިންދުސްތާން" އަކީ ހީކުރި ވަރަށް މާ ބޮޑަށް ވެސް ކަމުނުދާ ފިލްމެކެވެ. އަދި އާންމުކޮށް ވަރުގަދަ ސްކްރީންޕްލޭތައް ހޮވައިގެން ފިލްމު ކުޅޭ އާމިރު މި ފިލްމު ކުޅެން އެއްބަސްވުމަކީ ހައިރާން ވަރުގެ ކަމެއް ބުންޏެވެ.
#ThugsOfHindosthan is one helluva disappointment. For the scale, canvas and huge star cast (Amitabh Bachchan @SrBachchan , Aamir Khan @aamir_khan together for the first time) of the film, its box-office performance will be a dampener. Read my review at https://t.co/oHhBrS3Rzv
— Komal Nahta (@KomalNahta) November 8, 2018
ކޯމަލްގެ ޓްވީޓެއް.
ބައެއް އެހެން ކްރިޓިކުން ފާހަގަ ކުރި ގޮތުގައި އާމިތާބާއި އާމިރު ފަދަ ވަރުގަދަ ދެ ސްޕަސްޓާރުން ފުރަތަމަ ފަހަރަށް ސްކްރީނަށް ގެނެސްގެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހާވާފައި އޮތީ ހަޑިއެކެވެ. އަދި މިިހާ ދަށް ފެންވަރުގެ ފިލްމަކަށް 300 ކްރޯޑް ހަރަދު ކުރުމަކީ ޖޯކެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ގިނަ ކްރިޓިކުން އިއްތިފާގުވާ ގޮތުގައި "ތަގްސް އޮފް ހިންދުސްތާން" ގެ ސްކްރީންޕްލޭ އިތުރަށް އޮމާންކޮށްފައި، އެހެން މީހަކު ލައްވައި ޑައިރެކްޓް ކުރުވި ނަމަ ފިލްމު ފުރިހަމަވީހެވެ.
ނަމަވެސް މިހާރު ސިނަމާގައި މިއޮތް ފިލްމަށް ބޮކްސް އޮފީހުގައި ޖެހޭނެ ހާލެއް ކުރިއަށް މިއޮތް ދުވަސްތަކުގައި އެނގިގެން ދާނެ އެވެ. ގިނަ ކްރިޓިކުން އެއްބަސްވާ ގޮތުގައި "ތަގްސް އޮފް ހިންދުސްތާން" އަށް ހަރަދު ވެސް ފޫނުބެއްދޭ ފިލްމަކަށްވުމުގެ ފުރުސަތު ބޮޑެވެ.
އިންޑިއާގެ ތަގުންތަކަކާއި އިނގިރޭސީންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ފެނިގެންދާ "ތަގްސް އޮފް ހިންދުސްތާން" އަށް ގިނަ ކްރިޓކުން ދީފައި ވަނީ ދޭކާއި ދޭއް ބައިގެ ރޭޓިންއެކެވެ.
"ތަގްސް" ގެ ނާކާމިޔާބީގެ ޒިންމާ ނަގަން: އާމިރު
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ތަގްސްގެ ސްޕެޝަލް އިފެކްޓްސް އާމިރަށް ކަމަކުނުދިޔަ
"ތަގްސް" ގެ ޓްރެއިލާ؛ އިނގިރޭސީންނާ ކުރިމަތިލުމެއް
"ތަގްސް" ގެ ޓްރެއިލާ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު
އާމިރާއި އަމީތާބްގެ "ތަގްސް" ގެ ލޯގޯ ދައްކާލައިފި
"ތަގްސް އޮފް ހިންދުސްތާން" އަށް ހާއްސަ ސްޓޫޑިއޯއެއް
އާމިރް ހާންގެ "ތަގްސް" އައިމެކްސް ފޯމެޓްގައި
"ތަގްސް" ގެ އެކްޝަން މަންޒަރުތަކެއް އަލުން ޝޫޓް ކުރަނީ
"ޓައިގާ 3"އަށް ފުރަތަމަ ދުވަހު 11 މިލިއަން ޑޮލަރު