26 ނޮވެމްބަރ 2018
ދައުލަތުގެ އެކި މަގާމްތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފައިނޭންސް ކޮންޓްރޯލަރު އަހްމަދު އަސްއަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އަނބުރާ ގެންގޮސްފި އެވެ.
ދައުލަތުގެ އެކި މަގާމްތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފައިނޭންސް ކޮންޓްރޯލަރު އަހްމަދު އަސްއަދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އަނބުރާ ގެންގޮސްފި އެވެ.
ކްރިމިނަލް ކޯޓުގައި އަސްއަދުގެ މައްޗަށް މި އަހަރުގެ މެދުތެރޭގައި ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާގެ މައްސަލައިގަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަމް (އޭސީސީ) ން ތަހުގީގު ނިންމައި އަސްއަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައިވާ ގޮތުން، ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އަސްއަދު އެންގެވުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގެވުމެވެ. އެ ޗާޕްގައި މައްސަލަތައް ހުރެގެން ބޭނުން ނުކުރަން އިސްލާމިކް މިނިސްޓްރީން ދައުލަތަށް އަންގާފައި އޮއްވައި، ފައިސާ ދޫކުރަން އެންގުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން އުޅުން ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.
އަސްއަދަށް އުފުލި ދައުވާ، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އަނބުރާ ނަގާފައި މިވަނީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޭފުޅަކު، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަންގައި އިންނެވުމަކީ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށެވެ.
އަސްއަދަކީ މި ސަރުކާރުގެ ނެޝެނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އެއީ ވެސް ކޮމިޝަންގައި އޭނާ އިންނެވުމަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް، ބައެއް މީހުން ދެކެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އަނބުރާ ނެގީ، ފަހުން ލިބުނު ހެކިތަކަކަށް ބަލައި، ބައެއް ކަންކަން، ދައުވާކުރި އަސާސްއާ ފުށުއަރާތީ ކަމަށެވެ. ޗާޕްކުރަން ހަވާލުކުރި ފޮތްތައް ހަމައަށް ނުލިބޭ ކަމަށް ބުނެ ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަކާ ގުޅިގެން މައްސަލަ އުފެދުނުއިރު، އެ ފޮތްތައް ޗާޕްކުރި ނޮވެލްޓީން ބައެއް ފޮތްތައް ބެހުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިވާ ކަން އޭސީސީން ފަހުން ހުށަހެޅި، ސިޓީއަކުން އެނގޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ޕީޖީ އަށް މައްސަލަ ފޮނުވި ފަހުން އޭސީސީން އެ މައްސަލައިގެ ބައެއް ކަންކަން ބެލީ، ނޮވެލްޓީން އެދިގެންނެވެ. އޭރު ބެލިބެލުމުގައި، ނޮވެލްޓީން ބައެއް ތަރުޖަމާތައް ބެހުމުގެ ހުއްދަ ދީފައި އޮތް ކަމުގެ ލިއުން ހުށަހެޅި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ތަހުގީގުން ފާހަގަވި ކަންކަން ޕީޖީ އޮފީހަށް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނަށް އަސްއަދުގެ އިތުރުން ހަމަޖެއްސެވީ ނަދީމް އިބްރާހީމާއި ފާތިމަތު ސަރީރާ އާއި އާސް އަބްދުﷲ އަދި އައިޝަތު ހަނާ އެވެ. މީގެ ތެރެއިން، ހަނާ ވަނީ އަމިއްލަ އަށް އިސްތިއުފާ ދެއްވައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަ ހަނާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭނާ ސެޕްޓެމްބަރު، 2015 ގައި މަގާމުން ވަކިކުރީ ވެސް އެ މައްސަލައާ ގުޅިގެންނެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެމްބަރުންނާ ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ދުވަސް] ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. އެ ފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް އޮންނާނެ ކަަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ކޮމިޝަން އުފެއްދި ފަހުން، ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް ރަސްމީކޮށް މަސައްކަތެއް ނުފަށަ އެވެ.
އޭސީސީން ފޮނުވާ މައްސަލަތައް ޕީޖީ އޮފީހުގައި 3 މަސް!
ދަރުމަވަންތަ އިމާރާތުގެ މައްސަލަ އަލުން ތަހުގީގުކުރަނީ
އަސްއަދުގެ މައްސަލަ އޭސީސީން ރިވިއުކުރާ ލިސްޓަށް!
ނަތީޖާ ނުނެރެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަނީ!
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ނަސަންދުރާ: 86 މިލިއަން ރުފިޔާގެ ހިޔާނާތެއް!
ރިޝްވަތުގެ ކުށް އުވާލަން އުޅޭތީ ފާޑުކިޔުން އަމާޒުވެއްޖެ
ރިޝްވަތުގެ ކުށް ގާނޫނުލްއުގޫބާތުން އުވާލަނީ!
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!