21 އޯގަސްޓް 2020
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބެލުމާ މެދު ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކުރިއަށް ގެންދަން އެކުލަވައިލި ލިސްޓުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަސްއަދަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަ ހިމަނައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބެލުމާ މެދު ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކުރިއަށް ގެންދަން އެކުލަވައިލި ލިސްޓުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަސްއަދަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަ ހިމަނައިފި އެވެ.
ލިސްޓުގައި ހިމެނުނަސް، އެނގިފައިވާ ގޮތުގައި، އަސްއަދުގެ މައްސަލަ އަލުން ރިވިއުކުރުމާ މެދު އޭސީސީން އަދި ގޮތެއް ނުނިންމަ އެވެ. އެ ކޮމިޝަނުން ބުނީ ރިވިއުކުރަން ނިންމި ވަކިވަކި މައްސަލަތަކުގެ ތަފްސީލު މި ވަގުތު ހާމާކުރެވެން ނެތެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އަސްއަދުގެ މައްޗަށް 2018ގެ މެދުތެރޭގައި ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާގެ މައްސަލައިގަ އެވެ. އޭސީސީން ތަހުގީގުކޮށް ދައުވާކޮށްދޭން އެދި ހުށަހެޅި މައްސަލަ ކޯޓަށް ފޮނުވުމަށް ފަހު، 2018 ގައި އަނބުރާ ނެންގެވީ ޕްރޮސިކިއުޓަ ޖެނެރަލަށް އައިޝަތު ބިޝާމް ހުންނަވަނިކޮށެވެ.
އެ ދައުވާ އަނބުރާ ނެގީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަން ބަލަން މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނަށް އަސްއަދު ހަމަޖެއްސެވި ފަހުންނެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު "މިހާރު" އަށް މިރޭ ވިދާޅުވީ ދައުވާކުރާ މައްސަލަތަކުގައި މިހާރަށް ވުރެން ވެސް ބޮޑަށް އޭސީސީ އާއި ޕީޖީ އޮފީސް ގުޅިގެން މަސައްކަތް ކުރުމުގެ ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. އޭގައި ބަލަން ނިންމީ ދެ މުއައްސަސާ އަށް ހެދިފައިވާ ގޯހަކުން އެއްވެސް މައްސަލައެއްގައި ފިޔަވަޅު ނޭޅިވޭތޯ ކަމަށާއި އެ ޕްރޮޖެކްޓުގެ ތެރޭގައި ހިމަނައިގެން އޭސީސީގެ ލިސްޓެއް ލިބުނު ކަމަށެވެ.
އޭސީސީން އަލުން ރިވިއުކުރުމާ މެދު ޕީޖީގެ ލަފައަކަށް އެދި ހުށަހަަޅަން ނިންމި ލިސްޓުގައި އަސްއަދުގެ މައްސަލަ އޮތް ކަމަށް ޝަފީއު ވިދާޅުވި އެވެ. އެ މައްސަލައިގެ އިތުރުން ވެސް ޕީޖީ އޮފީހުން ކުރިން ފިޔަވަޅު އަޅާފައިވާ ބައެއް މައްސަލަތައް ހިމެނެ އެވެ. އޭގެ ތެރޭގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ކުރިން ނިންމާފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. މި މައްސަލަތަކުގެ ތެރެއިން އަލުން ރިވިއުކުރާނީ ކޮން މައްސަލަތަކެއްތޯ ނިންމަން ދެ މުއައްސަސާ އިން އެއްބަސްވެފައި އޮތީ ދިރާސާކޮށްފަ އެވެ.
ޝަފީއު ވިދާޅުވި ގޮތުގައި އަސްއަދުގެ މައްސަލައަކީ އޭސީސީން އަލުން ރިވިއުކުރިއަސް ދައުވާކުރުމުގެ ޖާގަ އޮތް މައްސަލައެއް ނޫނެވެ. ލިސްޓުގައި ހިމެނި އެ މައްސަލަ އޭސީސީން ރިވިއުކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު ކޮމިޝަނުން ހުށަހެޅި ލިސްޓުގައި ހިމެނޭ މައްސަލަތައް ރިވިއުކުރަން ޕީޖީން މިހާތަނަށް ލަފާދީފައި ނޯންނާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެހެންކަމުން އެ މައްސަލަ އޭސީސީން ރިވިއު ކުރަން ފެށީތޯ ނޫންތޯ ޕީޖީ އޮފީހަކަށް ވެސް އަދި ސާފެއް ނޫނެވެ.
އަސްއަދުގެ މައްސަލަ ރިވިއުކުރާ ކަން މި ފެންމަތިވީ، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމްގެ ބައްޕަ ސިފައިންގެ ވީއައިޕީ ގެއެއްގައި ދިރިއުޅުން ހަމަޖެއްސެވުމުގައި ކޮރަޕްޝަނެއް ނެތް ކަަމަށް އޭސީސީން ނިންމި މައްސަލަ އަލުން ރިވިއުކުރަން ޕީޖީ ހުސެއިން ޝަމީމް އަންގަވާފައި ވަނިކޮށެވެ.
އެ އެންގެވުމާ އެއްގޮތަށް އެ މައްސަލަ ރިވިއުކުރާ ކަމަށް އޭސީސީން އޮތީ ބުނެފަ އެވެ.
އަސްއަދުގެ މައްސަލަ ރިވިއުކުރާ ލިސްޓުގައި ހިމެނިއިރު، އެމްއެމްޕީއާރުސީގެ 1.6 ބިލިއަން ރުފިޔާގެ ޚިޔާނާތް ތަހުގީގު ކުރަމުން އަންނަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީގެ އިތުރުން ފުލުހުން ގުޅިގެންނެވެ. ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ ތަހުގީގުގެ ބޮޑު ބައި ފުރިހަމަކޮށް، ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލުމާ ހަމައަށް ހިނގައްޖެ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަށް ބާރުތަކެއް ދީ އެކުލަވާލީ ކުރިން އޭސީސީއަށް އިތުބާރު ގެއްލިފައި އޮތުމުންނެވެ. އެކަމަކު މި ފަހުން ސަރުކާރުގެ ވިސްނުމަކަށް ވީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ކަމަށްވިޔަސް ރަސްމީކޮށް އެކަން ހާމަކޮށްފައެއް ނުވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ނިންމައި އަސްއަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ކުރިން ފޮނުވި މައްސަލައިގައިވާ ގޮތުން، ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އަސްއަދު އެންގެވުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގެވުމެވެ. އެ ޗާޕްގައި މައްސަލަތައް ހުރެގެން ބޭނުން ނުކުރަން އިސްލާމިކް މިނިސްޓްރީން ދައުލަތަށް އަންގާފައި އޮއްވައި، ފައިސާ ދޫކުރަން އެންގުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން އުޅުން ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައި ވަނީ އަސްއަދުގެ މައްސަލަ އަނބުރާ ނެގީ، ފަހުން ލިބުނު ހެކިތަކަކަށް ބަލައި، ބައެއް ކަންކަން، ދައުވާކުރި އަސާސްއާ ފުށުއަރާތީ ކަމަށެވެ. ޗާޕްކުރަން ހަވާލުކުރި ފޮތްތައް ހަމައަށް ނުލިބޭ ކަމަށް ބުނެ ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަކާ ގުޅިގެން މައްސަލަ އުފެދުނުއިރު، އެ ފޮތްތައް ޗާޕްކުރި ނޮވެލްޓީން ބައެއް ފޮތްތައް ބެހުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިވާ ކަން އޭސީސީން ފަހުން ހުށަހެޅި، ސިޓީއަކުން އެނގޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްސަލަ ޕީޖީއަށް
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ