ދިރާގުން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި މިއަދު ބައިވެރިވެ، މެމްބަޝިޕް ފީގެ ގޮތުގައި 50،000ރ. އެ ޖަމާއަތަށް ހަދިޔާކޮށްފި އެވެ.
16 އޯގަސްޓް 2016
ދިރާގުން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި މިއަދު ބައިވެރިވެ، މެމްބަޝިޕް ފީގެ ގޮތުގައި 50،000ރ. އެ ޖަމާއަތަށް ހަދިޔާކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިސަބެލް ހަޖްރީ ވިދާޅުވީ އިންސާނިއްޔަތަށް ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ރެޑް ކްރެސެންޓާ ގުޅުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ރެޑް ކްރެސެންޓުން ދިރާގަށް ދިން މި ފުރުސަތަށް ޝުކުރު އަދާކުރައްވަައި އޭނާ ވިދާޅުވީ ކުރިއަށް އޮތް ތާނގައި ވެސް ރެޑް ކްރެސެންޓުގެ މަސައްކަތްތަކަށް ދިރާގުން އެއްބާރުލުން ދޭނެ ކަމަށެވެ.
ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ކުރިއަށް އޮތް ތާނގައި އިތުރު ހިދުމަތްތަކާ އެކު ދެ ފަރާތުގެ ގުޅުން ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދިރާގަކީ އިންސާނީ ހިދުމަތުގައި އެހެން ކުންފުނިތަކަށް ނަމޫނާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދެ ހާހަށް ވުރެ ގިނަ ވޮލަންޓިއަރުންނާ އެކު ރާއްޖޭގެ 20 ރަށެއްގައި ރެޑް ކްރެސެންޓުން މައިގަނޑު ތިން ދާއިރާއަކުން ހިދުމަތް ފޯރުކޮށްދެ އެވެ. އެއީ ސިއްހަތާއި ދުޅަހެޅޮކަން އިތުރުކުރުމާއި ބޮޑެތި ހާދިސާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާއި ޒުވާނުންގެ ގާބިލުކަން އިތުރުކޮށް ބާރުވެރިކުރުމެވެ.
ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޖަމާއަތުގެ ވޮލަންޓިއަރުން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
ރެޑް ކްރެސެންޓުގެ މެމްބަޝިޕް ދިރާގުން އާ ކޮށްފި
ދިރާގުން މިއަހަރުވެސް ދިވެހި ރެޑް ކްރެސެންޓަށް އެހީވާނެ
ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕް ދިރާގުން އާކޮށްފި
އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ތޮއްޑޫގެ ތާރީހީ ޓެނިސްމުބާރާތުގެ އެއް ޕާޓްނަރަކީ ދިރާގު
ޓެކާސް ދިރާގު ރިސޯޓް ކަޕް މިއަދު ފަށަނީ
ފީބާ އަންޑަ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔާސް ފަށަނީ
އީދު ބޮލަށް ގޮން: ދިރާގުން ގިވްއަވޭއަކަށް ދެ ޑްރޯން
ދިރާގު އީދު ބޮނޑިބަތަށް މިއަހަރު ވެސް ހޫނު ތަރުހީބެއް!
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް