މޯލްޑިވިއަން ރެޑް ކްރެސެންޓުގެ އެންމެ ފުރަތަމަ ކޯޕަރޭޓް މެމްބަރު، ދިރާގުން އެ ޖަމިއްޔާއާ އެކު އޮތް މެމްބަޝިޕް އާ ކޮށްފި އެވެ.
17 އޯގަސްޓް 2022
މޯލްޑިވިއަން ރެޑް ކްރެސެންޓުގެ އެންމެ ފުރަތަމަ ކޯޕަރޭޓް މެމްބަރު، ދިރާގުން އެ ޖަމިއްޔާއާ އެކު އޮތް މެމްބަޝިޕް އާ ކޮށްފި އެވެ.
އެ މެމްބަޝިޕްގެ ދަށުން، ރެޑް ކްރެސެންޓުން ކުރާ މަސައްކަތްތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެ ކުންފުނިން ބުނީ، މޯލްޑިވިއަން ރެޑް ކްރެސެންޓުގެ މެމްބަޝިޕް އާ ކުރީ، އެ ޖަމިއްޔާ އިން އިންސާނިޔަތަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވުމަށް ކަމަށެވެ.
ދިރާގުން ބުނީ، އާ މެމްބާޝިޕުގެ ދަށުން އެކި ކާރިސާތަކާއި އެހެނިހެން ހާލަތުތަކުގައި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ކުރާ މަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާ ތައިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދަރުމަވެރިން ތަމްރީނު ކުރުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި އެ ޖަމިއްޔާގެ ޔުނިޓުތައް ތަރައްގީ ކުރުމަށް ވެސް ދިރާގުގެ އެހީތެރިކަން ލިބޭނެ އެވެ.
ދިރާގުން ބުނިގޮތުގައި، އެ ކުންފުނީގެ ކޯޕަރޭޓް މެމްބަޝިޕުގެ އިތުރުން، ނަފުސާނީ، އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވައިލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަނާ ގުޅުން ހުރި ހިދުމަތްތަކުގައި އެ ކުންފުނީގެ އެހީތެރިކަން މިހާރު ވެސް ލިބެ އެވެ.
ދިރާގަކީ ރެޑް ކްރެންސެންޓްގެ ކޯޕަރޭޓް މެމްބަޝިޕަކަށް ވީ 2018 ވަނަ އަހަރު އެވެ.
ދިރާގުން މިއަހަރުވެސް ދިވެހި ރެޑް ކްރެސެންޓަށް އެހީވާނެ
ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕް ދިރާގުން އާކޮށްފި
ދިރާގުން ރެޑް ކްރެސެންޓަށް 50،000ރ. ހަދިޔާކޮށްފި
ޑީޖީޖީއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
ރީލޯޑުކޮށްގެން ކޮންމެ ހަފްތާއަކު ދިރާގުން 10،000ރ. ދެނީ
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައިފި