25 ނޮވެމްބަރ 2018
އެމްއެންޑީއެފްގެ ސެނަހިޔާ ކްލިނިކްގައި އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް މިއަދު ހުޅުވައި އެ ތަން ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އެމްއެންޑީއެފްގެ ސެނަހިޔާ ކްލިނިކްގައި އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް މިއަދު ހުޅުވައި އެ ތަން ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އަސްކަރީ ކްލިނިކެއްގެ ދަރަޖައިގައި މިހާރު ހިންގަމުން އަންނަ ސެނަހިޔާގައި އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯޑު ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސެނަހިޔާއަށް ހޮސްޕިޓަލެއްގެ ދަރަޖަ އަންނަ މަހު ލިބޭނެ ކަމަށާއި އެއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިންގެ މަސައްކަތުގެ ބާވަތުގެ ސަބަބުން، މީހުން ގާތަށް ގޮސް ކަންކަމަށް ކިޔަން ޖެހުމަކީ ރީތި ކަމެއް ނޫން ކަމަށެވެ. އެހެންވެ ވިސްނުމަކީ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ބެލެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޮޕަރޭޝަން ތިއޭޓަރާއި ވޯޑު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވާހަކަދައްކަވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވިސްނުންފުޅަކީ ވެލްފެއާގެ ކަންތައްތައް ފުޅާ ދާއިރާއެއްގައި ކޮށްދިނުމާއި އަދި ސަރުކާރުން ވިސްނާފައި އޮތް ގޮތަށް އުސޫލާއި ހަމަހަމަކަމާއި އިންސާފުގެ ތެރެއިން ވެލްފެއާގެ ކަންކަން ހަމަޖެހުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"ސިފައިންނަކީ ދިވެހިރާއްޖެއާ ދިވެހި ދައުލަތުގެ ދުޝްމަނުންނާއި ބަޣާވާތްތެރިންނާއި އަދި ރާއްޖޭގެ ސަލާމަތްތެރިކަމަށް އަބަދުމެ ފުރާނައާ ޖާނުން ގުރުބާންވާން ތިބޭ ބައެއްކަން އަޅުގަނޑުމެން ހަނދާންކޮށް، ސިފައިންނަށާއި ސިފައިންގެ އާއިލާއަށް އަބަދުމެ ޝުކުރު ދަންނަވަން،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން ހުޅުވި ސެނަހިޔާގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ތަފާތު ޓެސްޓުތައް ވެސް ހެދެ އެވެ. މިއަދު ހުޅުވި ވޯޑުގައި 10 އެނދު އަދި އައިސީޔޫގައި ދެ އެނދު ހުރެ އެވެ.
ސެނަހިޔާގައި އެމްއާރުއައިގެ ހިދުމަތް ފަށަނީ
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
ސިފައިން މިނިވަންކަން ދަމަހައްޓާނެ: މާރިޔާ
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ
އިންޑިޔާ ސިފައިން ފައްސާލާ ވާހަކަ ދައްކާކަށް ނުޖެހޭ!
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި