24 ނޮވެމްބަރ 2018
މާލޭގެ މަގުތަކުގެ ހާލަތާއި ވެހިކަލްތައް ޕާކް ކުރުމުގައި ހުރި ދަތިތައް އޮޅުންފިލުއްވުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ބައެއް މަގުތަކަށް މިއަދު ވަޑައިގެންފި އެވެ.
މާލޭގެ މަގުތަކުގެ ހާލަތާއި ވެހިކަލްތައް ޕާކް ކުރުމުގައި ހުރި ދަތިތައް އޮޅުންފިލުއްވުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ބައެއް މަގުތަކަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިއުލާން ކުރި 100 ދުވަހުގެ އެޖެންޑާގައި މާލޭގެ މަގުތަކުގެ ޓްރެފިކް ދަައުރުވާ ގޮތް ރަނގަޅަށް ބެލުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު ހުޅުވަން ޖެހޭ މަގުތައް ހުޅުވަން ވަނީ ވައުދުވެފަ އެވެ.
މިނިސްޓަރު އައިޝާ މިއަދު އިސްލާމީ މަރުކަޒު ކައިރީގައި.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގެ ހާލަތާއި ޕާކް ކުރުމުގައި ހުރި ދަތިތަކާއި ބަނދަރުތަކުގެ ހާލަތު މިނިސްޓަރު އައިޝާ އަމިއްލައަށް އިހްސާސް ކުރައްވާފައިވާ ކަމަށެވެ. އަދި ބައެއް މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހިޔާލު ވެސް އައިޝާ ހޯއްދެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
"އަމިއްލަ އަށް އެ ތަންތަނުގެ ހާލަތާއި އެ ހުރި ދަތިތައް ނުބަލައި، ރައްޔިތުން ބޭނުންވާ ހައްލު އެންމެ އެކަށީގެންވާ ގޮތެއްގައި ގެނެސްދިނުމަށް އުނދަގޫވާނެ،" އައިޝާ ވިދާޅުވި އެވެ.
މިނިސްޓަރާއެކު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު އާއި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ހުސެއިން ސަމީރާއި ފުލުހުންގެ ޓްރެފިކް އޮޕަރޭޝަން ޔުނިޓްގެ ހެޑް މުހައްމަދު ލުތުފީ ވެސް މާލޭގެ މަގުތައް ބައްލަވާލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު އައިޝާ މިއަދު މާލޭގެ މަގުތައް ބައްލަވާލައްވަނީ.
- މާލޭގެ އެކި މަގުތަކުގައި ލޯޑިން/އަންލޯޑިން އޭރިއާ ކަނޑައެޅުން.
- މާލޭގެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދުން.
- މާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތަކެއް ހެދުން.
- މާލޭގެ ޓްރެފިކަށް ބަދަލު ގެނެސް، މަގުތައް ހުޅުވާލުން.
- މާލޭގެ ފަޅުގައި ދައުލަތުގެ ބޭނުމަށް ނެގި ބައެއް ތަންތަން އާންމުންނަށް ހުޅުވާލުން.
- މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނަގަން ފެށުން.
- މާލޭގައި ސައިކަލާއި، ކާރަށާއި، ޕިކްއަޕާއި ލޮރީތަކަށް ޕާކިން އޭރިއާ ޒޯންކުރުން.
މިނިސްޓަރު އައިޝާ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގައި މާލޭގެ މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް ސޯލާ ލައިޓްތަކެއް ދިއްލުމަށާއި އެންވަޔަރަމަންޓް އެންޑް ރޯޑް ސޭފްޓީ ޕޮލިސްގެ ހިދުމަތް ފެށުމަށާއި ފުލުހުން މާލެ ތެރެ ބެލެހެއްޓުން ހަރުދަނާ ކުރުން ވެސް ހިމެނެ އެވެ.
މީގެއިތުރުން، ރާޅުގަނޑު ސަރަހައްދާއި އާޓިފިޝަލް ބީޗާއި ރަސްފަންނާއި އުސްފަސްގަނޑާއި ސިޓީ ޕާކް ހިތްފަސޭހަ ތަނަކަށް ހަދަން ސަރުކާރުން އޮތީ ވައުދުވެފަ އެވެ. އަދި މާލޭގައި ކަނޑައެޅޭ މަގުތަކެއް ހުކުރު ދުވަހު ހެނދުނު ބަންދުކޮށް، އާއިލާތަކަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމަށް ވައުދުވެފައިވެ އެވެ.
މި ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ "ޖަޒީރާ ހޮޅުއަށި"ގެ ބައްދަލުވުންތަކުގެ ފުރަތަމަ ހަރަކާތުގައި، ރައީސާއި ކޯލިޝަން ސަރުކާރުގެ ލީޑަރުން ވަނީ މާލޭގެ މަގުތަކާ މެދު ރައްޔިތުންގެ ފަރާތުން ހުރި ޝަކުވާތައް އަޑުއަހައިފަ އެވެ. މި ބައްދަލުވުމުގައި މާލޭގެ ރައްޔިތުން ހުށަހަޅާފައި މައްސަލަތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ޓްރެފިކް ބޮޑުވުމާއި، ކުނި ގިނަވުން ހިމެނެ އެވެ.
މި ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އޮންނަ އަމީރު އަހުމަދު މަގާއި މެދު ޒިޔާރަތް މަގު އަލުން ހުޅުވުމަށާއި، އެ މަގުތައް ފުޅާ ކުރުމަށް ވެސް އެ ބައްދަލުވުމަށް ދިޔަ މީހުން އެދިފައި ވެއެވެ.
90 ދުވަސްތެރޭ މަގުތައް އަލުން ހުޅުވާލާނެ: ސަރުކާރު
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ވޯޓުލާ ދުވަހު މާލޭގައި ބޮޑެތި ވެހިކަލް ދުއްވުން މަނާ
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
ޓެކްސީ އަގާ ބެހޭ ފޯރަމް: ދެކޮޅުން ބަހުގެ ހަމަލާތަކެއް
މޯލްޑިވިއަން އިން އެތެރޭގެ ޓިކެޓް އަގުހެޔޮކޮށްފި
އަމީރު އަހުމަދު މަގު އަލުން ހުޅުވައިލަނީ
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން