Roadha Mihaaru
ސްކިންކެއާގެ ވަރުގަދަ ދެ ބްރޭންޑެއް ލެކިއުޓްގައި

ސްކިންކެއާގެ ވަރުގަދަ ދެ ބްރޭންޑެއް ލެކިއުޓްގައި

21 އޯގަސްޓް 2016

އިނގިރޭސިވިލާތުގެ މަގުބޫލު ސްކިންކެއާ ދެ ބްރޭންޑެއް ލިންޓެލް އިންވެސްޓްމެންޓްސް އާއި ޔޫފޮރިކް ރީޓެއިލް ގުޅިގެން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ. އެނަޓޮމިކަލްސް އާއި މޭން ކޭވް އަކީ ފަހަކަށް އައިސް މަގުބޫލު ދެ ބްރޭންޑެކެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

އިނގިރޭސިވިލާތުގެ މަގުބޫލު ސްކިންކެއާ ދެ ބްރޭންޑެއް ލިންޓެލް އިންވެސްޓްމެންޓްސް އާއި ޔޫފޮރިކް ރީޓެއިލް ގުޅިގެން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ. އެނަޓޮމިކަލްސް އާއި މޭން ކޭވް އަކީ ފަހަކަށް އައިސް މަގުބޫލު ދެ ބްރޭންޑެކެވެ.

ފިރިހެނުންނަށް ހާއްސަ މޭން ކޭވް އަކީ ފެންވަރު ރަނގަޅު ބްރޭންޑެކެވެ. މޭން ކޭވް ޝަވާ ޖެލް، ފޭސް ވޮޝް، ޝޭމްޕޫ އަދި ސްޓައިލިން ކްރީމާއި ޖެލް ހުރެ އެވެ. މި އުފެއްދުންތަކުގައި ހިތްގައިމު، ފިރިހެންވަންތަ ވަސްތައް ހިމަނާފައިވެ އެވެ.

އާދައިގެ ސްޓައިލަކަށް، މުށި އަދި ކަޅު ކުލައިގެ ފުޅީގައި ބަންދުކޮށްފައިވާ މި ޕްރޮޑަކްޓްތައް ގެންގުޅެން ފަސޭހަ އެވެ. އޭގައި ހުންނަ ކްރީމާއި ޖެލްގައި ހަންގަނޑަށް ފައިދާ ހުރި، ތިމާވެއްޓަށް ގެއްލުން ނުވާ ގުދުރަތީ މާއްދާތައް އެކުލެވިގެންވެ އެވެ. ޓީ ޓްރީ އޮއިލް، ލުނބޯ، އަސޭމިރުސް، ސެޑާ ވުޑް އަދި ކޮފީ ފަދަ މީރުވަސްދުވާ ފައިދާހުރި ގުދުރަތީ ބާވަތްތައް މީގައި ހިމެނެ އެވެ. ޕެރަބެން، ސަލްފޭޓް ނުވަތަ ޕެޓްރޮކެމިކަލްސް ފަދަ ތިމާވެއްޓަށް ގެއްލުން ހުރި މާއްދާތައް ބޭނުން ނުކޮށް އުފައްދާފައިވާ މީރު ވަސް ދުވާ، ހަންގަނޑު ރީތި ކޮށްދޭ ޕްރޮޑަކްޓެއްގެ ގޮތުގައި މޭން ކޭވް ވަރަށް ފުރިހަމަ އެވެ. ލެކިއުޓްގައި މޭން ކޭވްގެ 10 ވައްތަރެއް އެބަހުއްޓެވެ.

މޭން ކޭވް

މޭން ކޭވް

އެނަޓޮމިކަލްސް އަކީ ފަހުގެ މަގުބޫލު ސްކިންކެއާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފިޔާތޮށި، ރީނދޫ، ފެހި އަދި ނޫ ފަދަ ގަދަ ކުލަތަކުން ސާދާ، ޒަމާނީ ޑިޒައިނެއްގެ ޕެކިންއެއްގައިވާ އެނަޓޮމިކަލްސް ހަނގަޑު ސާފުކޮށް ރީތި ކޮށްދޭ އެއްޗެކެވެ.

"ވީ އޮންލީ ވޯންޓް ޔޫ ފޮ ޔޯ ބޮޑީ" އަކީ އެނަޓޮމިކަލްސްގެ ޝިއާރެވެ. ގައިގެ ހަންގަނޑު ސާފުކޮށް، ރީތި ކޮށްދޭނެ ކަމަށް ޔަގީން ކޮށްދެ އެވެ. ގުދުރަތީ މާއްދާތައް އެއްކޮށްގެން ތައްޔާރުކޮށްފައިވާ އެނަޓޮމިކަލްސް އަކީ "ކްރުއަލްޓީ ފްރީ" ނުވަތަ ޖަނަވާރުގައި ޓެސްޓު ނުކުރާ ބްރޭންޑެކެވެ. ފޭސް ވޮޝް، ފޭސް ޕެކް، ޝެމްޕޫ، ބޮޑީ ކްލެންސާ ފަދަ؛ ފެންވެރުމާއި ރީތިވާން ބޭނުންކޮށްލެވޭނެ 51 ޕްރޮޑަކްޓެއް ލެކިއުޓުން ލިބެން އެބަހުއްޓެވެ.