Roadha Mihaaru
ސްޓޯރިއާ ފެޝަން: ހުނަރާ އެކު މަލަމަތި ބަދަލުކޮށްލަނީ!

ސްޓޯރިއާ ފެޝަން: ހުނަރާ އެކު ފެޝަން އިންޑަސްޓްރީގެ މަލަމަތި ބަދަލުކޮށްލަނީ!

31 މާޗް 2022

އައިލެންޑްމާކް ގުރޫޕުން ރާއްޖޭގެ ފެޝަން އިންޑަސްޓްރީ އަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ވިސްނުމުގައި ނުކުމެ ހުޅުވާލީ ދިވެހި ތާރީހުން 1970 ގެ ސޮފުހާތަކެވެ. އެ ދުވަސްވަރު ރާއްޖެއިން އެކްޕޯޓްކޮށް އެމެރިކާ ފަދަ ގައުމުތަކުގެ ހައިސްޓްރީޓްގައި "މޭޑް އިން މޯލްޑިވްސް" ހެދުން ވިއްކިކަން އެނގެން އެބައޮތެވެ. އެއީ މީގެ ސާޅީހަކަށް އަހަރު ކުރީގެ ތާރީހެވެ.

އައިލެންޑްމާކް ގުރޫޕުން ރާއްޖޭގެ ފެޝަން އިންޑަސްޓްރީ އަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ވިސްނުމުގައި ނުކުމެ ހުޅުވާލީ ދިވެހި ތާރީހުން 1970 ގެ ސޮފުހާތަކެވެ. އެ ދުވަސްވަރު ރާއްޖެއިން އެކްޕޯޓްކޮށް އެމެރިކާ ފަދަ ގައުމުތަކުގެ ހައިސްޓްރީޓްގައި "މޭޑް އިން މޯލްޑިވްސް" ހެދުން ވިއްކިކަން އެނގެން އެބައޮތެވެ. އެއީ މީގެ ސާޅީހަކަށް އަހަރު ކުރީގެ ތާރީހެވެ.

އެއީ، ސ. ހުޅުދޫ ކަޅުމަގިގޭ، މުހައްމަދު ދީދީ (ފަހާ ޑީޑީ)ގެ މަސައްކަތުގެ ދާއިރާ ފެށުނު ހިސާބެވެ. އެ ދުވަސްވަރު ދީދީ ވަޒީފާ ހޯދަން ވަޑައިގަތީ އައްޑުއަތޮޅު ގަމުގައި ހޮންކޮންގުގެ ކުންފުންޏަކުން ދިވެހި ސަރުކާރާ ގުޅިގެން ހިންގި ގާމަންޓް ފެކްޓްރީ އަށެވެ. އެތަނަކީ، ޒަމާނީ މެޝިނަރީ އާއި، ކަމުގެ މާހިރުންނާ އެކު ރާއްޖެއިން ސީދާ އެމެރިކާ ފަދަ ގައުމުތަކަށް އެކްސްޕޯޓްކުރަމުން ދިޔަ ވަރުގަދަ ވިިޔަފާރިއެކެވެ.

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ޅަ އުމުރުގައި ވެސް ޑީޑީ އަކީ ހުނަރުވެރި ވިސްނުން ތޫނު ބޭފުޅެއްގެ ގޮތުގައި މީހުންގެ ތެރޭގައި މަގުބޫލު ބޭފުޅެކެވެ. ފެކްޓްރީގެ އާދައިގެ ވަޒީފާއަކުން ފަށައި، އެތަކެއް ހަރުފަތެއް ގިރާކޮށް، އެތަނުގެ ވެރިންގެ ތެރޭގައި މަގުބޫލުވެ އަދި ސީނިއާ ޕްރޮޑަކްޝަން އިންޖިނިއަރަކަށް ވެވަޑައިގަތެވެ. އޭރު ދިވެހި ސަރުކާރާ ގުޅިގެން އައްޑު އަތޮޅުގައި ހިންގި ފެކްޓްރީގެ ވާހަކަ އެތައް ބައެއްގެ ހަނދާނުގައި މިއަދު ވެސް އެބަހުއްޓެވެ.

އެއީ އޭރު ދުނިޔޭގެ ފެންވަރުގެ ފެޝަން ޑިޒައިން ކުރުމާއި އަދި އުފެއްދުމުގެ ހުނަރުތައް ދަސްކޮށްލަން ލިބުނު ރަނުގެ ފުރުސަތެއްކަން ޔަގީން ވަނީ މަޖީދީމަގުގައި މިހާރު ހުޅުވާފައިވާ "ސްޓޯރިއާ"ގެ ވާހަކައިންނެވެ.

"ހޮންކޮންގް ބޭފުޅުން އޭރު ރާއްޖެ ދޫކޮށް ދިޔައިރު އަޅުގަނޑު އެ ބޭފުޅުންނާ އެކު ދާން އެދުނު. އެހެން ނަމަވެސް އަޅުގަނޑަށް ވެސް އަދި އާއިލާގެ ބޭފުޅުންނަށް ވެސް ވިސްނުނީ ރާއްޖޭގައި މި މަސައްކަތުގައި ދެމިހުރުމަށް،" ޑީޑީގެ ވިސްނުން ހިއްސާ ކޮށްދެއްވި އެވެ.

މިއަދަކީ އޭގެ ސާޅީހަކަށް އަހަރު ފަހެވެ. އައިލެންޑްމާކް ގުރޫޕް (ސްޓީލް ހާޑްވެއާރ، ބޯން ޓު ބިލްޑް، ސޮއި، ބްލެކްބީން ކެފޭ) ގެ ވިޔަފާރި އަށް ބޮޅެއް އިތުރުކޮށް، އުމުރުން 71 އަހަރުގެ ޑީޑީގެ ހުނަރާއި ފަންނު މި ފަހުގަ ޒުވާން ޖީލަކަށް ގެނެސްދީ "ސްޓޯރިއާ ފެޝަން"ގެ ނަމުގައި މ. ބްލޫލޮޖް ގޭގެ ހަބުރި އިމާރާތުގައި، ފަހުގެ މެޝިނަރީ އާ ފުރިހަމަ ވަސީލަތްތަކާ އެކު، ޑިޒައިނާ ފެޝަން ހައުސްއެއް ވަނީ ހުޅުވައިފަ އެވެ.

ސްޓޯރިއާާ ފެޝަންގައި ފެހުމުގެެ މަސައްކަތް ކުރަނީ

ސްޓޯރިއާާ ފެޝަންގައި ފެހުމުގެެ މަސައްކަތް ކުރަނީ

ޒަމާނީ ޝޯރޫމަކާއި، ކަސްޓަމާ ސާވިސް އަށް ޑިޒައިން ކޮށްފައިވާ ފްލޯއަކާ އެކު ހުޅުވާފައިވާ މި ތަނުން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންގެ ގަމީސް، ފަޓުލޫން، ސޫޓް، ޕާޓީވެއާ، ކިޑްސްވެއާ، ޓީޝާޓް، ހަވީރީ އަދި ރަސްމީ ހެދުން، ސްކޫލް ޔުނިފޯމް އަދި ކޯޕަރޭޓް ޔުނިފޯމް، ފަދަ އެތަކެއް އުފެއްދުމެއް ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި ސްޓޯރިއާގެ ގާމަންޓް ޕްރިންޓިންގެ ހިދުމަތް، އޭގެ ތެރޭގައި ލާޖްފޯމެޓް ސަބްލިމޭޝަން، ޑީޓީޖީ އަދި ސްކްރީން ޕްރިންޓިންގެ ހިދުމަތް ވެގެންދާނީ މިއަދު ރާއްޖޭގައި އެއް ފުރާޅެެއްގެ ދަށުން ދެވޭ މިފަދަ ދެވަަނައެއް ނެތް ހިދުމަތަކަށެވެ.

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

މީގެ އިތުރުން ސްޓޯރިޔާ އިން ވަނީ ދުނިޔޭގެ މަޝްހޫރު ފޮތި ބްރޭންޑްތަކެއް ވެސް ތައާރަފް ކޮށްފަ އެވެ. އިޓަލީގެ ޑިޒައިނާ ސޫޓު ފޮތި "ވާޗެލީ"، އެމެރިކަން ކޮޓަން (ސުޕިމާ)، ގީޒާ ކޮޓަން، ޔޫރަޕިއަން ފްލެކްސް ލިނެންގެ އެކި ޑިޒައިންތަކުގެ ފޮތި އަދި ޓައިވާން ރިބްސްގެ ޓީޝާޓް ފޮތި ވެސް ސްޓޯރިއާއިން ވަނީ ބާޒާރަށް ނެރެފަ އެވެ. ވެޑިން އަދި ޕާޓީވެއާ އަށް ހާއްސަ ލޭސް ފޮތީގެ ލިމިޓެޑް ކަލެކްޝަނެއް ވެސް ލިބެން އެބަހުއްޓެވެ.

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާގެ އުފެއްދުންތަކާއި ހިދުމަތްތައް (މަޖީދީމަގާއި މާވެޔޮމަގު ގުޅޭ ހިސާބުގައި) މަޖީދީމަގުގައި ހުންނަ ސްޓޯރިއާ ފެޝަން ހައުސް އިން ލިބެން ހުންނާނެ އެވެ. އަދި ސްޓޯރިއާގެ ފުރަތަމަ ރެޑީމޭޑް އޮންލައިން ސޭލްސް ޗެނަލް، ޕޯސްޓް އޮފީހުގެ އީޓުކުރި ވެބްސައިޓް:

https://shop.etukuri.mv/stores/storia-fashion

މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެޔަކަށް ވެސް ހިލޭ ޑެލިވެރީގެ ހިދުމަތް ލިބޭނެ އެވެ.

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

"ވަރަށް ހެޔޮ އަގުތަކެއްގައި ސްޓޯރިއާއިން އީޓުކުރީގައި އޮންލައިންކޮށް ފުރަތަމަ މި ނެރުނީ ސްކޫލްކުދިންގެ ހުދު ޔުނިފޯމާއި ކަޅު ފަޓުލޫނު، ދެޖިންސްގެ ފޯމަލްވެއާ، ކެޝުއަލްްވެއާ، ޓީޝާޓް އަދި ކުޑަކުދިންގެ ހަވީރީ ހެދުމުގެ ޑިޒައިންތަކެއް އަދި ވަރަށް އަވަހަށް އިތުރު ޑިޒައިންތައް ނެރެމުން ގެންދާނަން،" ޑީޑީގެ ދަރިފުޅު، ސްޓޯރިއާގެ ލީޑް ޑިޒައިނާ، ނުސްރާ (ނުޝް) ވިދާޅުވި އެވެ. "މީގެ އިތުރުން ވެސް ސްޓޯރިއާ އަށް ވަޑައިގަތުމުން ދެ ޖިންސްގެ ބޭފުޅުންގެ ގިނަ ޑިޒައިންތަކެއް މިހާރު ވެސް ލިބިވަޑައިގަންނަވާނެ. އަދި ވަކިވަކި ބޭފުޅުން ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކޮށްދިނުމަކީ ވެސް އަޅުގަނޑުމެންގެ ހާއްސަ ހިދުމަތެއް."

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ނިއުޒީލެންޑުން އޮންޓަޕްރަނާޝިޕްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ގިނަ ވިޔަފާރިތަކެއް އުފެއްދެވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި ސްޓޯރިއާގެ ސީއީއޯ ހުސެއިން ވިސާމް ވިދާޅުވީ ބޭނުމަކީ ޑީޑީގެ ހުނަރު ގެއްލި ނުގޮސް، މި ޖީލަށް ގެނެސްދިނުން ކަމަށެވެ.

"އޭގެ ސަބަބުން މި އިލްމު ދިރުވާ އާލާކޮށް ދެމެހެއްޓޭނެ މަގު ކޮށާލައި ޒަމާނަށް ފައްތާލުން. ޑީޑީގެ ހުނަރަކީ ގެއްލިގެން ދިއުމުގެ ބިރުއޮތް އަގުބޮޑު ތަރިކައެއް. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީގެ ބާރު ބޭނުންކުރާ، އަދި ދިވެހި ޒުވާނުންގެ ހުނަރު އޭގެ އެންމެ ފުރިހަމަ އަގުގައި ދައްކާލެވޭނެ އިންޑަސްޓްރީއެއް އުފެދި ލީޑްކުރުން. އަދި ދުނިޔޭގެ ފެޝަން ކެޕިޓަލްތަކާއި އަރާ ހަމަކުރުން،" އޭނާ ވިދާޅުވި އެވެ.

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

"އައިލެންޑްމާކް ގުރޫޕުން ކުރާ މިފަދަ އިންވެސްޓްމަންޓްތަކަކީ ވަރަށް ބުރަބޮޑު، އެހެންނަމަވެސް ޖުމްލަކޮށް ދިވެހި އުފެއްދުންތެރިކަން ކުރިއަރައި ދެމެހެއްޓެނިވި ގޮތެއްގައި އޭގެ މަންފާ ކުރާނެ އިސްވެސްޓްމަންޓްތަކެއްކަން ކަށަވަރު. މިއީ ފެށުމެއް."

އައިލެންޑްމާކް ގުރޫޕްގެ ޗެއާމަން އަހުމަދު މުޝްތާގު ވިދާޅުވި ގޮތުގައި ދިރާސާތައް ކުރާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ ދައުރު މިކަމުގައި ވަރަށް މުހިއްމެވެ. އަދި ސިޔާސަތުތައް ހެދި ތަންފީޒުވާއިރު ދިވެހި އުފެއްދުންތެރިކަން ކުރިއަރައިގެން ގޮސް ނުދެވޭނެ ހިސާބެއް އޮތްތޯ ބަލަން އެބަޖެހޭ ކަމަށް މުޝްތާގު ވިދާޅުވި އެވެ. އޭނާ އަކީ އަލްއަޒްހަރު ޔުނިވާސިޓީން ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން މަތީތައުލީމު ހާސިލް ކުރައްވައިގެން ރާއްޖެ ވަޑައިގެން ދައުލަތަށް ހިދުމަތްކުރައްވައި ރިޓަޔާ ކުރެއްވުމަށް ފަހު އައިލެންޑްމާކް ގުރޫޕް ވުޖޫދަށް ގެންނެވުމުގެ މުގުލުގައި ވެސް ހުންނެވި ބޭފުޅާ އެވެ.

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

ސްޓޯރިއާާ ފެޝަންގެ ޑިޒައިންތައް

"މިއީ 'ޕެރެޑައިސް އޮން އާތު'. ހުނަރުވެރި ކެރޭ ޒުވާނުން އެބަތިބި. ރާއްޖެއަކީ މުޅި ދުނިޔެ އަށް މަޝްހޫރު ތަނެއް. އުފެއްދުންތެރިކަން ކުރިއެރުވިއްޖެ ނަމަ 'މޭޑް އިން މޯލްޑިވްސް'ގެ ބާރު ވަރަށް ގަދަވާނެ. އަދި މާސިންގާ ކަނޑުފަދަ މާކެޓްތައް އެބަހުރި،" މުޝްތާގު ވިދާޅުވި އެވެ.

ސްޓޯރިއާގެ އެޑްރެސް އަދި ކޮންޓެކްޓް:

ސްޓޯރިއާ ފެޝަން ހައުސް، މ.ބުލޫލޮޖް، މަޖީދީމަގު، ކ.މާލެ

ފޯނު: 3000598 ވައިބާ: 7831321

ސޯޝަލްމީޑިއާ: @storiafashion

ފޭސްބުކް ލިންކް https://www.facebook.com/storiafashionhouse

ފޭސްބުކް ލިންކް https://www.instagram.com/storiafashion

ނޯޓް: މިއީ ސްޓޯރިއާ ފެޝަންގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.