22 ނޮވެމްބަރ 2018
ނ. މެދުފަރުގައި ހަދާފައިވާ "ސޮނޭވާ ޖާނީ" އަށް އެ އަތޮޅު މަގޫދޫ އިން 500 ރުއް ގެންދަން އުޅުނީ އޮޅުވާލައިގެން ކަމަށް ބުނެ އެ ރަށުން ރުއް ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ނ. މެދުފަރުގައި ހަދާފައިވާ "ސޮނޭވާ ޖާނީ" އަށް އެ އަތޮޅު މަގޫދޫ އިން 500 ރުއް ގެންދަން އުޅުނީ އޮޅުވާލައިގެން ކަމަށް ބުނެ އެ ރަށުން ރުއް ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ސޮނޭވާ ޖާނީން މަގޫދޫ ކައުންސިލަށް ހުށަހަޅާފައި ވަނީ އެ ރަށުގެ ތިން ސަރަހައްދަކުން 500 ރުއް ނެގުމުގެ ހުއްދަ ދިނުމަށެވެ. އެއީ އަމިއްލަ މީހުންގެ ރުއް ތަކަކަށްވާ އިރު އެ ރުއްތަކަށް ފައިސާ އިން ބަދަލުދީ ރުއް ނަގައިގެން ގެންދިއުމުގެ ހުރިހާ މަސައްކަތެއް ރިސޯޓްގެ ފަރާތުން ކުރާގޮތަށެވެ.
އެ ރުއްތައް ނެގުމުގެ މަސައްކަތް ކުރާ "ހިލްސައިޑް ވިލާ" ކުންފުނިން މަގޫދޫ ކައުންސިލަށް މި އަހަރު ފެބްރުއަރީ މަހު އެކަން ހުށަހެޅުމުން މަގޫދޫ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރުއްތައް ނެގުމަށް ހޯދަން ޖެހޭ ހުއްދަތައް އެ ކުންފުނިން ހޯދުމަށް ފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މަގޫދޫން ރުއް ނެގުމަށް ހަމަޖައްސާފައިވާ ސަރަހައްދު--
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ގަވައިދު ބުނާގޮތުން ރާއްޖޭގެ ރަށަކުން 200 އަށް ވުރެ ގިނަ ރުއް ނަގާ ނަމަ ތިމާވެއްޓަށް ދިމާވެދާނެ މައްސަލަތައް ބެލުމަށް، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ޖެހެ އެވެ.
ހިލްސައިޑް ވިލާ އިން ވަނީ މިދިޔަ އޮގަސްޓް މަހު އީއައިއޭގެ މަސައްކަތް ނިންމައި ރުއް ނެގުމުގެ ހުއްދަ ދިނުމަށް އެދި ރަށު ކައުންސިލަށް ހުށަހަޅައިފަ އެވެ.
މަގޫދޫ ކައުންސިލް މެމްބަރަކު ނަން ހާމަ ނުކުރަން އެދި މިއަދު ވިދާޅުވި ގޮތުގައި އީއައިއޭ ރިޕޯޓްގައި ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ރުއްތައް ނަގަނީ ކައުންސިލްގެ ބޭނުމަށް އެރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ކަމަށް ބުނެ ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީއައިއޭ ރިޕޯޓްގައި ދޮގު މައުލޫމާތު ހިމަނާފައިވާއިރު އެ ރިޕޯޓް ހެދުމަށް ކައުންސިލްގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުހޯދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ކަންކަން އެނގޭނީ އަޅުގަނޑުމެނަށް ދެއްތޯ؟ އަޅުގަނޑުމެން ގާތު ނާހާ. އެހެންވީމަ އެ އީއައިއޭ އަށް ހުއްދަ ނުދޭން ނިންމައިފިން،" ކައުންސިލް މެމްބަރު ބިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ އެ ރުއްތައް ނެގުމަށް ހުށަހަޅާފައިވަނީ އެރަށުގެ ތިން ސަރަހައްދަކުން ކަމަށާއި އެ ސަރަހައްދުތަކުން 500 ރުއް ނަގައިފި ނަމަ މުޅި ސަރަހައްދުން ރުއް ހުސްވާނެ ކަމަށެވެ.
މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަންވެގެން އެކި ސަބަބުތައް ދައްކައިފަ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމަ އެވެ. މިސާލަކަށް، ކުޑަކުދިންގެ ޕާކެއް، ކުނި ކޮއްޓެއް ނުވަތަ މަގުތައް ހެދުން ފަދަ ކަންކަމަށެވެ.
ރާއްޖޭގެ ރަށްރަށުން ރުއް ގަނެ، ރިސޯޓްތައް ފެހިކުރަން ގެންދިއުން ވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފަ އެވެ.
"ހުއްދަ ނެތި ރުއްގަސް ގެންދާނަމަ ފިޔަވަޅު އަޅާނަން"
ގަސް ގިނަ މަޑިވަރު ހަނަފަސް ކޮށްލައިފި!
ޅައިމަގުން އިތުރަށް ނެގި 25 ރުއް އިންދަން އަންގައިފި
ޅައިމަގުން އެއްފަހަރާ 500 ރުއް ވިއްކާލައިފި!
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ރަސްފަރި ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީގެ އެހީ