Roadha Mihaaru
ތިން ސައިކަލް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

ބްރިޖު ހައިވޭގައި ތިން ސައިކަލް ޖެހި ތިން މީހަކަށް އަނިޔާވެއްޖެ

20 ނޮވެމްބަރ 2018

ސިނަމާލެ ބުރިޖަށް ދިއުމަށް ހުޅުމާލޭން ހައިވޭއަށް އެރި ތިން ސައިކަލް މިރޭ ޖެހި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލެ ބުރިޖަށް ދިއުމަށް ހުޅުމާލޭން ހައިވޭއަށް އެރި ތިން ސައިކަލް މިރޭ ޖެހި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ތިން ފިރިހެނުންގެ ތެރެއިން 20 އަހަރުގެ ދެ ޒުވާނުންގެ ހާލު ރަނގަޅު ކަމަށެވެ. ކުދި އަނިޔާތަކެއް ލިބިފައިވަނީ މާލެ އާއި ކ. ގުރައިދުއަށް ނިސްބަތްވާ 20 އަހަރުގެ ދެ ފިރިހެނުންނަށެވެ.

އަނިޔާވެގެން ދެން އެ ހޮސްޕިޓަލަށް ގެންދިޔަ 25 އަހަރުގެ ޒުވާނެއްގެ ނޭފަތުން ލޭ އަންނާތީ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެއީ ރ. ވާދޫ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 6:45 ކަންހާއިރު ތިން ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ބްރިޖާއި ހައިވޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ދަނީ ހިނގަމުންނެވެ.