21 ނޮވެމްބަރ 2018
ފޭކް ޑޮކްޓަރުން ނުވަތަ ޑޮކްޓަރުކަމުގެ ރަސްމީ ފާހެއް ނެތް "ޑޮކްޓަރުން" ގެ މައްސަލަތައް އެކި ގައުމުތަކުގައި ދޭތެދޭތެރެއިން ފެންމަތިވެ އެވެ. އެކަމަކު އިނގިރޭސި ވިލާތުގައި މި ދިމާވީ މީގެ ތެރެއިން ވެސް ހާއްސަ ކަމެކެވެ. ފަޅާއެރީ ޑޮކްޓަރަކަށް ހެދިގެން 22 އަހަރު މަސައްކަތްކުރި ފަހުންނެވެ.
ފޭކް ޑޮކްޓަރުން ނުވަތަ ޑޮކްޓަރުކަމުގެ ރަސްމީ ފާހެއް ނެތް "ޑޮކްޓަރުން" ގެ މައްސަލަތައް އެކި ގައުމުތަކުގައި ދޭތެދޭތެރެއިން ފެންމަތިވެ އެވެ. އެކަމަކު އިނގިރޭސި ވިލާތުގައި މި ދިމާވީ މީގެ ތެރެއިން ވެސް ހާއްސަ ކަމެކެވެ. ފަޅާއެރީ ޑޮކްޓަރަކަށް ހެދިގެން 22 އަހަރު މަސައްކަތްކުރި ފަހުންނެވެ.
ނަފުސާނީ ބަލީގެ ޑޮކްޓަރެއްގެ ޓެގް އަޅުވައިގެން އުޅުނު ނިއުޒިލެންޑްގެ ޒޯލިއާ އަލޭމީ، 55، ގެ މައްސަލަ ޝަރީއަތާ ހަމައަށް ގޮސް އޭނާ މިހާރު އޮތީ ގާނޫނީ ގޮޅިއަކަށް ފެތިފަ އެވެ. އެތައް ބައެއްގެ ސިއްހަތާ "ކުޅެފައިވާތީ" ޒޯލިއާ މިހާރު އޮތީ ފަސް އަހަރުގެ ހުކުމަކާ އެކު ޖަލުގަ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެތަކެއް އަހަރަކަށް ފަހު، ޒޯލިއާގެ މައްސަލަ މިދިޔަ އަހަރު ފަޅާއެރީ އޭނާ ކައިރި އަށް ފަރުވާ ހޯދަންދާ ބަލި މީހުންގެ މުދާތައް ވެސް އަމިއްލަ ނަމަށް ބަދަލު ކުރުމުގެ މަސައްކަތްތަކެއް ކުރާކަން އެނގުމާ ގުޅިގެންނެވެ.
Zholia Alemi used a fraudulent qualification to join the medical register in 1995 and worked as a doctor until June 2017. These are serious issues and we are investigating them urgently to understand how this happened https://t.co/7rkuS5MCA9
— GMC (@gmcuk) November 19, 2018
ޖީއެމްސީގެ ޓްވީޓެއް.
މި މައްސަލަ ފެންމަތިވުމާ އެކު، އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރުން މިހާރު ތިބީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ބިދޭސީ ޑޮކްޓަރުންނާ ބެހޭ މައުލޫމާތު އެއްކުރުމުގެ ޕްރޮގްރާމެއް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށައިފަ އެވެ.
ޒޯލިއާގެ މައްސަލާގައި އިނގިރޭސި ޖެނެރެލް މެޑިކަލް ކައުންސިލް (ޖީއެމްސީ) އިން މައާފަށް އެދިފައިވާ އިރު، އެތަނުން ބުނީ ޒޯލިއާ ކަހަލަ ރަސްމީ ފާހެއް ނެތް މީހަކަށް ޑޮކްޓަރަށްވެގެން އުޅުމުގެ ފުރުސަތު ލިބުނީ ބަލަންވާ ވަރަށް ނުބެލި އޮވެގެން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
If you or a family member have been treated by Zholia Alemi and would like support, please contact the organisation that provided the treatment. Further info here: https://t.co/Eni9wCD9Rf
— GMC (@gmcuk) November 19, 2018
ޖީއެމްސީގެ ޓްވީޓެއް.
އެހެންވެ އެތައް ބައެއްގެ ސިއްހަތު ނުރައްކަލަށް ހުށަހެޅިފައިވާތީ އެކަމާ ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށް ބުންޏެވެ.
ޖީއެމްސީން ފާހަގަ ކުރި ގޮތުގައި 90 އަހަރުތަކުގައި ޑޮކްޓަރުން ވީއްލުމުގައި ގޯސްތަކެއް ހެދިފައި ހުންނާނެ ކަމަށް މިހާރު ވަރަށް ބޮޑަށް ގަބޫލު ކުރެވެ އެވެ. ސީއެމްޖީން ވަނީ ޒޯލިއާ ކައިރިން ފަރުވާ ހޯދި މީހުންގެ ސަމާލު ކަމަށް ވެބް ޕޭޖެއް ހަދައި މައުލޫމާތު އެއްކުރަން ވެސް ފަށައިފަ އެވެ.
ބީބީސީން ބުނި ގޮތުގައި ޒޯލިއާ ޑޮކްޓަރެއްގެ ގޮތުގައި އިނގިރޭސިވިލާތުގައި ރަޖިސްޓްރީވީ 1995 ގަ އެވެ. އޭނާ ޑޮކްޓަރީކަން ކިޔަވަން ނިއުޒިލެންޑްގެ އޯކްލެންޑް ޔުނިވަސިޓީ އަށް ދިޔަ ނަމަވެސް ޑިގްރީގެ ފުރަތަމަ އަހަރުގައި ޒޯލިއާ ވަނީ ކިޔެވުން ހުއްޓާލައިފަ އެވެ.
ސީއެމްޖީން ބުނި ގޮތުގައި ޒޯލިއާ ކަހަލަ ޑޮކްޓަރުންތަކެއް އިނގިރޭސިވިލާތުގައި އަދިވެސް ތިބެދާނެ ކަމަށް ބެލެވޭތީ މިކަން ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ.
ވަކިން ހާއްސަކޮށް ޒަލޯމީގެ މައްސަލައާ އެކު އެ ގައުމުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުން މިހާރު ވަނީ ވަރަށް ބޮޑަށް ރާޑަރަށް އަރައިފަ އެވެ. އިނގިރޭސިވިލާތުގައި 3،000 އަށް ވުރެ ގިނަ ބިދޭސީ ޑޮކްޓަރުން މަސައްކަތް ކުރެ އެވެ.
ތުއްތު ކުދިން ރީނދޫވާ ނަމަ ދެނެގަނެވޭ އެޕެއް
އިނގިރޭސި ހޮސްޕިޓަލެއްގައި ޑިސްޕޯސަބަލް ބުރުގާ
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟
ނެފްރޮލޮޖިސްޓް ޑރ. ޝިހާމްގެ ތަޖުރިބާ
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ