10 އޮކްޓޯބަރ 2024
ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ވަކި ގަވައިދެއް ހަދަން އޭސީސީން ލަފާދީފި އެވެ.
ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ވަކި ގަވައިދެއް ހަދަން އޭސީސީން ލަފާދީފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު "ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް"ގައި ބުނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި، ރާއްޖޭގައި ވަށާޖެހޭ ފުރިހަމަ ނިޒާމަކަށް ބޭނުންވާ މުހިންމު ގިނަ ގަވާއިދުތައް އެކުލަވާލެވިފައި ނެތް ކަމަށެވެ.
އޭގެތެރޭގައި؛
- ބަލި ދެނެގަތުމުގެ ކަންކަމާ ގުޅޭ ގަވައިދު
- ހިދުމަތްދޭ އަމިއްލަ ތަންތަނުން އަގު ކަނޑައެޅުމުގެ އުސޫލު
- ފަރުވާދޭނެ ގޮތާ ގުޅޭ ޓްރީޓްމެންޓް ޕްލޭން
- ޓްރީޓްމެންޓް އަދި ޕްރެކްޓިކްސް ގައިޑްލައިން
އެ ދިރާސާގައި ބުނީ ބައިނަލްއަގުވާމީ މިންގަނޑަށް ރިއާޔަތްކުރާއިރު ރާއްޖޭގައި ސަރުކާރުގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ހޮސްޕިޓަލް/ކްލިނިކްތަކުގައި މަސައްކަތްކުރުމާ ގުޅޭ އެއްވެސް ގަވައިދެއް ހަދާފައި ނެތް ކަމަށެވެ.
އޭގެ ސަބަބުން މަސްލަހަތު ފުށުއެރުމާއި ޑޮކްޓަރުން ބަލި މީހަކަށް ހޭދަކުރާ ވަގުތު އަދި ޑޮކްޓަރުންގެ ހިދުމަތް މޮނީޓާކޮށް އިވެލުއޭޓްކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްނުދާކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
"ރަނގަޅު މޮނިޓަރިން އަދި އިވެލުއޭޝަން ނިޒާމެއް ނެތުމީ ނާޖާއިޒު މަންފާ ހޯދައި ލިބިގަތުމަށް މަގުފަހިވާނެ ކަމެކެވެ،" ދިރާސާގައިވެ އެވެ.
އެހެންވެ، އޭސީސީން ވަނީ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ހޮސްޕިޓަލް/ކްލިނިކްތަކުގައި މަސައްކަތްކުރުމާ ގުޅޭ ގައިޑްލައިނެއް ހަދަން ލަފާދީފަ އެވެ.
އެ ކޮމިޝަނުން ބުނީ މުހިއްމު ބައެއް ގަވައިދުތައް ނެތުމުގެ ސަބަބުން މެޑިކަލީ ހަދަންޖެހޭ ޓެސްޓުތަކަކީ އެންމެ ބޭނުންތެރި ޓެސްޓުތަކެއްކަން ކަށަވަރުކުރަން ރިއާޔަތްކުރާނެ މިންގަނޑެއް ނެތް ކަމަށެވެ. ނަމަވެސް، ރިއާޔަތްކުރާނެ އުސޫލުތައް ހަދައިފިނަމަ ބޭސްކުރާ ބައްޔާ ގުޅޭގޮތަށް ޓެސްޓުތައް ހެދުމަށް މަގުފަހިވެ، ތަކުރާރުކޮށް އެއް ޓެސްޓުތަކެއް ހެދުމުގެ ފުރުސަތު މަދުކުރެވޭނެ ކަމަށެވެ.
އެއާއެކު، އާސަންދައިން ކުރަންޖެހޭ ހޭދަ ކުޑަކުރެވޭނެ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގައި ހަރުދަނާ ރެފަރަލް ނިޒާމަކަށް ފަހިވާނެ ފަދަ ގަވައިދުތައް ނެތުމަކީ ވެސް ސިއްހީ ވެލްފެއާ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުމެއްކަން ދިރާސާ ރިޕޯޓުގައިވެ އެވެ.
ރެފަރެލް ނިޒާމެއް ނެތުމުން ބައެއް ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ރިފާކުރުން ލަސްވެ ބަލިމީހާއަށް ރާއްޖޭގައި "ޑޮކްޓާ ޝޮޕިން" ނުވަތަ ތަފާތު އެކި ޑޮކްޓަރުންނަށް ދައްކަންޖެހޭ ހާލަތަށް ދާންޖެހޭ ކަމަށް ބުންޏެވެ. އޭގެ ސަބަބުން ބަލިމީހާއާ އެއް ވަރަށް އާސަންދައަށް ވެސް އޭގެ ބުރަ އުފުލަންޖެހޭކަން ފާހަގަކުރެ އެވެ.
"ވެލްފެއާ ނިޒާމުގެ ތެރެއިން އާސަންދަ އާއި އެންސްޕާއިން ކުރަންޖެހޭ ގިނަ ހޭދަތައް މަދުކުރުމަށް ދަތިތައް ހުރިކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެއީ ހޭދަތައް ރެގިއުލޭޓް ކުރުމަށް ސިއްހީ ނިޒާމުގެ ތެރެއިން އަމަލުކުރުމަށް ވަކި ގަވައިދުތަކެއް އެކުލަވާލެވިފައި ނެތުމުގެ ސަބަބުން މި ފަދަ ހޭދަތަކަށް ވަކި ގޮތެއް ކަނޑައެޅުމަށް މި ވަގުތު އަމަލުކުރަމުންދާ ނިޒާމުން ތަންނުދޭތީ އެވެ." އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ ރެފަރަލް ނިޒާމެއް ގާއިމްކުރަން ކަމާގުޅޭ ފަރާތްތަކަށް ލަފާދީފަ އެވެ.
އޭގެ އިތުރުން ބޭހާ ގުޅޭ ކަންކަމުގައި ވެސް ނަޒާހަތްތެރިކަން ކަށަވަރުކުރަން އެންމެ އެކަށީގެންވާ ގަވައިދުތައް އެކުލަވާލާފައި ނެތް ކަމަށް އޭސީސީން ބުންޏެވެ. އެގޮތުން ބޭހުގެ އަގު ކަނޑައެޅުމުގައި ނިޒާމީ ގޮތެއްގައި އަމަލުކުރާނެ އުސޫލެއް ނެތުމާއި ރާއްޖެއަށް އެތެރެކުރާ ބޭހުގެ ސްޓޮކް ސެންޓްރަލީ ބަލަހައްޓާނެ ނިޒާމު މޮނިޓާކުރާނެ ގޮތް ލިޔުމުން އެކުލަވާލާފައި ނުވުން އަދި ބޭހުގެ ބާރު (ސްޓްރެންތު/ވޮލިއުމް) އަށް ރިއާޔަތްކޮށް ވިއްކާނެ އަގު ކަނޑައަޅާފައި ނެތެވެ.
އެ ގަވައިދުތައް ނެތުމުން އާސަންދައިން އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްއެޅ،ި މަސައްކަތާއި ހިދުމަތް އަވަސްކުރަން ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް މަގުފަހިވާ ކަން ފާހަގަކޮށްފައިވެ އެވެ. ސިއްހީ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނައާ ސީދާ ގުޅިފައިވާ ކަމެއްގައި އަމަލުކުރުމަށް އިރުޝާދު ދޭނެ އެ ފަދަ ލިޔެކިޔުންތައް ނެތުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާން އޮންނަ ގޮތްނޫން އެހެން ގޮތްގޮތަށް ކަންކަން ނިންމުމަށް މެދުވެރިވާ ކަމެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަންކަމެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ އަސާސީ ހައްގެއް ކަމުގައިވާ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމުގެ ހައްގު ނިގުޅައިގަނެވޭ ކަމެއް ވެސް މެ އެވެ." ރިޕޯޓުގައި ވެ އެވެ.
އެންސްޕާއިން އެހީ ދޭ ގޮތް ހަރުދަނާ ކުރަންޖެހޭ: އޭސީސީ
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
ފުދުންތެރިކަމަށް ބަލައި އާސަންދަ ދޭން ދިރާސާކުރަން ލަފާ
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
އީއެމްއެލްގައި ނުހިމެނޭ ބޭސް ގަންނަންޖެހޭ ގޮތް ހަދަނީ
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި
ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް