Roadha Mihaaru
ޑީޖޭއޭއިން ހުށަހެޅި މައްސަލަ ނިންމީ ރާއްޖެޓީވީ ކޮޅަށް

ޑީޖޭއޭއިން ބްރޯޑްކޮމް އަށް ހުށަހެޅި މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަށް ނިންމައިފި

15 ނޮވެމްބަރ 2018

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ފަނޑިޔާރުންގެ އަބުރަށް ހުތުުރުވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމް ހުށަހެޅި ޕްރެޒެންޓަރުންގެ މައްސަލަ ބަލައިދިނުމަަށް އެދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަށް ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ފަނޑިޔާރުންގެ އަބުރަށް ހުތުުރުވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމް ހުށަހެޅި ޕްރެޒެންޓަރުންގެ މައްސަލަ ބަލައިދިނުމަަށް އެދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަށް ނިންމައިފި އެވެ.

ކުރިން ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާ ބްރޯޑްކޮމް އިން މިފަހަރުގެ މައްސަލަ ނިންމައި ޑީޖޭއޭ އަށް ފޮނުވި ލިއުމުގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ދެއްކި ވާހަކަ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފުނުވާ ކަމަށެވެ.

ޑީޖޭއޭއިން ކޮމިޝަަނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހެނދުނު ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންނާ މެދު ރައްޔިތުންގެ ހިތުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެއީ ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ޕްރޮގްރާމްގައި ގެނެސްދިން ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ 1،2 އަދި ތިން ވަނަ ހަމައިގެ އެއްވަނަ ނަމްބަރާއި ފަސް ވަނަ ހަމައިގެ 1،2 އާ ހިލާފު ކޮންޓެންޓެއް ކަމަށެވެ.

ކޮމިޝަނުން ޑީޖޭއޭ އަށް ފޮނުވި ލިއުމުގައި ބުނެފައި ވަނީ ޕްރޮގްރާމްގައި ޕްރެޒެންޓަރު ވާހަކަ ދައްކާފައި ވަނީ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ މިންވަރަށް ކަމަށް ކަނޑައެޅެން ނެތް ކަމަށް ނިންމީ މައްސަލަ ބެލި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

ޑީޖޭއޭއިން ރާއްޖެ ޓީވީގެ އެ ޕްރޮގްރާމާ ބެހޭ ގޮތުން ޝަކުވާ އުފުލުމުގެ އިތުރުން ޝަރީއަތުގެ އެއްވެސް އަޑުއެހުމަކަށް ރާއްޖެ ޓީވީ ނުވައްދަން ވެސް ވަނީ ނިންމައިފަ އެވެ.