Roadha Mihaaru
"ރާޖަޕަކްސާ އަށް ޕާލަމެންޓުގެ މެޖޯރިޓީ ހޯދައިދީފިން"

ރާޖަޕަކްސާ އަށް 113 މެންބަރުންގެ އަޣުލަބިއްޔަތު ހޯދައިދީފިން: ސިރިސޭނާ

06 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 6) - ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް 225 މެންބަަރުންގެ ޕާލަމެންޓުގެ 113 މެންބަރުންގެ އަޣުލަބިއްޔަތު ހޯދައިދެވިއްޖެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 6) - ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް 225 މެންބަަރުންގެ ޕާލަމެންޓުގެ 113 މެންބަރުންގެ އަޣުލަބިއްޔަތު ހޯދައިދެވިއްޖެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ މިހެން ވިދާޅުވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށްދިނުމުން ނޫނީ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ ބަލައިނުގަންނާނެ ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވުމާ ގުޅިގެންނެވެ.

"އަޅުގަނޑުމެންނަށް މިހާރު ވަނީ 113 މެންބަރުންގެ އަޣުލަބިއްޔަތު ލިބިފައި. އަޅުގަނޑު ކުރިއަށް އެޅި ފިޔަވަޅު ފަހަތަކަށް ނާޅާނަން،" އިއްޔެ ބޭއްވި ބޮޑު އެއްވުމުގައި ސިރިސޭނާ ވިދާޅުވި އެވެ.

ޕާލަމެންޓުގެ ބައްދަލުވުންތައް މާދަމާ ފަށާ ގޮތަށް ޖަޔަސޫރިއާ ހަމަޖެއްސި ނަމަވެސް ސިރިސޭނާ ވަނީ ނޮވެމްބަރު 14 އަށް ފަސްކޮށްފަ އެވެ.

ނަމަވެސް ރަނިލްގެ ޔޫއެންޕީން ސިރިސޭނާގެ ކޯލީޝަނަށް ބަދަލުވި އަށް މީހުންނާއި ޓަމިލް ނޭޝަނަލް އެލަޔަންސް އިން ބަދަލުވި އެއް މެންބަރާ އެކު 113 ހަމަކުރަން ސިރިސޭނާ އަށް އަދިވެސް އަށް މެންބަރުން ބޭނުންވެ އެވެ.

ސިރިސޭނާ ވިދާޅުވީ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ހުށަހެޅުމުގެ ކުރިން ޕާލަމެންޓުގެ ރައީސް ޖަޔަސޫރިއާ އާއި ޔޫއެންޕީގެ ނައިބް ލީޑަރު ސަޖިތު ޕްރެމަދާސާ އަށް ބޮޑު ވަޒީރުކަން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ދެ މީހުން އެކަން ގަބޫލް ނުކުރި ކަމަށް ވިދާޅުވި އެވެ.