Roadha Mihaaru
މަޖިލީހުގެ ރައީސްކަން ނުލިބުނަސް މާާޔޫސްއެއް ނުވޭ:އަދުރޭ

މަޖިލީހުގެ ރައީސްކަން ނުލިބުނަސް މާާޔޫސްއެއް ނުވޭ: އަބްދުއްރަހީމް

02 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ނުވުމަކީ އެކަމާ ކަންބޮޑުވެ، މާޔޫސްވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އެ މަގާމަށް ކުރިމަތިލައްވައި ބޮޑު ތަފާތަކުން ރޭ ބަލިވި ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން، ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި އަބްދުއްރަހީމް ބަލިކޮށް 62 ވޯޓުން އެ މަގާމަށް އިންތިޚާބު ކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. އަބްދުއްރަހީމަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

މި ވޯޓަށް ފަހު ކުރެއްވި ޓުވީޓެއްގައި، ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ގައުމާއި ޕީޕީއެމް އަދި ރައީސް ޔާމީނަށްޓަކައި ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާނީ ލިބިވަޑައިގަންނަވާ އުފަލެއް ކަމުގައި ދެކެވަޑައިގެން ކަމަށެވެ.

"އަބަދުވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އޮންނާނީ ރައީސް ޔާމީނާ އެކު ސާބިތުވެ،" އަބްދުއްރަހީމްގެ ޓުވީޓުގައި ވެ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލިވެވަޑައިގަތުމުން ވެސް އެމަނިކުފާނުގެ އަރިހުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެ، އެންމެ ފުރަތަމަ ޓުވީޓު ކުރެއްވި ބޭފުޅަކީ ވެސް އަބްދުއްރަހީމެވެ.