28 ޖެނުއަރީ 2018
ގައުމުން ބޭރުގައި ފިއްލަވައިގެން ތިއްބެވި ސިޔާސީ ލީޑަރުންތަކެއް، ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވެ ދައްކަވަނީ "ސައިޒަށް ވުރެން ބޮޑެތި ވާހަކަތަކެއް" ކަމަށާއި އެ ވާހަކަތަކުން ލިބޭނެ މޮޅެއް ނެތް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިރޭ ބުނެފި އެވެ.
ގައުމުން ބޭރުގައި ފިއްލަވައިގެން ތިއްބެވި ސިޔާސީ ލީޑަރުންތަކެއް، ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވެ ދައްކަވަނީ "ސައިޒަށް ވުރެން ބޮޑެތި ވާހަކަތަކެއް" ކަމަށާއި އެ ވާހަކަތަކުން ލިބޭނެ މޮޅެއް ނެތް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިރޭ ބުނެފި އެވެ.
ރައީސް ޔާމީނަށް ތުހުމަތުކުރާ ކޮރަޕްޝަން މައްސަލަތަކެއްގައި އެ މަނިކުފާނު މަގާމުން ދުރުކުރަން އިދިކޮޅު ސިޔާސީ ލީޑަރުން އިސްވެ ތިއްބްވައި މިއަދު ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަރާތްޕުޅުން ހުށަހެޅި އެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ވަނީ އެދިފަ އެވެ. އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާ ވެރިކަން ހަވާލުކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
ރައީސް ޔާމީން މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ސުޕްރީމް ކޯޓާ ހަމައަށް ގެންދިއުމުން ފާޑުވިދާޅުވި، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ހަމައެކަނި "ބޭނުމަކީ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ހޯދުން" ކަމަށެވެ. ރައީސް ޔާމީން މަގާމުން ދުރުކުރަން އުޅެނީ ކޮންމެ ލީޑަރަކު ވެސް އަމިއްލަ އެދުމެއް އޮވެގެން ކަމަށް ވެސް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓެއްގައި، ރާއްޖޭގެ ޝަރުއީ ކޯޓެއްގެ ހުކުމްތަކަށް ފިލައިގެން ބޭރުގައި ތިބި ބަޔަކު ރައީސް ޔާމީން ވަކިކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދަވައިފަ އެވެ. ނިހާން އެ އިޝާރާތްކުރެއްވީ ނަޝީދާއި ގާސިމަށެވެ.
ކްރިމިނަލް ކޯޓުން ދެ ބޭފުޅުންނަށް ވެސް ހުކުމް އިއްވާފައި ވަނިކޮށް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވަނީ ބޭރުގަ އެވެ.
ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، "ރަށު ތެރެއިން ކޮންމެވެސް އެހެންކަމަކާ އުޅުން މާ ރަނގަޅުވާނެ" ކަމަށެވެ.
#KanduKohun kuraaZaathuge kan kan nukoh 2018 Inthikhaabah Candidate aku Dhakkavan vee noonthoa? https://t.co/uHzinUp5sQ
— Ahmed Nihan (@ahmed_nihan) January 28, 2018
އިދިކޮޅަށް ފާޑުވިދާޅުވެ ނިހާން ކުރެއްވި ޓުވީޓް.
އެއާއެކު ދެން ނިހާން ފާޑުވިދާޅުވީ، ރައީސް ޔާމީނާ ވާދަކުރަން އިދިކޮޅުން ކެންޑިޑޭޓަކު ނުނެރެ ލަސްކުރާ މައްސަލައަށެވެ. އޭނާ ވިދާޅުވީ "ކަނޑުކޮހުން" ކުރާ ޒާތުގެ ކަންކަން ހުއްޓާލައި އިންތިހާބަށް އިދިކޮޅުން ކެންޑިޑޭޓަކު ދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ.
ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ ސަބަބުތައް، ނިހާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ފެންނަމުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ސައިޒުން ބޮޑެތި ވާހަކަ ދައްކައިގެން، އިދިކޮޅު ބައެއް ލީޑަރުން ވެރިކަމަށް ގެނައި ކަމަށާއި ނަތީޖާއަކީ ކޮރަޕްޝަން ހިންގައި، ގައުމު ބަނގުރޫޓްކޮށް ތިން އަހަރު ނުވަނީސް އިސްތިއުފާ ދެއްވުން ކަމަށެވެ. އޭނާ ފާޑުވިދާޅުވުން އަމާޒުކުރެއްވީ ނަޝީދަށެވެ.
Sizahvure bodethi adhi foni vaahaka dhakkaigen meegethereyn bayaku rayyithun verikamah ves genai. Natheejaa: corruptionge ethah amaleh hingumahfahu qaumu bagurootu koh, 3 aharutherey isthiufa dhinun.https://t.co/fuRAqXhpBt
— Dr Abdullah Khaleel (@abkhaleel) January 28, 2018
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރައީސް ޔާމީން މަގާމުން ދުރުކުރަން ބޭނުން ވަނީ، މިނިވަން އިންތިހާބަކުން ބަލިނުކުރެވޭނެ ކަން ކަށަވަރުވާތީ ކަމަށެވެ. އިދިކޮޅުން ކުރަމުންދާ ކަންކަމަކީ ގައުމާއި ރައްޔިތުންނަށް ހެޔޮއެދިގެން ކުރާ ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
RY ge verikan badhalu kurumah masahkaiy kuramun dhanee gaumaa Rayyithun nah heyo edhigeneh noon. E’ee ba’ehge amilla edhunthakeh haasil nuvegen. Emeehun beynun vanee konme gotheh hadhaigen ves gaumuge verikan. E’ee gaumaai Rayyithunge dhushmanun.
— Abdul Raheem Abdulla (@Banafsaa) January 28, 2018
"އެ މީހުން ބޭނުން ވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް ގައުމުގެ ވެރިކަން. އެއީ، ގައުމާއި ރައްޔިތުންގެ ދުޝްމަނުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުނީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާތީވެ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނިގޮތުގައި މިނިވަން މުއައްސަސާތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވާފައިވާތީ މި މައްސަލަތައް އެ މުއައްސަސާތަކުން އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރިއަށް ނުގެންދެވޭނެ އެވެ.
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮއެދޭނެ: ނިހާން
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!
ޔާމީން ޖަލަށްލީ ނުހައްގުންކަން އެނގިއްޖެ: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް
މަސައްކަތް ހުއްޓާލާނީ އިންސާފު ލިބުނީމާ: އަބްދުއްރަހީމް
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން