Roadha Mihaaru
މަޖިލީހަށް އާ ރައީސަކު ހޮވުން މިރޭ

މަޖިލީހަށް އާ ރައީސަކު ހޮވުން މިރޭ

01 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިހާރު ކުރިއަށް ގެންދަވާ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރުން އޮންނާނީ މިރޭ 9:15 ގައި ބާއްވާ ޖަލްސާގައި ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލީހަށް އާ ރައީސަކު އިންތިޚާބުކުރުމުގެ ޖަލްސާ މިރޭ 9:15 ގައި ބާއްވާއިރު، އެއީ މަސީހް މަގާމުން ވަކިކުރުމުގެ ޖަލްސާ ބާއްވަން ކުރިން ކަނޑައެޅި ވަގުތެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް މިއަދު މެންދުރެއްހާއިރު، އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މައްސަލަ ދެން ކުރިއަށް ނުގެންދަވަން މަޖިލީހުގެ ނައިބު ރައީސް މޫސަ ނިންމެވީ އެވެ. އޭގެ ބަދަލުގައި އެ ވަގުތު ހާއްސަ ކުރެއްވީ މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރުމަށެވެ.