15 އޯގަސްޓް 2016
ހަފުތާ ބަންދެއް ނުވަތަ އީދު ބަންދެން ލިބުނަސް ގިނަ ބަޔަކު ކުރިން ބޭނުންވަނީ ކުޑަ ބަނޑޮހަށް ނުވަތަ މާލެ ކައިރީ އޮންނަ ކޮންމެވެސް ފަޅުރަށަކަށް ދަތުރު ދާށެވެ. އެކަމަކު މިހާރު ދިވެހިން ބަންދު ދުވަސްތައް ހޭދަކުރާ ގޮތް ބަދަލުވެއްޖެ އެވެ.
ހަފުތާ ބަންދެއް ނުވަތަ އީދު ބަންދެން ލިބުނަސް ގިނަ ބަޔަކު ކުރިން ބޭނުންވަނީ ކުޑަ ބަނޑޮހަށް ނުވަތަ މާލެ ކައިރީ އޮންނަ ކޮންމެވެސް ފަޅުރަށަކަށް ދަތުރު ދާށެވެ. އެކަމަކު މިހާރު ދިވެހިން ބަންދު ދުވަސްތައް ހޭދަކުރާ ގޮތް ބަދަލުވެއްޖެ އެވެ.
މާލެ ކައިރީގައި ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ޕެރެޑައިސް އައިލެންޑް ރިސޯޓަށް ޖެހިލާނަމެވެ. ހަފުތާ ބަންދާއި އެނޫން ވެސް އެކި ބަންދު ދުވަސްތައް ހޭދަކޮށްލަން ވަރަށް ގިނަ ދިވެހިން ޕެރެޑައިސް އަށް ދެ އެވެ. ދިވެހިންނަށް ހާއްސަކޮށްގެން ތަފާތު ޕެކޭޖްތައް އެ ރިސޯޓުން ވިއްކަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް: ރޯދަ މަހު ވަރަށް ގިނަ ބަޔަކު މި ރިސޯޓުން ރޯދަ ވީއްލި
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވި ގޮތުގައި މިދިޔަ ކުޑަ އީދު ބަންދު ތެރޭގައި އެ ރިސޯޓުގައި 300 ވަރަކަށް ދިވެހިން ޗުއްޓީ ހޭދަކުރި އެވެ.
"އަޅުގަނޑުމެން ހަފުތާ ބަންދުގައި ވެސް އެވްރެޖްކޮށް 60 ވަރަކަށް މީހުންނަށް ރޫމް އެބަ ވިއްކަން. އެއީ ވަރަށް ރަނގަޅު އަދަދެއް،" ގައިސަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހިންނަށް މި ރަށުގެ ކޮޓަރިތައް ވިއްކަން ފެށީ އޮފް ސީޒަނާ ދިމާކޮށް ކޮޓަރިތައް ހުސްކޮށް ނުބަހައްޓަން ވެގެން. ނަމަވެސް މިހާރު އެހެންނެއް ނުބަލަން. އަބަދުވެސް ދިވެހިންނަށް ރޫމް ލިބެން ހުންނާނެ."
މާލެ އިން އެ ރިސޯޓަށް ދިއުމާއި ދެ މީހެއްގެ ތިން އިރުގެ ކެއުމާއި ހުރުމާ އެކު އެވްރެޖްކޮށް 3،000ރ. އިން ފެށިގެން ދިވެހިންނަށް ވަނީ ހާއްސަ އަގުތަކެއް ހަމަޖައްސައިފަ އެވެ.
"އަޅުގަނޑުމެން މިތަނުން ދިވެހިންނަށް ވިއްކަނީ ވަރަށް ހާއްސަ ޕެކޭޖްތަކެއް. މިހާރު މިވަނީ ވަރަށް ބޮޑަށް ދިވެހިންނަށް ކަމުގޮސްފައި. އޭގެ ހެއްކެއް މިހާރު މާލެ އަތޮޅުގައި އެންމެ ގިނަ ދިވެހިން ޗުއްޓީ ހޭދަކުރަން އަންނަ ރިސޯޓަކީ މިއީ،" ގައިސަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަފުތާ ބަންދުގައި ވެސް އެވްރެޖްކޮށް 60 ވަރަކަށް މީހުންނަށް ރޫމް އެބަ ވިއްކަން. އެއީ ވަރަށް ރަނގަޅު އަދަދެއް. އަޅުގަނޑުމެން ދިވެހިންނަށް މި ރަށުގެ ކޮޓަރިތައް ވިއްކަން ފެށީ އޮފް ސީޒަނާ ދިމާކޮށް ކޮޓަރިތައް ހުސްކޮށް ނުބަހައްޓަން ވެގެން. ނަމަވެސް މިހާރު އެހެން ނުބަލަން. އަބަދުވެސް ދިވެހިންނަށް ރޫމް ލިބެން ހުންނާނެ" ގައިސަރު
އޭނާ ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ރިސޯޓް ވެގެން ދިޔައީ ދިވެހިންނަށް އެންމެ ކަމުދާ އެއް ރިސޯޓަށް ކަމަށެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖެޓީ މަތިން ބަޔަކު ހިނގާފައި ދަނީ: ދިވެހިންގެ ގިނަ ބަޔަކު މި ރިސޯޓްގައި މިހާރު ޗުއްޓީ ހޭދަކުރޭ --ފޮޓޯ: ޕެރަޑައިސް
"އަޅުގަނޑުމެން މިދިޔަ ރޯދަ މަހު ދިވެހިންނަށް ހާއްސަކޮށްގެން ބޭއްވި ރޯދަ ވީއްލުން ވެސް އެހާ ކާމިޔާބު. ރޯދަ ވީއްލަން އެކަނި ވެސް 10،000 އަށް ވުރެ ގިނަ މީހުން އައި. އެއިން އެބަ އެނގޭ ދިވެހިންނަށް ކަމުދާ ޕެކޭޖްތަކެއް ވިއްކައިފި ނަމަ ގަންނާނެކަން،" ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓަށް އަންނަ ކޮންމެ މީހަކީ ވެސް ވަރަށް މުހިންމު މެހެމާނެކެވެ. އެގޮތުން ބޭރު މީހުންނެކޭ ދިވެހިންނެކޭ ތަފާތެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ވަރަށް ބޮޑު ކަމެއް ބޭރު މީހުންނެކޭ އެއްގޮތަށް ދިވެހިން ވެސް މިތަނަށް އައިސް ތަފާތު އެކި ކަންކަމަށް ވަރަށް ބޮޑު ހަރަދެއްކުރާ ކަން. ހާއްސަކޮށް ވޯޓާ ސްޕޯޓްސްއަށާއި އެނޫން ވެސް އެކި ހިދުމަތްތަކަށް ދިވެހިން ވަރަށް ބޮޑު ހޭދައެއް ކުރޭ،" އޭނާ ވިދާޅުވި އެވެ.
ގައިސަރު ވިދާޅުވީ ހަފުތާ ބަންދާއި އީދު ބަންދު ފަދަ ދުވަސްތަކުގައި އަރާމްކޮށްލަން ރިސޯޓްތަކަށް ދާން ވަރަށް ގިނަ ބަޔަކު މިހާރު ބޭނުންވާ ކަމަށެވެ.
"މީގެ ކުރިން ރިސޯޓްތަކަކީ ދިވެހިންނަށް ވިއްކާ ތަންތަނެއް ނޫން. އެކަމަކު މިހާރު މާލެ އަތޮޅުގެ އެހެން ބައެއް ރިސޯޓްތައް ވެސް ދިވެހިންނަށް ހާއްސަ ޕެކޭޖްތައް ވިއްކަން ފަށައިފި. އެއިން އެބަ އެނގޭ ދިވެހިންގެ ތަރުހީބު މިކަމަށް ވަރަށް ބޮޑަށް ލިބެމުން އަންނަކަން،" އޭނާ ވިދާޅުވި އެވެ.
ކުޑަ ބަނޑޮސްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ދިވެހިން ދަތުރު ދާން ބޭނުންކުރި މި ރަށް މިހާރު ވަނީ ރިސޯޓަކަށް ހަދާފައި
ޕެރަޑައިސްގެ އިތުރުން މާލެ އަތޮޅުގެ އެހެން ބައެއް ރިސޯޓްތަކުން ވެސް ދިވެހިންނަށް ހާއްސަކޮށްގެން ތަފާތު ޕެކޭޖްތައް ބައެއް ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ، އިނަ މޯލްޑިވްސް ހޮލިޑޭސްގެ ޑިރެކްޓަރު އަހުމަދު އިޖާޒް ވިދާޅުވީ ފަހަކަށް އައިސް ދިވެހިން އެކި ބަންދުތަކުގައި ޗުއްޓީ ހޭދަކުރަން ރިސޯޓްތަކަށް ދާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.
"ދިވެހިން ވެސް މިހާރު ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން ދާ މިންވަރު އިތުރުވެފައިވާތީ އަޅުގަނޑުމެން ބައެއް ރިސޯޓްތަކާ ގުޅިގެން ޕެކޭޖްތައް ވިއްކަމުން އެބަ ގެންދަން. ވަރަށް ރަނގަޅު ޑިމާންޑެއް ވެސް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ދިވެހިން ވެސް މިހާރު ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަންދާ މިންވަރު އިތުރުވެފައިވާތީ އަޅުގަނޑުމެން ބައެއް ރިސޯޓްތަކާ ގުޅިގެން ޕެކޭޖްތައް ވިއްކަމުން އެބަ ގެންދަން. ވަރަށް ރަނގަޅު ޑިމާންޑެއް ވެސް އެބަ އޮތް،" އިނާ މޯލްޑިވްސް
އިނަ މޯލްޑިވްސް އިން މާލެ އަތޮޅުގެ ތަފާތު ހަ ރިސޯޓެއްގެ ޕެކޭޖް ދިވެހިންނަށް ވިއްކަ އެވެ.
"އަޅުގަނޑުމެން މި ވިއްކާ ޕެކޭޖްތައް ގިނައިން ގަންނަނީ ދެމަފިރިން. އަދި ބައެއް ފަހަރު ފެމެލީތައް ވެސް ޕެކޭޖް ގަނޭ،" އިޖާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ކުޑަ އީދު ބަންދުގައި އެ ކުންފުނިން ތަފާތު އެކި ރިސޯޓްތަކުގެ 27 ކޮޓަރި ދިވެހިންނަށް ވިއްކާފައިވާ ކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން ނަމަ ދިވެހިންނަށް ރިސޯޓަކަށް ދެވޭނީ ކޮންމެވެސް މުވައްޒަފެއްގެ ހެޔޮއެދުންތަކާ އެކު އެވެ. ނަމަވެސް މިހާރު އަމިއްލަ ޖީބުން ހޭދަކޮށްގެން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުން ދިވެހިންގެ ތެރޭގައި އެދަނީ އާންމުވަމުންނެވެ. މިއީ ރިސޯޓްތަކަށް ވެސް އޮތް އެޑްވާންޓޭޖެކެވެ.
ހޯމް ސްޓޭގެ ފައިދާ އިން ރަށް ކުރިއެރުވޭނެ: މިނިސްޓަރު
މަދު ރިސޯޓްތަކެއް ރަނގަޅު، އެކަމަކު ކަންބޮޑުވުންތަކެއް
ރާއްޖޭގެ ރިސޯޓުތައް 80 ޕަސެންޓް ޑިސްކައުންޓެއްގައި
ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ
ޕެރަޑައިސް ރިސޯޓް ހުޅުވާނީ ޖުލައި 15 ގައި
ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުން ރަނގަޅެއް ނޫން: ޚަލީލް
މިއީ އެންމެ ބޮޑު ގެއްލުން ލިބޭ ފަހަރަށް ވާނެ:ގައިސަރު
ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި
މަސައްކަތްތެރިންގެ ހައްގު ބައި ހޯދައިދީ!
އިތުރު 140 ރިސޯޓް އަންނަނީ ތަރައްގީ ކުރަމުން: އަލީ