Roadha Mihaaru
ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

31 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ގެއްލި، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ކޮންޓްރޯލް ނެގުމާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ގެއްލި، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ކޮންޓްރޯލް ނެގުމާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ވެރިކަން ކުރާ ޕީޕީއެމް ދޫކޮށް، އިދިކޮޅާ ގުޅިވަޑައިގެންނެވި 12 މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އިދިކޮޅު މެމްބަރުންގެ އަދަދު ވަނީ 45 އަށް އަރައިފަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހިމަނައިގެން، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިބީ ޕީޕީއެމްގެ 35 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު، 40 މެމްބަރުންނެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި މެމްބަރުން ކޮމިޓީތަކުގައި ހިމަނަން އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ 13 ކޮމިޓީގައި މެމްބަރުން ތިބޭ ގޮތް ކަނޑައަޅަނީ މަޖިލީހުން ފާސްކޮށްގެންނެވެ. އެންމެ ފަހުން ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅީ ޖޫން 30، 2014 ގަ އެވެ. އެ ކޮމިޓީތަކަށް އިތުރު ބަދަލެއް ގެންނަ ނަމަ، ތަޅުމަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނެ އެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް ގެންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު، މަޝްވަރާ ކުރެއްވި ކަމަށެވެ. ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލައަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށް ވިދާޅުވިޔަސް އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

"މިހާރު ކޮމިޓީތައް ކަނޑައެޅިފައިވާ ގޮތުން؛ މިދެންނެވީ ކުރީގައި ވެސް އަމަލުކުރަމުން ގެންދިޔަ އުސޫލުން ހުރިހާ މެންބަރުންނަށް ވެސް ކޮމިޓީއަކުން ޖާގަ ލިބޭނެ،" މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅަނީ މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާ ނިސްބަތުންނެވެ. އަދި ވަކި ޕާޓީއެއްގައި ނޫޅުއްވާ މެމްބަރުންނަށް ވެސް ފުރުސަތު ދެ އެވެ.