Roadha Mihaaru
ނާޒިމްގެ މައްސަލައިގައި އިޖްރާއީ އަޑުއެހުމެއް ބާއްވަނީ

ކާނަލް ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަނީ

29 އޮކްޓޯބަރ 2018

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މިރޭ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މިރޭ ނިންމައިފި އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން 2016 ގައި ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އިޖްރާއީ އަޑުއެހުމަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ބާއްވާ އަޑުއެހުމެކެވެ. އެ މައްސަލައެއް ބަލައިގަތުމާ މެދު ނިންމާނީ އެ އަޑުއެހުމަށް ފަހު އެވެ.

ނާޒިމްގެ މައްސަލަ ރިވިއު ކުރުމުގެ އިޖުރާއީ އަޑުއެހުމެއް ބާއްވަން ނިންމި އިރު، ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާ އަށް މެލޭޝިއާގަ އެވެ.

ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިރޭ ވަނީ ނިންމައިފަ އެވެ.