Roadha Mihaaru
"40+" އަންނަ އަހަރުގެ ކުރީކޮޅަށް

"40+" އަންނަ އަހަރުގެ ކުރީކޮޅު އަޅުވާނަން: ޕްރޮޑިއުސަރު

31 އޮކްޓޯބަރ 2018

މި އަހަރުގެ އޮގަސްޓް އަޅުވަން ނިންމައި އެކަމަކު ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން އަންނަ އަހަރަށް ފަސްކުރި ކޮމެޑީ ފިލްމު "40+" އަންނަ އަހަރުގެ ކުރީކޮޅު އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އޮގަސްޓް އަޅުވަން ނިންމައި އެކަމަކު ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން އަންނަ އަހަރަށް ފަސްކުރި ކޮމެޑީ ފިލްމު "40+" އަންނަ އަހަރުގެ ކުރީކޮޅު އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ފިލްމަކީ 2016 ގައި ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅުނު "ނޯޓީ 40" ގެ ދެވަނަ ބައެވެ. "40+" ވެސް ލިޔެ، ޑައިރެކްޓް ކުރީ ޔޫއްޕެ އެވެ. އަދި ފިލްމުގެ ރޯލަކުން މި ފަހަރު ވެސް އޭނާ ފެނިގެން ދާނެ އެވެ.

"40+" ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ސިނަމާ އަށް ގެންނަން ނިންމި ނަމަވެސް ސީދާ އަދި ވަކި ތާރީހެއް ނުނިންމާ ކަމަށެވެ.

"އެކަމަކު އަންނަ މަހުގެ ތެރޭގައި ފިލްމުގެ ހާއްސަ އިވެންޓެއް ބާއްވައި ފިލްމާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ހިއްސާކޮށް، ފޯޓީ ފްލަސްގެ ޕްރޮމޯޝަނަލް ހަރަކާތްތައް ފަށާނަން،" ނޯޓީ 40 ގެ ވެސް ޕްރޮޑިއުސަރު ބުންޏެވެ.

"40 Plus" August 1 ah thaavalkoffi

"40 Plus" August 1 ah thaavalkoffi

The most trusted news source in the Maldives

Mihaaru

"40+" އަކީ މިދިޔަ އޮގަސްޓަށް ތާވަލު ކުރި ފިލްމެއް.

"40+" ގެ ލަވަތައް ފިޔަވައި، މި ފިލްމުގެ ހުރިހާ މަންޒަރެއްގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ތ. ބުރުނީގައި ވަނީ ނަގައި ނިންމައިފަ އެވެ.

"ލަވަތައް ނެގުމުގެ މަސައްކަތް ފަށައިގެން އަހަރެމެން މިހާރު މި އުޅެނީ،" ޝަފީގް ބުންޏެވެ. "މިހާރު ކުރިއަށްދާ ފިލްމުގެ އިތުރު މަސައްކަތްތަކަށް ބަލާ އިރު، ސްޕެޝަލް އިފެކްޓްސް ހެދުން ވެސް ކުރިއަށް އެބަދޭ. ޑަބިން އާއި އެޑިޓިންގެ ވަރަށް ބޮޑުބައި ނިމިފައި އޮތީ."

"+40" ގެ މުހިއްމު ރޯލްތަކުން ޔޫއްޕެއާ އެކު "ނޯޓީ 40" ގެ މައިގަނޑު ކާސްޓް ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަލީ (ދޮންއައްޔަ) އާޒިމް، ފާތުމަތު (އަޒޫ) އާޒިފާ އަދި އިބްރާހީމް (ޖިމީ) ޖިހާދު ހިމެނެ އެވެ.

"40+" in aa 5 actor akah furusath dheefi

"40+" in aa 5 actor akah furusath dheefi

The most trusted news source in the Maldives

Mihaaru

"40+" އިން އާ އެކްޓަރުންތަކެއް ތައާރަފު ވާނެ.

އަދި ފިލްމުން އާ ފަސް އެކްޓަރަކު ވެސް ފެނިގެންދާ އިރު، ކާސްޓާ މި ފަހަރު ގުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް ހިމެނެ އެވެ.

ޝަފީގް ބުނީ "ނޯޓީ 40" އަށް ވުރެ، ހުރިހާ ގޮތަކުން ވެސް "40+" ފުރިހަމަ ވާނެ ކަމަށެވެ.

"ޔަގީނުން ވެސް ބެލުންތެރިން އެކްސްޕެކްޓް ނުކުރާ ކަހަލަ ފިލްމަކަށް ސީކްއެލްވެގެން ދާނީ،" އޭނާ ބުންޏެވެ. "ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް."

މި އަހަރުގެ މިހާތަނަށް އެޅުވީ އެންމެ ހަތަރު ފިލްމެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ފެބުރުއަރީ މަހު ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސް ދިން ސަސްޕެންސް ތުރިލާ "ދެވަނަސޫރަ" އެވެ. ދެން އެޅުވި ފިލްމުތަކަކީ "ވަކިން ލޯބިން"، "ރޭވުމުން" އަދި "ތިޔަ ލޯތްބާ ދުރަށް" އެވެ.

އަންނަ އަހަރު އަޅުވާނެ ފުރަތަމަ ފިލްމަކަށް ވާނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކްރައިމް ތުރިލާ "ގޮށްރާޅު" ކަމަށް ބެލެވެ އެވެ. ފެބްރުއަރީގައި އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.