Roadha Mihaaru
"އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަައިފި

އަހަރުގެ ފުރަތަމަ ފިލްމު "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަައިފި

20 ފެބުރުއަރީ 2020

މި އަހަރު އަޅުވާ ފުރަތަމަ ދިވެހި ފިލްމު "އަނދިރިކަން" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އަޅުވާ ފުރަތަމަ ދިވެހި ފިލްމު "އަނދިރިކަން" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

އަލީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅެފައިވާ މި ފިލްމު ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރެ އެވެ. ފިލްމުގެ ޓީމުން ބުނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފެށުމާ ގުޅިގެން އާންމުކޮށް އޮލިމްޕަސް ކައުންޓަރުން ޓިކެޓް ވިއްކާ ގަޑިތަކުގައި ޓިކެޓް ގަނެވޭނެ ކަމަށެވެ.

މި ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފެމިލީ ޑްރާމާއެކެވެ. ސީޒަނާ އެކު "އަނދިރިކަން" ގެ ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ. މ. މަޑުއްވަރީގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސަައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާ) ހިމެނެ އެވެ.

ސީޒަންގެ އެސް ޕްރޮޑަކްޝަނާއި ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ އިން ހަދާފައިވާ "އަނދިރިކަން" ގެ އިތުރުން ސީޒަން މި އަހަރު އެހެން ފިލްމެއް ވެސް ވެސް ގެންދޭނެ އެވެ. އެއީ ރޯދައިގެ ފަހުން އަޅުވަން އަމާޒު ހިފާފައިވާ "ލޯބިވެވިއްޖެ" އެވެ.