Roadha Mihaaru
ސީޒަންގެ "އަނދިރިކަން" މަޑުއްވަރީގައި

ސީޒަންގެ "އަނދިރިކަން" މަޑުއްވަރީގައި

22 އޯގަސްޓް 2019

"އަނދިރިކަން" ގެ ނަމުގައި ފީޗާ ފިލްމެއް ހަދަން ނިންމައި، އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން އެ ފިލްމުގެ ބައެއް ކާސްޓުންނާ އެކު މ. މަޑުއްވަރީގައި ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އަނދިރިކަން" ގެ ނަމުގައި ފީޗާ ފިލްމެއް ހަދަން ނިންމައި، އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން އެ ފިލްމުގެ ބައެއް ކާސްޓުންނާ އެކު މ. މަޑުއްވަރީގައި ޝޫޓިން ފަށައިފި އެވެ.

ސީޒަންގެ ކުންފުނި އެސް ޕްރޮޑަކްޝަނާއި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަން އަބްދުﷲ (މާސްކޭ) ޝިވާޒްގެ މާސްކޭ ސްޓޫޑިއޯ ގުޅިގެން ހަދާ ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ފުރީ އަންގާރަ ދުވަހު އެވެ.

މިދިޔަ މަހު ރިލީޒްކުރި "ލީނާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު އަހުމަދު ޒަރީރުގެ ސްކްރިޕްޓަކަށް ހަދާ "އަނދިރިކަން" ގެ ލީޑް ރޯލުން ފެނިގެން ދާނީ ސީޒަނާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. ސީޒަން ޑައިރެކްޓް ވެސް ކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު (ދަރާ) ރަޝީދު ހިމެނެ އެވެ.

"އަނދިރިކަން" އަކީީ މި އަހަރު ބެލުންތެރިންނަށް ގެނެސް ދޭން ވެސް ނިންމާފައިވާ ފިލްމެކެވެ. އެކަމަކު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމަކީ 2016 ގައި ރިލީޒްކުރި "ވަފާތެރި ކެހިވެރިޔާ" އަށް ފަހު ސީޒަން ޑައިރެކްޓްކުރާ ފުރަތަމަ ދިވެހި ފީޗާ ފިލްމެވެ. އޭނާ ވަނީ "ކައުޝި" ކިޔާ ސިންގަޅަ ފިލްމެއް 2017 ގައި ސްރީ ލަންކާގައި ހަދައިފަ އެވެ.

ދާދި ފަހުން ސީޒަން "ސޯލް" ގެ ނަމުގައި ކުރު ފިލްމެއް ވެސް ހަދާފައިވާ އިރު، އޭނާ ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "ޔެސް ސާ" މިހާރު އަންނަނީ ބައިސްކޯފުން ސްޓްރީމް ކުރަމުންނެވެ.