28 އޮކްޓޯބަރ 2019
އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް ލަވަސެޓެއްހެން ދައްކާލައިފި އެވެ.
އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް ލަވަސެޓެއްހެން ދައްކާލައިފި އެވެ.
މި ފިލްމުގެ ޓްރެއިލާ ގެނެސްދިނުމުގެ ކުރިިން އާންމުކުރި ފުރަތަމަ މަންޒަރުތަކުގައި ހިމެނެނީ ފިލްމުގައި ހިމެނޭ ލަވަތަކުގެ ތަންތަންކޮޅާ އެކު ފިލްމުގެ ބައެއް މަންޒަރުތަކެވެ. ފާހަގަކުރެވުނު މައިގަނޑު ކަމަކީ ފިލްމުގައި މުޅިންހެން ހިމެނެނީ ހިންދީ ކޮޕީ ރާގުތައް ކަމެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ އޭނާ ލިޔެ، ޑައިރެކްޓްކުރި ވީމީޑިއާގެ "ދައުވަތު" އަށް ފަހު އެތަނުން ގެނެސްދޭ ދެވަނަ ފިލްމެވެ.
މައިގަނޑު މަންޒަރުތައް އދ. ފެންފުށީފައި ނަގާފައިވާ "ކޮސް ގިނަ މިސްޓޭކް" ގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ނުޒުހަތު ޝުއައިބް (ނުޒޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަބްދުﷲ ޝާފިއު (ފުބޫ)، ހާމިދު އަލީ، އަހުމަދު ސައީދު، އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.
އަދި ބައެއް އާ މޫނުތަކާއި ފިލްމީ ދާއިރާ އިން ފެނިފައިވާ އެކަމަކު އެހާ މަޝްހޫރު ނޫން ބައެއް މޫނުތައް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.
"ކޮސް ގިނަ މިސްޓޭކް" އަޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ މެދުތެރޭގަ އެވެ.
މި ފިލްމަކީ މި އަހަރު ޔޫއްޕެ ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދޭ ހަތަރު ވަނަ ފިލްމެވެ. އޭނާ ކުރިން ގެނެސްދިން ފިލްމުތަކީ "ދައުވަތު" ގެ އިތުރުން "40+" އަދި "ނަފުރަތުވުމުން" އެވެ.
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"ދައުވަތު" އަށް ފަހު "ކޮސް ގިނަ މިސްޓޭކް"
"ދައުވަތު" ގެ ވަދާއީ ޝޯތައް ހަފުތާ ބަންދުގައި
ވީމީޑިއާގެ "ދައުވަތު" ބެލުންތެރިން ގަބޫލުކޮށްފި
"ދައުވަތު"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި
ޔޫއްޕެގެ "ދައުވަތު" ޖޫންގައި
ޔޫއްޕެގެ "40+" މާޗް 5 އަށް ފަސްކޮށްފި
"40+" އަންނަ އަހަރުގެ ކުރީކޮޅަށް
"ނޯޓީ 40" ގެ ޓިކެޓް ވިއްކަން ފަށައިފި
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި