29 އޮކްޓޯބަރ 2018
އޮމާން އެއާއިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.
އޮމާން އެއާއިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.
އޮމާން އެއާގެ ދަތުރުތައް ރާއްޖެ އަށް އަލުން ފެށުމުގެ ގޮތުން އޮމާންގެ ވެރިރަށް މަސްކަޓް އިން ރާއްޖެ އަށް އައި ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ އިއްޔެ މެންދުރުފަހު 1:30 ގައެވެ. އަދި ރާއްޖެއިން އޮމާނަށް ދިޔަ ފްލައިޓް ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން ފުރީ ރޭ އިރު އޮއްސި 6:50 ގައެވެ.
ރާއްޖެ އަށް ދަތުރުކުރަން އޮމާން އެއާއިން ބޭނުންކުރަމުން އަންނަނީ "ބޯއިން 737 މެކްސް " މަރުކާގެ މަތިންބޯޓުތަކެކެވެ. އެ ބޯޓްތަކުގައި ޖުމްލަ 162 ސީޓް ހުރެއެވެ. އެއީ ބިޒްނަސް ކްލާސް 12 ގޮނޑި އާއި އިކޮނޮމީ ކްލާސް 150 ގޮނޑި އެވެ. އޮމާން އެއާއިން ބުނީ އެ މަރުކާގެ ބޯޓު ބޭނުން ކުރުމަކީ ހިދުމަތް ލިބިގަންނަ މީހުންގެ ހިތްހަމަ ޖެއްސުމަށް އެ އެއާލައިނުން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
އޮމާން އެއާއަކީ ސުލްޓަނޭޓް އޮފް އޮމާންގެ ގައުމީ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފުރަތަމަ ފެށީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އެއާލައިންގެ ދަތުރުތައް އެކި ފަހަރު މަތިން ހުއްޓާލާފައި ވެއެވެ. އެގޮތުން އެންމެ ފަހުން ދަތުރުތައް ހުއްޓާލީ 2016 ވަނަ އަހަރު އެވެ.
އޮމާން އެއާގެ ދަތުރުތައް އޮކްޓޯބަރު މަހު ފަށަނީ
ދެގައުމެއްގެ މިނިސްޓަރުންނާ ރައީސް ބައްދަލުކުރައްވައިފި
އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
ފުރާ މީހުން ތިން ގަޑިއިރު ކުރިން ދާން އެދިއްޖެ
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
އާ ރަންވޭގެ މުހިންމު އާލާތެއް ބޭނުންކުރެވޭ ހާލަތަށް