29 އޮކްޓޯބަރ 2018
ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖެ ބަދަލުވިތާ އަންނަ މަހު 11 އަށް 50 އަހަރު ފުރޭ އިރު އެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިނުވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖެ ބަދަލުވިތާ އަންނަ މަހު 11 އަށް 50 އަހަރު ފުރޭ އިރު އެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިނުވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެކަމަކު ޖުމްހޫރީ 50 ފާހަގަކުރަން އަހަރު ފެށުނީއްސުރެ ސަރުކާރުން ގެންދަނީ ހާއްސަ ލޯގޯއެއް ވެސް، ރަސްމީ ހުރިހާ ލިއުމެއްގައި، ބޭނުންކުރަމުންނެވެ. އެހެންކަމުން ނޮވެމްބަރު 11 ގައި ޚާއްސަ އެއްވެސް ކަމެއް ނުބާއްވަނީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިވުމުން ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމުގައި 10 އަހަރު ހޭދަކުރެއްވުމަށް ފަހު، ވެރިކަމުގެ ނިޒާމް ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، ރައީސްކަމާ އިބްރާހިމް ނާސިރު ހަވާލުވެވަޑައިގަތީ ނޮވެމްބަރު 11، 1968 ގަ އެވެ. އޭގެ ފަހުން ނޮވެމްބަރު 11 އަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާ ވެސް ބާއްވަ އެވެ.
އާންމުކޮށް ގައުމީ އިނާމު ދެމުން އަންނަނީ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ. އެކަމަކު މި އަހަރު އެ އިނާމު ދިނީ މިނިވަން ދުވަހުގެ ޖަލްސާގަ އެވެ. ރިޔާސީ އިންތިހާބު 2013 ގައި އޮތް އިރު ވެސް އެ އަހަރުގެ ގައުމީ އިނާމު އޭރުގެ ރައީސް މުހައްމަދު ވަހީދު ދެއްވީ ޖުލައި 26 ގެ ޖަލްސާގަ އެވެ.
އެގޮތަށް ކަންތައްކުރެއްވީ ނޮވެމްބަރު 11 ގައި އާ ރައީސަކު ހުވާކުރައްވާ ނަމަ އެ އަހަރުގެ ގައުމީ އިނާމަށް މީހުން ކަނޑައެޅުމުގެ ފުރުސަތު އެ ބޭފުޅަކަށް ލިބިޑައިނުގަންނަވާނެތީ އެވެ.
ރައީސް މަައުމޫންގެ ވެރިކަމުގައި ގައުމީ އިނާމު ދޭން ފެށީ މިނިވަން ދުވަހާ ގުޅުވައިގެން 1979 ގަ އެވެ. އެކަމަކު ފަހުން އައިސް އެއީ ޖުމްހޫރީ ދުވަހުގެ ރަސްމީ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ. މިހާތަނަށް އެ އިނާމު ނުދެވި ދިޔައީ، މައުމޫންގެ ވެރިކަން ނިމުނު އަހަރު ކަމަށްވާ 2008 ގަ އެވެ.
ޖުމްހޫރީ 50 ފާހަގަކުރަން މި ސަރުކަރުން ބޭނުންކުރަމުން އަންނަ ހާއްސަ ލޯގޯ
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުހައްމަދު ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަހު ވަކި ހާއްސަ ކަމެއް ކުރަން މިވަގުތު ނުނިންމާފައި ނުވިޔަސް މި އަހަރުގެ ތެރޭގައި އެކި ކަންކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހަވީރަކާއި ސަރުކާރު މުވައްޒަފުންގެ ޓެލެންޓް ޝޯތަކެއްގެ އިތުރުން ރަށްރަށުގައި ޔޫތު ލީޑާސް ޕްރޮގުރާމްތަކެއް، އެ ދުވަހާ ގުޅުވައިގެން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުގައި ނޮވެމްބަރު 18 ގައި މާލޭގައި ކުޅިވަރު ހަރަކާތެއް ބާއްވަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޖުމްހޫރީ ވެރިކަން 1968 ގައި ފެށި ފަހުން ނޮވެމްބަރު 11، 2013 އާ ޖެހެންދެން ކޮންމެ ފަސް އަހަރަކު ރައީސްކަމުގެ ހުވާ ކުރައްވަނީ އެ ދުވަހު އެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިހާބު ނިމުނީ ނޮވެމްބަރު 11 ގެ ފަހުން ކަމަށް ވެފައި، އެ ފަހަރު ރައީސް ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 އަށް ކަމަށް ވާތީ، އާ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާ ގޮތަށް މިހާރު ހަމަޖައްސާފައި ވަނީ ވެސް އެދުވަހު އެވެ.
އެެކަމަކު އާންމު ބައެއް މީހުންގެ ނަޒަރުގައި ޒަމާންވީ ޖުމްހޫރީ ދުވަހުގެ މާނަ މިހާރު ވަނީ އޮޅިފަ އެވެ. އަދި ނޮވެމްބަރު 11 އަށް ކުރިން ދެމުން ގެންދިޔަ ހާއްސަކަން ވެސް ދެން ކެނޑިދާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ޔާމީންގެ ވަކީލުން އުޅެނީ ޝަރީއަތް ލަސްކުރަން: ސަރުކާރު
ޔާމީނަށް އިންސާފު ހޯދަން އިދިކޮޅުން މުއައްސަސާތަކަށް
މިފަހަރު ހުވާކުރާ ގަޑި ވެސް، ތަން ވެސް ތަފާތު!
ރައީސް ޔާމީން، ބަސްފުޅެއް ވިދާޅުނުވެ ހިމޭންވެއްޖެ!
އިސް ވެރިޔަކު ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ
ރައީސް ޔާމީން: ބާރު ގަދަ، އެކަމަކު ވޯޓުން ވީ ބަލި!
ވެރިކަމުގައި ވަނީ ރަސްކަމުގެ ސިފަޖެހިފައި: އިދިކޮޅު
މަރުގެ ހުކުމް ތަންފީޒުނުކުރެވެނީ އިޖުރާއަތުތައް ނުނިމޭތީ
ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!
ގައުމީ ރޫހު އާލާކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފި