Roadha Mihaaru
"ގޯސް" މަންޒަރު ނުދައްކަން މީޑިއާ ނެޓަށް އަންގައިފި

އިޖުތިމާއީ މިންގަނޑާ ހިލާފު މަންޒަރު ނުދައްކަން މީޑިއާ ނެޓަށް އަންގައިފި

11 އޯގަސްޓް 2016

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު މަންޒަރުތައް ނުދެއްކުމަށާއި އެފަދަ މަންޒަރުތައް ސެންސަރު ކުރުމުގައި އިތުރަށް ސަމާލުވާން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް މިއަދު އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު މަންޒަރުތައް ނުދެއްކުމަށާއި އެފަދަ މަންޒަރުތައް ސެންސަރު ކުރުމުގައި އިތުރަށް ސަމާލުވާން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް މިއަދު އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ސިޓީގައި ބުނީ މީޑިއާ ނެޓުން ގެނެސްދޭ ބައެއް ޗެނަލްތަކުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ މަންޒަރު ދައްކާ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންވެ، އެފަދަ ޗެނަލްތައް ގެނެސް ދިނުމުގައި އެފަދަ މަންޒަރުތައް ސެންސަރު ކުރުމުގައި އިތުރަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ. އަދި އެފަދަ މަންޒަރުތައް ނުފެންނާހެން ހެދުމަށް ވެސް އަންގާފައިވެ އެވެ.

އެފަދަ އެންގުމެއް މީޑިއާ ނެޓަށް އެންގިއިރު، މިއަދު ތަސްދީގު ކުރި ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލުގައި ވެސް ވަނީ އާއްމު އިޖްތިމާއީ މަންޒަރުތަކާއި އަޑުތައް އިއްވައި ދެއްކުމަކީ ކުށެއްގެ ގޮތުގައި ހިމަނާފަ އެވެ.