21 އޮކްޓޯބަރ 2018
ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ މަނިކުފާނާ ދެކޮޅަށް އެ ކޯޓުން މިއަދު ނިންމުމާ ގުޅިގެން، އެ މަނިކުފާނު ފުރާވަޑައިގަތަ ނުދީ ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ މަނިކުފާނާ ދެކޮޅަށް އެ ކޯޓުން މިއަދު ނިންމުމާ ގުޅިގެން، އެ މަނިކުފާނު ފުރާވަޑައިގަތަ ނުދީ ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވަގުތުން ވަގުތަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
"ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައި ހުރި ބޮޑެތި ތުހުމަތުތަކެއް އެބަހުރި ފުލުސް އޮފީހަށް ހުށަހެޅިފައި، ވައްކަމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ. އެ މައްސަލަތައް ހަމަ ވަގުތުން މިހާރުން މިހާރަށް އެބަ ތަހުގީގު ކުރަންޖެހޭ. އެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.
މި ވަގުތު އޮތީ ރައީސް ޔާމީންގެ ވެރިކަން ކަން ފާހަގަ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ފުރާވަޑައިގެންފި ނަމަ، އެ މަނިކުފާނު ފުރާވަޑައިގަތުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.
"ރައީސް ޔާމީން މި ވަގުތު ފުރާވަޑައިގެންފި ނަމަ އަދި ފުރާވަޑައިގަތުމުގެ ސަބަބުން މައްސަލަ ތަހުގީގު ކުރުން ލަސްވާ ނަމަ، ނުވަތަ އެކަން ނުކުރެވޭ ކަމަށްވާ ނަމަ، ރައީސް ޔާމީން ފުރުވާލުމުގައި ބައިވެރިވި ހުރިހާ ފަރާތެއް ޒިންމާވާންޖެހޭނެކަން ވެސް އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.
ސެޕްޓެމްބަރު، 23ގައި، ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާ އެކު ރައީސްކަމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނު ނަމަވެސް، ސިޔާސީ ގޮތުން މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންނާ ދުރަށް ޖެހިވަޑައިގެން ގައުމު ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ފުރާވަޑައިނުގަންނަވާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ވެސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި
ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ޔާމީންގެ އެކައުންޓުތައް ފްރީޒުކުރީ ގާނޫނާ ހިލާފަށް
ޕީޖީ ވަކީލާއާބެހޭ ޝަކުވާ ޔާމީންގެ ފަރާތުން ހުށަހަޅައިފި
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
"އަޅުގަނޑުގެ ހައްގުގައި މަގުމަތީ ތިބެން ކެރެންޖެހޭނެ"
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން