Roadha Mihaaru
އެޕަލްގެ އާ އައިޕެޑް ދައްކައިލުން މި މަހު 30 ގައި

އެޕަލްގެ އާ އައިޕެޑް ދައްކައިލުން މި މަހު 30 ގައި

20 އޮކްޓޯބަރ 2018

އެޕަލްގެ އެންމެ ފަހުގެ އައިފޯން ބާޒާރަށް ނެރުމަށް ފަހު، އެ ކުންފުނިން އަނެއްކާ ވެސް ކުލަގަދަ ބޮޑު އިވެންޓެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އެންމެ ފަހުގެ އައިފޯން ބާޒާރަށް ނެރުމަށް ފަހު، އެ ކުންފުނިން އަނެއްކާ ވެސް ކުލަގަދަ ބޮޑު އިވެންޓެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އަންނަ މަހުގެ 30 ވަނަ ދުވަހު ބާއްވާ މި އިވެންޓް ހާއްސަކޮށްފައި ވަނި އެޕަލްގެ އެންމެ ފަހުގެ އައިޕެޑްތަކަށެވެ. އެގޮތުން އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ފަރުމާކޮށްފައިވާ އައިޕެޑް ޕްރޯ އާއި މެކްސް ދައްކައިލާނެ އެވެ.

އެޕަލް އިން އަލަށް ނެރޭ އައިޕެޑް ޕްރޯގެ ފީޗާތަކުގެ ތެރޭގައި ފޭސް އައިޑީ (ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ) ހިމެނެ އެވެ. މި ފަހަރުގެ އައިޕެޑް ކުރީގެ އައިޕެޑަށް ވުރެ ސައިޒްގޮތުން ތަންކޮޅެއް ބޮޑުވާނެ އެވެ. އެކަމަކު މި ފަހަރު ތަފާތަކީ ބޮޑީގަނޑު ކުޑަކޮށްފައި، ސްކްރީން ކުރިއަށް ވުރެ ބޮޑުވުމެވެ.

އެޕަލުން ތައްޔާރުވަމުން އަންނަ އިވެންޓްގެ ތެރޭގައި މެކްބުކް އެއާގެ އަޕްޑޭޓެޑް ވާޝަނެއް ވެސް ދައްކައިލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.