16 އޮކްޓޯބަރ 2018
އިންތިޚާބާ ގުޅޭ މައްސަލަތަކުގައި ސިއްރު ހެކިބަސް ނުނެގުމަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ލިބޭނެ ކުރިއެރުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބާ ގުޅޭ މައްސަލަތަކުގައި ސިއްރު ހެކިބަސް ނުނެގުމަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ލިބޭނެ ކުރިއެރުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލްކުރަން ހުށަހެޅުއްވި މައްސަލައިގައި، ސިއްރު ތިން ހެކިން ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ފާއިޒު އޭނާގެ ފޭސްބުކުގައި ވިދާޅުވީ އިންތިޚާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައިނުގަތުމަކީ އިންތިޚާބީ މައްސަލަތަކާ މެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އިންތިޚާބާ ބެހޭ ގާނޫނު ވެސް، ސިއްރު ހެއްކަށް ބުރަވުމަށް ތަނެއް ނުދޭ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރީ ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށެވެ. އެކަމުގައި އޭރު ވެސް، ދެން ތިއްބެވި ގިނަ ފަނޑިޔާރުންނާ، އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފާއިޒުގެ ރައުޔު ތަފާތުވި އެވެ. ނަމަވެސް ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އިއްތިފާގުން އެ އިންތިޚާބު ބާތިލްކުރި އެވެ.
ފާއިޒު ފޭސްބުކުގައި ލިޔުއްވި ލިޔުން
އޭނާ ވިދާޅުވީ އެ އިންތިޚާބު ބާތިލްނުކުރެވޭނެ ކަމަށް ބެލި ކަންކަމުގެ ތެރެއިން އެއް ކަމަކީ، އިންތިޚާބީ މައްސަލަތަކުގައި ސިއްރު ހެކީގެ މައްޗަށް އިންތިޚާބެއް ބާތިލް ކުރެވިދާނެ ކަމަށް ނުދެކުން ކަމަށެވެ. އިސްލާމް ދީން ވެސް ބާރު އަޅަނީ ސިއްރު ހެކި ބަލައިނުގަތުމަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ސިއްރު ތިން ހެއްކެއް ހުށަހެޅީ، ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ.
"ނާޒިމް ޖަލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ އަނިޔާއެއް"
ބަންދު ދުވަސްތަކުގައި ވެސް ސުޕްރީމް ކޯޓު ހުޅުވަނީ
ފާރަލީކަމަށް ބުނެ ސުޕްރީމްކޯޓްގެ އެސްޖީ ސަސްޕެންޑް
ނަން ހުށަހެޅުއްވީތީ ފާއިޒްގެ ޝުކުރު ރައީސަށް
ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ރަނގަޅީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުން: ރިޕޯޓް
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު